އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީއަށް ތާއީދު ނުކުރާ ކޮންމެ މީހަކީ ވަގަކަށް ނެހެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ މިއިންތިޚާބުގެ ތެރޭގައި އޭނާގެ ފިރިކަލުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ބޮލުގައި އަޅުވަމުންދާ ވައްކަމާއި، ކޮރަޕްޝަންގެ ކަންކަމާއި ގުޅިގެން އޭނާގެ ދިފާއުގައި ކުރެއްވި ޓުވީޓެއްގައެވެ.

މިއިންތިޚާބުގައި މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މިނިސްޓަރ ފައްޔާޟަށް ތާއީދު ކުރާ މެމްބަރުންގެ ބޮލުގައި އިންތިއަށް ތާއީދުކުރާ ކެމްޕެއިން ޓީމުން ދަނީ ބޮޑެތި ތުހުމަތު އަޅުވަމުންނެވެ.

ފިރިކަލުންގެ ދިފާއުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އިންތިއަށް ތާއީދު ނުކުރާ ކޮންމެ މީހަކީ ވަގަކަށް ހެދުމަކީ އެމްޑީޕީއަށް އެކަމުންދާ ފައިދާ ކުރާނެ ކަމެއްނޫންކަމަށެވެ.

ފިރިކަލުން ނާޒިލްއަކީ މިސަރުކާރުގެ އެއްވެސް މަޝްރޫޢެއް ނަގައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ނޫންކަމަށާއި، އަދި ސަރުކާރުން އިއުލާން ކުރާ ބިޑްތަކަށް ކުރިމަތިލައިގެން އެ ޕްރޮޖެކްޓްތައްވެސް ހޯދަން އުޅޭ މީހެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިއަށް ތާއީދު ނުކުރާ އެންމެންނަށް ވަގު ތުހުމަތު އަޅުވާ ކޮރަޕްޓް ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާ ހުރި ގޮތެއްނޫން. ނާޒިލް އަކީ މިސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނަގައިގެން އުޅޭ މީހެއް ނޫން އަދި ސަރުކާރުގެ އެއްވެސް އިއުލާނަކަށް ބިޑް ކުރާ މީހެއްވެސް ނޫން." ހިސާން ވިދާޅުވިއެވެ.

މިއިންތިޚާބުގައި މިސަރުކަރުން ހިންގާ މަސައްކަތްތަކުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟުގެ ނުފޫޒާއި، ބާރު އޮންނަކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ވަނީ ވިދާޅުވެފައެވެ.

މިވާހަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެފައިވަނީ މިސަރުކާރުން ހިންގާ 5،000 މިލިޔަނެއްހާ ރުފިޔާގެ ޕްރޮޖެކްޓް ހިންގާ އެފްކޯން ކޮމްޕެނީގެ ލޯކަލް އެޖެންޓަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސްގެ އާއިލީ ކުންފުނިކަމަށެވެ.

މަޖިލީހުގެ އެސްއީ ކޮމެޓީއައި ހަވާލުވެ އިންނަވައި، ކުންފުނިތަކުގެ ތެރެއަށާއި، ބޮޑެތި ޕްރޮޖެކްޓްތަކުގައި ނުފޫޒު އިންތިހާއަށް އޮތް ބޭފުޅަކު މިފަދަ ވާހަކަ ދައްކަވަމުން ލަދު ގަންނަންޖެހޭކަމަށް ހުސެއިން ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ވާދަވެރިކަން ބޮޑުވެ ދެން އެކީގައި މަސައްކަތް ނުކުރެވޭ ވަރަށް ދެފަރާތުން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަންވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮގުބާ

    މިސަރުކާރުން ވަށްކަން ނުކުރަނީތަ

    9
    1
  2. ލަތީފް

    ފިރިކަލުންނަކީވެސް ޗަކޮޔަކީވެސް ރަތްލާޖެހި ވަގެއް

    11
    2
  3. ހެހެ

    ބަލަ ކަނބުލޯ ތީ އެމްޑީޕީގެ އަބަދުވެސް ސިޔާސަތު ، ކަލޭމެން 2018 ގެ އިންތިހާބުގައި ރައްޔިތުން ބޮލަށް ޗިޕްޖެހީވެސް ޔާމީންމެން ވަގުންނަށް ހަދާ ، ކޮރަޕްޓްބައެއްކަމަށް ދައްކާގެން ، މިއަދު އެކަމުގައި އުޅުނު ބައެއްމީހުންގެ ދޫތަކުން ޔާމީނަށް ސަނާކިޔަނީ އެތިބެ ، ސަންގްޓީވީގެ އަސްޑާން މެންވެސް މިހާރު ޔާމީން ކުރިން ކަންކަން މާރަނގަޅޭ އެކިޔަނީ ،