ހައްދުންމަތީ މެންދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ސުވޮޓް އެނަލަސިސް ހަދާދޭނެ ފަރާތެއް ހޯދަން ހިތަދޫ ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފި އެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް ޝައުގު ވެރިވާ ފަރާތްތަކުން އެކަމާގުޅޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު މެއި މަހުގެ 10 ވަނަ ދުވަހު 11:00 އަށް ބިޑް ހުށަހެޅުމަށެވެ.

ލ. އަތޮޅުގައި މިހާރު ވެސް އެއާޕޯޓެއް އޮވެއެވެ. އެއީ ކައްދޫ އެއާޕޯޓެވެ. މިހާރުގެ ނަމުންނަމަ ކައްދޫ އިސްކަންދަރު އެއާބޭސް އަކީ ރާއްޖޭގެ ޑޮމެސްޓިކު އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވި ހިދުމަތް ދޭންފެށުނު އެއް އެއާޕޯޓެވެ.

ކައްދޫ އެއާޕޯޓު ހެދުމުގެ މަސައްކަތް މުޅިން ނިމި ހުޅުވާފައިވަނީ 1986 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

ކައްދޫ އެއާޕޯޓުން ފުރައިގެން މެންދުއަށް ލޯންޗެއްގައި 15 ވަރަކަށް މިނެޓުން ދެވެއެވެ. ކައްދޫގައި އެއާޕޯޓެއް އޮއްވާ މެންދޫގައި އެއާޕޯޓެއް އަޅަން ކައުންސިލުން މަސައްކަތް ކުރާ ސަބަބެއް ހިތަދޫ ކައުންސިލުން ހާމައެއް ނުކުރެއެވެ.

އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރެވުނު ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. ނަމަވެސް އަދިވެސް އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަވާސާ އިބޫ

    މޮޔަވެގެންބާ މީއުޅެނީ އެރަޕޯޓުތަކުން އުދުހޭ މީހުން ގިނަވީބާ؟ އޮބިނޯންނަވަރަސް އަރޕޯޓުއަޅަނީ ސީޕްލޭން އަޅަބަލަ މުޅިރާއްޖޭގައި

  2. ހުސައިން

    ކައްދޫ އެއާރޕޯޓުން ލ.މެންދޫ އަށް ސްޕީޑް ލޯންޗެއްގައި 2 މިނެޓުން ދެވޭކަމަށް ބުނެފައި ވީނަމަ ވ.ވ.ފުރިހަމަވީސް. ޝުކުރިއްޔާ

  3. ފެންނަނީ

    ކައްދޫ އެއަޕޯޓް ދިވެހިންނަށް ގެއްލުނީ ކަމަށްވާނީ.

  4. މުސްޠޮ

    އަދިވެސް ކައްދޫ ކައރީގައިހެއްޔެވެ؟ ރ.އަތޮޅު ދެކުނުގައި ބެރިޔަންފަރު ހިމެނޭ ސަރަޙައްދުގައި 12 ވަރަކަށް ރިސޯޓް އެބައޮތެވެ. އަދި މިސަރަޙައްދުގައި (ބެރިޔަންފަރާ ގާތުގައި) މީހުން ދިރިއުޅޭ 8 ރަށް އެބައޮތެވެ. އާބާދީ 10000 އަށްވުރެ މައްޗަށް އަރައެވެ. އެހެންވީއިރު މިފަދަ ފައިދާ ލިބޭ އަދި ގިނަ މީހުންނަށް ޚިދުމަތްދެވޭ ތަންތާނގައި އެއަރޕޯޓް ނާޅައި ފަޅުތަންތާ އެއަރޕޯޓް އަޅަން ނިންމާތީ މިހުންނަނީ ހަމަ އަޖައިބު ވެފައެވެ. މިކަމަށް ލަފާދޭ މީހަކަށް ހަމަ ސާބަހެވެ.

  5. ބަޔަކުން 5

    ކައްދޫ އެއަރޕޯޓުން އަންނަ މީހުން ބޯޓުން ނިކުމެ އަޅާ ފައި ބެހެއްޓެނީ މެންދޫ އެއަރ ޕޯޓުގައި،،،،

    1
    1
  6. ކޮރަލް

    އިންޑިޔާ އިންވެސް އެއަރޕޯޓް ބޭނުން ވެއެވެ.

  7. ގެރި މޯދ

    ކުރާނެ ކަމެއް ނޭނގިތަ ތިއުޅެނީ؟ ކައްދޫއާއި އެހާ ކައިރީ އިތުރު އެޔާރ ޕޯޓެއް ހެދުމުން ވާނީ ފައިދާތޯ ގެއްލުންތޯ؟ ދަތުރުކުރަން ތިބީ ހަމަ އެއްބަޔެއް. ކޮންމެ އެޔާރޕޯޓެއްވެސް މެނޭޖް ކުރަން ތިބިބަޔަކަށް މުސާރަވެސް ދޭނެތާދޯ

  8. ހީހީ ހަލާކު

    ފުރަތަމަ ކަމަކަށް ކައުންސިލްގެ ސްވަޓް އެނަރލައިސަސްއެއް ހަދަން ޖެހޭ ކަމަށް ދެކެން. ސާވޭ ކުރަންޖެހޭ ކަމެގަ ސުވަޓް އެނަލައިސަސް ހަދަންޖެހޭ ސަބަބެއް ނުވިސްނުން.

  9. އަހުމަދު

    ހަސަދަވެރިވެގެން އުޅުނަސް ބޮޑުވަރެވެ. ހިތަދޫ އިން ފުރައިގެން ކައްދޫއަށް ދެވެނީ ގަދަ ކަނޑެއް ހުރަސްކޮށެވެ. ނުވިތާކަށް 25 މިނެޓްގެ ދަތުރަށް ހޭދަވެއެވެ.

  10. އަހަމަދު

    ތިޔައެއާޕޯޓް އިންޓަނޭޝަނަލްވާނެ 2023 ނިމޭހައިތާގަ ކަންބޮޑުނުވޭ

  11. ކައުންސިލަރ

    ވަގުތުގެ ވެރިޔަކީ ކައްދޫގެ މުވައްޒަފެއް. ލިޔުން ލިޔުނު ސައުސަން އަކީ އެއަރ ޕޯރޓް ސެކިެުރީއެއް މީ ދޮގެއްތޯ ވަގުތު