ސަރުކާރުން ހިޔާނާތް ބެލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ގޮވާލެއްވުމުން ސަރުކާރުން ރައްދުދީފިއެވެ.

ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވީ ހިޔާނާތްތެރިވުމަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށާއި މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ އިހުތިޔާރު މުއައްސަސާތަކަށް ދީފައިވާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ސަރުކާރުން އެއްވެސް ވަރަކަށް ހިޔާނާތްތެރިންނަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"މި ސަރުކާރުން ހިޔާނާތްތެރިވުމަށް ޖާގައެއް ނުދޭނެ. އެއްވެސް މީހަކާ މެދު ތަފާތުކުރުން ނުގެންގުޅޭނެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ އަދި އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ފުރުސަތު ވެސް ނުދޭނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ ކޮންމެ މީހަކާ މެދު ވެސް ހުށަހެޅޭ މައްސަލައެއް ފުރިހަމައަށް ބަލައި ތަހުގީގު ކުރުމުގެ ފުރިހަމަ އިހުތިޔާރު މުއައްސަސާތަކަށް މިހާރު އެބައޮތް ކަމަށެވެ.

"ކޮންމެ މީހަކާ މެދު ވެސް ހުށަހެޅޭ އަދި ތުހުމަތު ކުރެވޭ މައްސަލައެއް ފުރިހަމައަށް ބަލައި ތަހުގީގު ކުރުމުގެ ފުރިހަމަ އިހުތިޔާރު މުއައްސަސާތަކަށް ވަނީ ދެވިފައި. އެފަދަ ކަމަކަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ. ސަރުކާރުން އެދެނީ ދައުލަތުގެ އެއްވެސް ބާރަކުން އަދި މުއައްސަސާއަކުން ވެސް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށް." އަލީ ޒާހިރު ވިދާޅުވިއެވެ.

ސަރުކާރަށް ރައީސް ނަޝީދުގެ ބަހުގެ ހަމަލާތައް ދެއްވާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. އެންމެ ފަހުން އިއްޔެ އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް އިތުބާރު ލިބޭނީ ވެންޓިލޭޓަރ މައްސަލައާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަދަ މައްސަލަތައް ބަލައިގެން ކަމަށާއި އެމްޑީޕީ އާއި އަދި އެމަނިކުފާނު ވެސް އެދެނީ ސަރުކާރުން ހިޔާނާތްތެރި ނުވުމަށް ކަމަށެވެ.

"އެމްޑީޕީ އާއި އަދި އަޅުގަނޑުވެސް އެދެނީ ވަރަށް އާދައިގެ ކަމެއް. އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުން. އެކަކާއި އަނެކަކު ތަފާތު ނުކުރުން. އަނިޔާވެރިނުވުން" އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ތަހްގީގުކޮށް އެހިޔާނާތުން ފައިސާ ލިބުނު މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން އެއީ ރައީސް ސޯލިހްގެ އެންމެ މުހިއްމު އެއްރިޔާސީ ވައުދެވެ. ނަމަވެސް އަދި މިހާތަނަށް އެމައްސަލައިގައި ދައުވާ އުފުލުނީ ވެސް އެންމެ ދެތިން މީހުންގެ މައްޗަށެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ ވެންޓިލޭޓަރު މައްސަލަ ވެސް އޮތީ ކުރިއަށް ނުގޮސް "ޕާކް ވެފައެވެ." އެމައްސަލަ ބައިނަލްއަޤުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ސަރުކާރުން ވިދާޅުވިތާ އަށެއްކަ މަސް ދުވަސް ވެއްޖެއެވެ. އެމައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީ އަށް އެތައް ފަހަރަކު ފޮނުވި ނަމަވެސް ޕީޖީން އެމައްސަލައިގައި ދައުވާ އުފުލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ަސދަސދަ

