ސައިކަލު ކަހާލައިގެން ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ޅ. އޮޅުވެލިފުށި ހުވަނދުމާގެ މުހައްމަދު ޖަޒްލާންއަށް ހާއްސަކޮށް "ޖައި"ގެ ނަމުގައި ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގް ޔޫތު (ރަފީ) ޖަމިއްޔާއިން ލޭ ހަދިޔާ ކުރާ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ރަފީ ޖަމިއްޔާގެ ފައުންޑިންގް ޕްރެޒިޑެންޓް އާއިޝަތު ރަފިއްޔާ ފޭސްބުކްގައި ވިދާޅުވެފައިވާ ގޮތުގައި، ޖަޒްލާން އަަކީ އެ ޖަމިއްޔާގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅޭ ކުއްޖެއް ކަމަށާއި، މި އަހަރުން ފެށިގެން ރަފީ ޖަމިއްޔާ އިން ކުރިއަށްގެންދާ ބްލަޑް ކޭމްޕްތައް ކުރިއަށްގެންދާނީ ޖަޒްލާންއަށް ހާއްސަކޮށް "ޖައި"ގެ ނަމުގައި ކަމަށެވެ.

ރަފިއްޔާ ވިދާޅުވީ، މިދިޔަ އަހަރު އެ ޖަމިއްޔާއިން ބޭއްވި ލޭ ހަދިޔާ ކުރާ ކޭމްޕް ކާމިޔާބު ކޭމްޕަކަށް ހެދުމަށް ޖަޒްލާން ވަރަށް އިސް ދައުރެއް އަދާ ކުރި ކަމަށެވެ. އަދި އެއިރު ޖަޒްލާންގެ އުމުރަކީ އެންމެ 17 އަހަރު ކަމަށާއި، މި އަހަރު ކޭމްޕްގައި ލޭ ހަދިޔާ ކުރުމަށް އޭނާ ބޭނުންވެފައި ހުރިކަމަށް ބުނި ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާ ބުނީ، އޭނާ މިދިޔަ އަހަރު މަސައްކަތްކޮށްފައި ވަނީ ސެނެހިޔާ އިން މޯލްޑިވްސް ބްލަޑް ސާވިސްއަށް ލޭ ގެންދިޔުމަށް ކަމަށެވެ.

ޖަޒްލާން ނިޔާވީ ހުކުރު ދުވަހުގެ ރޭ ސައިކަލުގައި އިންދާ ކަހާލައިގެން ވެއްޓި ޒަހަމްވެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރަފީ ވަރެއް ނެތް ވީ ސެލިއުޓް

  2. ޏަމްނަމް

    ރަފީ ވަރެއް ނެތް އެސޮރު ޖަނާޒާ އައްވެސް ވަޑައި ގަންނަވަން ނުކެރުނު ވިއްޔާ. ދެން ކޮން މޮޅު ވާހަކައެއް ތި ދައްކަނީ.