ވޯޓުލުމުގެ ހައްގު ހަނިކުރުމުގެ ކަންކަން ނުކުރުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައިފިއެވެ.

އިބޫ މިހެން ވިދާޅުވެފައިވާއިރު، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރެޖިސްޓާ ކުރުމުގައި ސަރުކާރުގެ މުވައްޒަފުންނަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އިބޫ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން ވޯޓުލާން ރީ ރެޖިސްޓާ ކުރުމުގެ ކަންކަން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ކަންބޮޑުވާ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ހަނިކުރުމުގެ ކަންކަން ނުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށާއި އަމިއްލަ އިހުތިޔާތުގައި ރީ ރެޖިސްޓާ ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށް އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރެޖިސްޓާ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަން ކޮމިޝަންއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރީ ރަޖެސްޓްރީ ކުރުމަށް އެދި ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި އެ ފޯމް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާގެ އިތުރުން ރަށް ރަށުގެ ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި ފޯމްތައް މިތަންތަނުން ބަލައިގަންނާއެވެ.

ރީ ރެޖިސްޓްރޭޝަން ފޯމްއާއެކު ރީ ރެޖިސްޓްރީ ކުރަން ބޭނުންވާ މީހާގެ ކާކުކަން އެނގޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އީމެއިލް އަދި ފެކްސް މެދުވެރިކޮށް ފޯމް ބަލައިނުގަނެވޭނެ ކަމަށް އީސީން ބުނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ހޭބަލިނުވެބަލަ! ދުވާލަކު ވާހަކައެއް އެބަދައްކައޭ! މާދަމާ ކީކޭބާ ކިޔާނީ؟

  2. ފާއިޒް

    ކަލޯ ބާތިލް ވޯޓާ ވާދަ ކުރަންޖެހޭނެ ކަން ޔަގީން ވާތީ މޮޔަގޮވަން ފެށީދޯ.. މޮހޮނަށް އޮޑި ދިންހެން ރިޔާސީ ޓިކެޓް ދިނީމަ ވާނި ތިހެން...

  3. ނުރަބޯ

    ގައުމު ފަގީރުކޮށް ބިކަކޮށް ބަނޑަށްޖައްސާ ، ގައުމުގެ ތަރައްގީއަށް ހުރަސްއަޅާ ނުހެދުމަށް ގޮވާލަން.

  4. ހަބޭސް

    އިދިކޮޅޭން މިއުޅޭގޮތުން ހީވަކަހަލަ މިވޯޓް ފަސްކުރަން މަސައްކަތް ކުރާހެން އެއީ އީޔޫއަށް ދައްކާނެ ފޮޓޯއެއް ހޯދުމަށް ކުރާމަސައްކަތެއްކަމަށް ފެނޭ

  5. ޙެެހެެެހހެހހ

    މީނައަށް އަޅެ ކެންޕެއިންތަ މި ކުރެވެނީ. ޜަނގޅަށް ވެރިކަން ލިބޭނ ެ

  6. Anonymous

    އިބޫއަކީ އެމްޑީޕީގެ ރިޔާސީ ކެނޑޮޑޭޓް ކަން
    ކަށަވަރުނުވާއިރު އިބޫއަށް ތާއީދުކުރާނީ ކާކުހޭ؟

  7. ދޫނުބައި.

    މޑޕ ގެ ފިތުނަވެރި އަލިފާން ގަޑުން އަޅަމެން ސަލާމަތް ކުރައްވާށި. ޢިބޫ ދުލުގެ ވިހައިން އަޅަމެން ރައްކާތެރި ކުރައްވާށި. އާމީން.

  8. މާރިޔާ

    ކަލެއައްކީއް

  9. ނިޔާޒް

    ނުފެލިހުރޭ

  10. ލައިލާ

    ހޫ ބޮޑުމުސީބާތެއްނު ކަލެއާހެދިގެން

  11. މާރިޔާ

    މޑޕ ގެ ފިތުނަވެރި އަލިފާން ގަޑުން އަޅަމެން ސަލާމަތް ކުރައްވާށި. ޢިބޫ ދުލުގެ ވިހައިން އަޅަމެން ރައްކާތެރި ކުރައްވާށި. އާމީން.

  12. ގާސިމް

    ބަލަ ކަލޭމެން ބުނީމެއް ނޫންތޯ ޖަލްސާތަކައްވެސް ދަނީ މަޖުބޫރުންނޭ ދެން އެމީހުން ގަދަކަމުންވެސް ރެޖިސްޓަރ ކުރީމާ ވޯޓްދޭނީ ސިއްރުން ކަލޭމެނަކައްނޫންތޯ'''''' އިބޫ

  13. މަހާތީރު

    3 އަހަރުގެ ތެރޭގައި ލިބިފައިވާ ހިތި ތަޖުރިބާގެ އަސަރު އަދިވެސް ފިލައިގެން ނުދެއެވެ. އެފަދަ މާޒީއަކަށް މިރާއްޖެ އަލުން އެނބުރި ރުޖޫޢުނުވާނެއެވެ. މުންކަރާތްތައް ހުއްދަކުރުމަކީ، އެބައެއްގެ މުނާފިޤު ކަމުގެ މައްޗަށް އޮތް ކަމެކެވެ. ވިލާތުން ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި ޖުމުލަގޮތެއްގައި ބުނެފައިވަނީ، މުންކަރާތްތަކަށް އަރައިގަތުމަށެވެ. ވެރިކަމަށް ކުފޫހަމަނުވާ މީހުން ދައްކާނީ އެއްވެސް އުފެއްދުން ތެރިކަމެއް ނެތް ބޭކާރުވާހަކައެވެ. އިބޫއަކީ، މުސްތަޤިއްލު ކެނޑިޑޭޓެއްތޯ ސުވާލުއުފެދެއެވެ.