    ނުފޫޒު ނެތީމަތޯ ގާޒީ އަކު ވަގަށްނެގި މައްސަލަ ނުބެލިގެން އުޅޭނީ.
    ހޯރަ އިއްބެ ދޫކޮށްލީ
    ޖމރ އަށް ނުއަގުގައި އެއަރޕޯޓްވިއްކާލި މައްސަލަ ނުބަލައިގެން އުޅެނީ؟
    ޑެންމާކްގައި ދީނާއި ހިލާފްވި ވާހަކަ ދެއްކި ދެއްކުން ނުބެލިގެން އުޅޭނީ ކީޢްވެތޯ ؟

    ހަމަ ނުފޫޒުން ފުރިފައި ތިއޮތީ

    78
    3
    • ޙެ

      ތެދުފުޅެއް ޓިނުނަގައިގެން ގާޒީން ވަގައްނެގި މައްސަލާވެސް ދެއްތޯ!!! ޏުފޫޒު ނެތީމަ ލިސްޓުވެސް ނެތިގެން އެއުޅެނީ.

      3
      19
    • ޖައިލަމް

      މިސަރުކާރުގެ ހަލާކު އަދާލަތުގެ އަލީ ޒާހިރު ހުޅުމާލޭގައި ގެސްޓްހައުސް ހިންގަވާ ތިޔަބުނާ ޗީފް އޮފް ސްޓާފް ކުލިނުދީ ކަރަންޓްބިލް ނުދައްކާ ކަރަންޓް ކަނޑާނުލާ 3 އަހަރު ސްޓެލްކޯއަށް އަމުރުކޮށްގެ އަމުރުކޮށްގެން އުޅުނީ ނިކަމެތި މީހާ 1 މަސް ކަރަންޓް ކަނޑާލާނެ މީތޯ އެބުނާ ބަހުގެ މާނަޔަކީ މީ ހަގީގަތް އަދިވެސް ވ ވާހަކަ އެބަހުރި

  2. ގ

    މިއީތޯ ސަރުކާރުގެ ތަރުޖަމާނު.....'
    ކޮންމެ ކަމެއްގެ ތެރެއަށް ބޯ މަހަނީ
    ކޮބައިތޯ ސަރުކާރުގެ ތަރުޖަމާނު ގެއްލުނީތޯ ނޫނީ ސައިޒް ވީތޯ
    މުޅި އޮޑީގައި އަލިޕީ ތޯ ދޭތެރެއަކު ހުރި އެހެލާފައި މިހާރު އަނެއްކާ ފިޔަ ފެޅީތޯ

    65
    2
  3. އިންޑިޔާ އައުޓު

    މިސަރުކާރަކީ އަނިޔާވެރިކަމާއި ވައްކަމާއި ޚިޔާނާތާއި ކަރަޕްޝަން އިންތިހާއަށް އޮތް ސަރުކާރެއް އިންޑިޔާ ސްޓައިލް ގެންގުޅޭ މޯދީ ހިންގާ ސަރުކާރެއް އިންޑިޔާ އައުޓު އިންޑިޔާ އައުޓު

    80
    2
  4. ދިރާސާ

    މައްސަލަތައް އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދުވެ ދުވެ އެއުޅެނީނު ، މައްސަލަ ބަލަންޖެހޭ ތަނުން ބަލާފައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވަމުން އެދަނީ ،، ދެން ރައީސް ނަޝީދު މި އުޅުއްވަނީ ކިހިނެއް ވެގެންތޯ.؟ މަނިކުފާނަށް ވެރިކަން ދިނީމައި ނުކުރެވުނީވެސް ހުރިހާ ކަމެއްގެ ތެރެއަށް ބޯކޮއްޕަން ހަދައިގެން. ޢޭރު އަތަށް ގޮވީ..

