ކ. ހިންމަފުށީގައި ބޭއްވި މަދަހަ މުބާރާތެއްގައި ދެ ގައިދީއަކު ބައިވެރިވެ އޭގެން އެއް ގައިދީ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ހިންމަފުށީގެ ހިޔާ ޔޫތް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “ޢޫދް އަލް ސަބާޔާ ހިޔާ މަދަހަ މުބާރާތް 2022” ގައި ބައިވެރިވީ ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ދެ ގައިދީއެކެވެ.

މިއީ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކު މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް މެއެވެ.

މުބާތާރުގައި ބައިވެރިވި ދެ ގައިދީންގެ ތެރެއިން އެއް ގައިދީ ވަނީ އޭނާ ބައިވެރިވި އުމުރު ފުރާއިން ދެވަނަ ހާސިލުކޮށް އަދި މުޅި މުބާރާތުގެ ގަދަ ފަހެއްގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

އެ މުބާރާތުގެ ބައިވެރިންގެ ތެރެއިން ވަނަ ވަނަ އަށް ފަރާތްތަކަށް ރޭ ވަނީ އިނާމް ދީފަ އެވެ.
އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އެވެ

ރޭގެ ރަސްމިއްޔާތުގައި ކޮމިޝަނަރު ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޢެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށާއި، ކުއްޖަކު ގޯސް މަގަކުންދާނަމަ، އަވަހަށް އެކަން ދެނެގަނެ އެކަން ކުރިން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި އެއީ ހަމައެކަނި މައިންބަފައިންގެ ބޮލުގައި އެޅޭ ޒިންމާއެއް ނޫންކަމަށާއި، ޢާއިލާގެ އެހެން މެންބަރުންނާއި އަވައްޓެރިން އަދި މުޅި މުޖްތަމަޢުވެސް ކުއްޖާއަށް ހެޔޮ މަގު ދެއްކުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މިކަންކަން ހައްލުކުރުމަށްޓަކައި ރަށްތަކުގެ ޖަމިއްޔާތަކުން ޒުވާނުން ބާރުވެރިކުރުވައި، ރިވެތި އާދަކާދަތައް އާލާކޮށް، އިޖުތިމާޢީ ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތްތައް ކުރަން ޖެހޭކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ކޮންމެ ފަރުދެއްވެސް އަމިއްލަ ނަފްސު ތަރައްގީކޮށް، އެހެން މީހުންނަށް ރަނގަޅު ނަމޫނާ އަކަށް ވުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަދަހަ ކިޔާ މީހުންގެ ތެރޭގައި ވެސް މުޖުރިމުން އުޅެނީ ދޯ.

  2. ބުރުގާ

    އެ ސޮރައް އަވަހައް އިސްލާމިކް މިނިސްޓަރުކަން ދީ. މިހާރު ހުއްނަ އިސްލާމީ މިނިސްޓަރައް ތާޔާޖެހޭވަރުން ޒިންމާ އަދައެއް ނުކުރެވޭ...

    1
    3