ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި، ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ މައިގަނޑު އިސްލާހުތަކަކީ، ރާއްޖޭގައި ގާއިމުކުރެވިފައިވާ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެކި ސަރަހައްދުކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށާއި، ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ ސަރކިޓްތަކެއް ގާއިމުކޮށް، މެޖިސްޓްރޭޓުން އައްޔަންކުރާނީ ކަނޑައެޅޭ ސަރކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމަށާއި، ކޯޓުތައް ހިންގުމާ ގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ބައެއް އުސޫލުތައް އިތުރަށް ހަރުދަނާކުރުން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

އޭޖީ އޮފީހުން ބުނީ، ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އިސްލާހްކުރުމުގެ މައިގަނޑު ބޭނުމަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރުމަށާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށާއި، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް އިތުރަށް ތަފްސީލުކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާކުރުމަކީ، އިޖްތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވައުދުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ުޔތެ

    މުސާރަވެސް އިސްލާހު ކުރަން ހުށަހަޅަން ވީނުން. މަގުމަތީގަ އުޅޭ އެކްޓިވިސްޓް ލިބޭ ފަޓިޔަރަކައް ލިބޭ މުސާރައައް ވުރެ ބޮޑު މުސާރައެްް

  2. Anonymous

    ޝަރުޢީ ދާއިރާ އިސްލާހް ނުކުރެވޭނެ ތިކަހަލަ ކޮރަޕްޓް މީހުން ތިބިހާ ހިނދަކު

  3. ލޮލް

    ގާނޫނަށް ބޮޑެތި މާއްދާތަކާއި ބާބުތަކާއި ޖަދުވަލުތައް އިތުރުކުރެވިދާނެ. އެކަމަކު ގާނޫނުތައް ތަންފީޒުކުރުމުގައި ހަމަ ސުމެއް. ގާނޫނު އަސާސީގައި ހުރި ގާނޫނުތަކެކޭ ވާވެފައިވާ އަތްތަކެކޭ އެއްވަރު. މިގައުމަށް އެތެރެވާ ބިދޭސީމީހާވެސް އެޔަކަށް ނުހަލާ.

  4. ނާޅި

    ފުރަތަމަ ޖޭއެސްސީ އިސްލާހު ކޮށްބަލަ، އެތާގައި ތިބި ސިޔާސީ ވަފާތެރި ކެހިވެރިން ތިބޭހާ ހިދަކު އަދުއިންސާފު ގެ ތިލަފަށް އޮންނާނީ ހަމަ އެއްކޮޅަށް ބަރުކޮށް ދެތިލަފަ ހަމައެއްނުވާނެ !

  5. ލާހި

    ރައްޔިތުން ގުންބޯ ހައްދަނީ ޝަރުޢީ ދާއިރާ އިސްލާހޭ ކިޔާއިގެން ޝަރުއީ ދާއިރާގެ އެހާރާއި މިހާރަށް ބަލައިފިއްޔާ އެގޭނެ 1970 ގެ އަހަރު ތަކުގައިވެސް އަތޮޅުތަކުގައި ހުރީ މިކިޔާން އުޅޭފަދަ ކޯޓްތަކެއް އެއީ އަތޮޅު ކޯޓް، އެކަން ރަގަޅުކޮށް ކޮންމެ ރަށެއްގައި ކޯޓާއި ފަޑިޔާރުން ބައިތިއްބާ ފަސޭހައިން އަދުލު އިންސާފު ލިބޭނެ މިހާރުގެ ނިޒާމް އުފެއްދެވީ ރައީސް މައުމޫނު، މިއަދު އިންސާފު ނުލިބެނީ ޖޭއެސްސީގައި ސިޔާސީ ވަފާތެރި ކެހިވެރިން ތިބޭތީ ނުންތޯ؟

  6. Anonymous

    ޝަރުއީ ދާއިރާ އަކީ ފުރިހަމައަށް އޮތް ދާއިރާއެއް. ބަދަލުތައް ގެނެސް ޝަރުއީ ދަާއިރާ އޮޅުންބޮޅުން ކުރަން ނޫޅޭ.

  7. ހަސަން

    މިރިއްފަތަކީ ދިވެހި ގައުމާ ދެކޮޅަށް ޖީ އެމް އާރ އަށް ވަކާލާތުކޮށްދިން ޚާއިނެއް!