    37
    3
    • ޞބބބ

      މައްސަލަ އެއްމުއައްސަސާއިން އަނެއްމުއަސަސާ އަސް ފޮނުވީމަ ހަތަރެސްކަން ހަމަވީދޯ. އެދޯ އިންސާފު ހޫދަދިނުމަކީ

      11
  5. ހަތްހުވާ

    ހަތް ހުވާ އެހެންވެ ތޯ ކަލޭއަށް ހުވާ ކުރަން ނުކެރެގެންތިއުޅެނީ. ކަލޭ ބުނި މައްސަލަ ބަލާދުވަހު ކުރާނަމޯ. އަދިވެސް ނުބަލަނީ މުއައްސަސާތަކަށް ކަލޭގެ ދިގު އަތް ނުފޮރާތީތޯ

    35
  6. ާޒާ

    އަނިޔާވެރި ނުވާނީ ތިހާވަރަށް. އެމްއެމްޕީއާރުސީގެ ފައިސާގަ ނުޖެހޭ މީހަކު މަތީ މަގާމެއްގާ ނެތޭވެސް ބުނާއިރު ޖަލަށް ލައި ފުލުފުލުގާ ދައުވާ ކުރަނީ އެންމެ މީހަކަށް. އެއީތަ ތިބުނާ ތަފާތު ނުކުރުން. ތީ ބޮޑު ދޮގުވެރިއެއް.

    43
    1
  7. މަވެސްއިސާފް

    މި އަލީޒާހިރުގެ ލަދުހަޔާ؟ ހުރިހާ މުއައްސިސާތަކަށާ ކޯޓްތަކައްނުފޫޒްފޯރުވަމުން މުއްސަދިވަމުންދާއިރު އިންސާފުނެތްބަޔަކު ރައްޔަތުންބޭނުމެންނޫން އިރާދަފުޅާ މިންވަރުފުޅުން ތިޔަބައިގަޑު ދެހާސްތޭވީސް ހަދާންނައްޓާލާ ހިޔާފުލެޓް ރައްޔަތުންނާއެކު ފޭލިކޮއްލާނައް މިގައުމުކުޑަފައިސާކޮޅަކައް އިންޑިޔާއައްވިއްކާލާފި؟ ގައުމުގެ ކަޑާ ފަޅާ މަސްކަޑާ އަދުލްއިންސާފު ހިންގަނީ އިންޑިޔާއެންބަސީން ދެންކޮން ޒީރޯވާނީ ކޮބައި އަލިވަހީދު އަމީނު އަދީބު ޒައިދު ދެންރައްޔަތުންވިސްނާމިގައުމުހަލާކުރި މީހުން އިންސާފުއަރާހަމަކުރާނެ އެއިރު ގައްދާރުން ތިބޭނީ ހުރަގޭގައި އަދަގޮޑިޖެހި ބޮޑު އަކުރުން ގައދާރު މިހެންލިޔެފައި މިއީދިވެހި ދަރިޔަކުގެ ސުއޫރު ދެންއަނަސަރުކާރަކުން މިކަން ކުރާނެކަންޔަގީންވޭ ހަމަޔާއިންސާފުއިތުބާރުދެންމިސަރުކާރަކައްނުކުރާނެ ދެން ވީމޮޅާގެ މިމުންޑުކޯލޭސަން ދަތުރުފޮށިތައްބަންނަމުންދަނީ ހަޒާނާހުސްވެއްޖެ ރައްޔަތުންމަގުމަތުވެއްޖެ އަގަޔާއަތާދިމާނުވޭ ބޭސްފަރުވާނުލިބޭ ޑަކުޓަރުންވެސް ރައްޔަތުންފެލަނީ އަތޮޅުތެރެގާ ޓެސްޓެއްވެސްނުހެދޭ އަނަންޖެހެނީމާލެއައް ޑޮކްޓަރަކައްދެއްކެނީ ފަނަރަ ނުވަތަ މަސްދުވަސްފަހު ޓެސްޓް އަދިސްކޭނު އެމްއާރުހެދެނީ ދެމަސް ފަހުން ދެން އަތޮޅު ތެރޭގެ ރައްޔަތުންގެ ހާލަތު ؟ މުއްސަދިން ދައުލަތައްދައްކަންޖެހޭ ބާވީސް ބިލިޔަން ރުފިޔާ ކޮބައި ސަރުކާރުގެ ޒިންމާ ތިވެސް ހިޔާކަންގަބޫލްކުރަނީކާކުތަ؟ މިދިވެހިރާއްޖޭެ ރައްޔަތުން ބޭސްފަރުވާއައް އެންސްޕާ އާސަންދަކަލަ ތަންތަނުވެސް ފަގީރުންނައްކުރަނީ ފުރައްސާރަ ކޮންމެސް މެންބަރަކުބާރުވެރިވެގެން އެހީހަމަޖެހެނީ ؟ ނިކަމެތިކަންވަނީ އިތުރު ގާސިމުމެން ނަސީދުމެން ބޭސްފަރުވާ މިލޔަނުން ފަގީރު މީހާ ސަލާންޖަހަން ކޮބައިއިންސާފު؟ މާތްﷲ މިނުބައި ނުލަފާ ވެރިންގެ ވަކިތަކުން މިގައުމުސަލާމަތްކުރައވާށީ އާމީން

