ޖިންސީ ގޯނާގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރު ކުރި އާމިނަތުދިޔެ (އާމިންދައްތަ) އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ،

އުމުރުން 59 އަހަރުގެ އާމިންދައްތަގެ ކުށެއް ނެތް ކަން ސާބިތުވެ އޭނާ މިނިވަން ކުރީ މިދިޔަ ބުރާސްފަތި ދުވަަހު އެވެ. އެ މައްސަލައިގައި ފުލުހުން އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އޭނާއަށް ކުރެވިފައިވާ ތުހުމަތުތަކުގައި އެކަށީގެންވާ ހެއްކެއް ނެތް ކަަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ ދައުވާކުރަން ދެކޮޅު ހަދައިފަ އެވެ،

އާމިން ދައްތަގެ އާއިލާގެ މީހަކު ބުނީ ސުޕްރީމް ކޯޓަށް އާމިން ދައްތަގެ މައްސަލަ ހުށަހަޅަން ނިންމީ މީގެ ކުރިން އޭނާ ހައްޔަރުކުރި ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމާފައިވާތީ ކަމަށެވެ.

ޖަލުގައި އާމިން ދައްތަ ހުރި އިރު ފުލުހުންގެ ފަރާތުން ފުރައްސާރައާ ކުރިމަތިވެ އޭނާ ޑޮކްޓަރަށް ދައްކުމުގައި ވެސް އިހުމާލުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

"މިހާރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން މިހާރު ތައްޔާރުވަމުން ދަނީ. މި މައްސަަލަ އަދި ދޫކޮށްލީކީ ނޫން" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާމިން ދައްތަ ބަންދުން ދޫކޮށްލި ފަހުން ވަނި ހާލުބޮޑުގެން ހޮސްޕިޓަލުގައި ވެސް ފަރުވާ ދީފަ އެވެ. ނަމަވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އާމިން ދައްތަ ލޭ މައްޗަށް ދިއުމާ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރުމުގެ މައްސަލަ ކުރިމަތިވެފަައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ.

އާމިންދައްތަ މިނިވަންކުރީ އޭނާ މިނިވަންކުރުމަށް ގޮވާލާ ބޮޑު ޕެޓިޝަނެއްވެސް ތައްޔާރުކޮށް ސިލްސިލާކޮށް މުޒާހަރާވެސް ކުރަމުން ދަނިކޮށެވެ.

އާމިންދައްތަގެ އާއިލާއިން ބުނާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ބަޔަކު މީހުން ނުފޫޒު ފޯރުވައިގެންނެވެ. އެގޮތުން އާއިލާއިން ބުނާ ގޮތުގައި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާގެ ކާފައެވެ. ނަމަވެސް އާއިލާއިން އެކަން ސިއްރު ކުރަން އަންހެން މީހާގެ ބޮލަށް އެކަން ޖަހައި މިވަގުތު ކާފަ އައްޑޫން ފުރުވާލާފައިވާ ކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫރު

    އަސްލު މުޖުރިމްވީމަ ދޯ ފިލުވާލީ. އިންސާފުގެ ނަމުގައި މިހިންގަނީ ޖަރީމާ. އަދިވެސް އިންސާފޭ ކުޑަކުޔދިންނޭ ކިޔާ ވާހަކަ ހައްގޭ ކިޔާ ގޮވެލި މިސަރުކާރުން ގޮވަނީ ކަން ދައްކަން. އިންސާފު ހޯދުމަށް 2023 ޚިޔާރު ކުރައްވާ. އަދި ރ.ޔާމިނަށް ވޯޓް ދެއްވާ.

    • ލޮލް

      ޔާމީނަށް ބުރިޖެއް އެޅިދާނެ. އިންސާފު ހޯދައެއްނުދެވޭނެ. އިންސާފު ހޯދާށޭކިޔާފައި ޔާމީނަށް ވޯޓުދިނުމަކީ ބޭކާރުކަމެއް.

      1
      1