    46
  8. އަލީ

    މިސަރުކާރުގެ ބަސްމަގު ރަގަޅު. އަމަލު ކުރުމެއްނެތް.

    30
    1
  9. ސަވީދު

    ސަރުކާރަކުން ރައީސް ނަޝީދަކަށް ރައްދެއް ނުދޭ. ރައްދު ދިނީ އަދާލަތު ޕާޓީން އަލީ ޒާހިރު.

    32
    3
  10. ކެހިވެރި

    استغفر الله.. މިހިރަ އިންސާނެއްދޯ؟؟ އިންސާނާ ލަދުހަޔާތް ކެނޑުނީމާ ދެން ނުކުރާކަށް ނުބައި އަމަލެއް ނުހުންނާނެ..

    34
    2
  11. ޙަަަހަ

    މުއައްސަސާތަކާއި ހަވާލުކުރާއިރު އެތާތިބެނީ ލަދުން ބަލަން ނުކުެރޭވަރު ރަނޑުން ، އާއިލާ މީހުން ، ދެން ކިހިނެއްބަލަނީ

    29
  12. ޙަނދުކޭތަ

    މީނައައް ވުރެ ހަޔާތްކުޑަ މީހަކު އުޅޭނެތަ ވަގު ޒާހިރު ހުރިހާތާކައް ނުފޫޒުފޯރުވާ އެއްޗެއްތީ ލަދެއްވެސް ނުގަނެޔޭ އަނގަ ހުޅުވަން

    29
  13. އަލީމު

    ދޮގު ހަދާ އިރު ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރޯދޯ؟ ރޯދަމަހެއް ރަޯދަހިފައިގެން ތިބެ މިފަދަ ބޮޑު ދޮގު ކަންކަން ފޫބެއްދުމަށް ހެދުމަކީ ހިތާމަހުރިކަމެއް. ކަނޑައެޅިގެން މިހުރިހާ ކަމަކީ މިސަރުކާރުގައި ގަދަޔަށް ހިގަމުން ދާކަންތައް.

    30
    2
  14. މަހުދީ

    ޚުދު މިކަލޭގެއަކީ ބޮޑު އަނިޔާވެރިއެއް. ގާޒީންނަށް ބިރުދައްކާ ނުބައިވެގެންވާ ހީލަތްތެރިއެއް

    32
    2
  15. އިސްޢާފް ސަލީމް

    *ދައުލަތުގެ ވެރިންގެ ޚިޔާނާތާއި ކޮރަޕްސަންގެ މައްސަލަތައް ބަލަންފެށީމާ އޭސީސީއަށްވީގޮތް ތިޔަކަން އެބަ ބުނެދޭ!
    *ވެންޓިލޭތަރުތަކުގެ މައްސަލަތައް އޮއްބައިލީމާ ތިޔަކަން އެބަ އެނގޭ!
    *ކޮވިޑުވައްކަންތައް ފޮރުވައިގެން ( 1 ކިލޯހަކުރު 20 ރުފިޔާއަށް ) ( ހިލޭލިބުނު 200 ގޮދަޑި 800 ރުފިޔާއަށް ރޭޓުން ވިއްކުން ) މައްސަލަތައް ބެލިޔަނުދިނީމާ ތިކަން އެބަ އެނގޭ!
    *ޔާމީންގެ މައްސަލާގައި ޙުކުމްކުރަންވީގޮތް ޢަލީޒާހިރު ފަނޑިޔާރަށް އެންގީމާ ތިކަން އެބަ އެނގޭ!
    *ދަށުކޯޓުން ޔާމީނަށް ޙުކުމްކުރިޤާޟީ ޓަސްލާފަ ސްޕްރީމްކޯޓަށް ޑައިބުޖަހާލީމާ ތިކަން އެބަ އެނގޭ!
    *ދަށުކޯޓުގެ ފަނޑިޔާރު ޔާމީނަށް ލިޔާނޭ ޙުކުމް ބުނެނުދިނުމުން މަޤާމުން ބޭރުކޮށްލީމާ ތިކަން އެެބަ އެނގޭ!
    *ރައުދާ ޢާޠިފްގެ މަރުގެ މައްސަލަ އޮއްބާލީމާ ތިޔަކަން އެބަ އެނގޭ!
    ދުލުގައި ގޮށެއް ނުޖެހުނުކަން ނަޞީބެއްނު

    18
    • ޔމ

      ދޮގު ވެރިޔާ

  16. އަލީ

    ބޮޑު އޮޅުވާލުމެއް . ރޭވުން ގަޑެއް. ރައްޔިތުން ބޮލަށް ޗިޕްޖެހުމަށް ދެމީހުން ވެގެން ކުރަމުން ދާ މަކަރު ވެރި ރޭވުން ތަކަެއް.!

    34
    1
  17. ހަމްދު

    މިސަރުކާރުގެ މުއައްސަސާތަކުގައި ތިބި ވެރިންނަށްވުރެން ކޮރަޕް ބަޔަކު މިއުޑުހިޔާދަށުގަވެސް ނުތިބޭނެ. ރިޝްވަތުނެގުމާ ނާޖާއިޒު ފައިދަނެގުމުގެ ލަމަސީލު.

    15
  18. މާޟީ

    ތެދު ފުޅެއް ކުރީސަރުކާރުން ދިވެހިންގެ ނޭވާހޮޅިން ވައްކަން ކުރީވެސް

    2
    9
  19. ޞހގފ

    ތީހަމަ ބޯޑެތިވަގުން. ކަލެއަކީވެސް ބޮޑުވަގެއް. ތިބުނާ މުއައްސަސާތަކަށް ތިބުނާ ބާރު އޮތް އިރު ކީއްވެތަ މމޕރސ މައްސަލަ ނުބެލިގެން އުޅެނީ. ކީއްވެތަ ވެންޓިލޭޓަރ މައްސަލަ ނުބެލިގެންއުޅެނީ. ގައިމު ކޮންމެސްކަމެއްވީމަތާ! ތިބުނާމުއައްސަސާތަކުން ވަނީ ކޮންގައިދާއެއް؟ އެމީހުނަށް ކުރެވުނީ ކޮންކަމެއް؟ އެއިވެސް ބަޔަކަށް ލާރިގަނޑެއްދޭން ހިންގާ ޖަރީމާއެއް. ކަލޭއަމިއްލަ ނަފްސާ މިސިވާލު ކޮށްބަލަ. މާމާތް މީހަކަށްވެގެން މިތާހުރެގެން ފެލޭނެކެއްނެތް. މިތާކުނެތް ކަލޭދެކެ ބިރުންއުޅޭބައެއް.

    12
  20. ޑީޑީ. ޢެމް

    ދީނާއި ޤައުމު އިންޑިޔާ އަށް ދީގެން އުޅޭބަޔަކު ކުރާކަމަކާއި ބުނާބަހަކާއި ނިޔަތް ދިމާ ނުވާނެކަން އެނގެން ޖެހެއެވެ.

    15
  21. ށޯނާ

    ޢޭ ސީ ސީ ގެ އަނިޔާ ލިބިފަޢިވާ ކިތައް
    މައު ސޫމް މީހުން ތިބޭނެ!

    10
    1
  22. ށޯނާ

    ޢޭ ސީ ސީ ގެ އަނިޔާ ލިބިފަޢިވާ ކިތައް
    މައު ސޫމް މީހުން ތިބޭނެ! ޢެހި ސާބުގަނޑުން ދުވަނީ އަނިޔާވެރިކަމުގެ ވަ ސް.

  23. ކޮރަލް

    އަންނި އެދެނީ ވ އާދައިގެ ކަމެކެވެ. އެއީ ވެރި ކަމެވެ.

    12
    1
  24. ކޮވިޑް

    އަލީ ޒާހިރަކީ ފުރިހަމަ ބުއްދި ސަލާމަތުން ހުރިމީހެއްތޯ ބަލަން މަޖިލީހުން އޭނާ މަޖިލީހަށް ހާޒިރު ކުރަން ފެނޭ. ނޫނީ އޭނާ ހުރީ ހަމަ ހޭގަތޯ ބަލަން އެބަޖެހޭ.

    12
  25. އަހުދުމަ

    ކިތައްމެ ވަރެއް ކުރިޔަސް ތިޔަ ނަޝީދު ވާނީ ދިވެހި ތާރީޙުގައި ދައުރެއް ފުރިހަމަ ނުކުރެވި އިސްތިއުފާ ދިން ފިނޑި ރައީސައް. ހެހެހެހެހެ

    11
  26. ށުމަން

    ޢިންޑިއާ އާ އެކީ ހަދާފަ އޮތް ވަގު ޑީލެއް ތަންފީޒު ކުރުމަށް 2މީހުން ގުޅިގެން ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުޅޭ ޑްރާމާއެއް މީ. ޥ ޔަގީން ކޮށް އިންގޭތީ މި ބުނެލީ!

    12
  27. ވެލަބުލިނަޝީދު

    ނަޝީދު އަމިއްލައަށް ބެސްޓް ފްރެންޑަށް ވެރިކަންދީފަ ދެން އޭނަގެ ދައުރު ހަމަވަންދެން ކެތްވެސް ނުކޮށްލެވުނުދޯ ހާދަހަޑިކޮށޭދެން މިހާރު ތިއުޅުއްވަނީ ލަދުން ބޯހަލާކު

  28. އަބުދުﷲ

    މާއަވަހައް ސަރުކާރައް މައްސަލަތައް ނުބެލޭވާހަކަ ތިދައްކަނީ ވޯޓުލާން ތިންދުވަހައް ވަންދެން ކަރެޕްޝަން ނާއިންސާފު ފެތުރުމުގަ އުޅެފަ ދެންބުނޭ އެއީ އެމްޑީޕީ ސަރުކާރެއް ނޫނޭ .

  29. ނޮންނު

    މި އަލީއަކީ ހާދަދޮގުހަދާ މީހެކޭ މިސަރުކާރު ކުރަމުންދާކަންކަން ވެސް ނުކުރާނެއޭ ބުނާއިރު ހިތަކަށް އެކެއްޗެއްވެސް ނާރަނީބާ ނޫނޭ ދޮގުހަދާލަންކެރޭމީނައަށް

  30. ފެތެނީ

    އަޑިއަށް ދަނީ ޔޭ ބުނި ހިދުކޮޅު ރައްދު ދެނީ އެމީހުނާއި އެމީހު މަސްނުބޭނުނީމާ އޮޑި ގޯސްވީދޯ