ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދިރިއުޅުއްވާ ތަންތަނާއި އެ މަނިކުފާނާއި ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް ޖިނާއީ ތަހުގީގެއް ހިންގައިދިނުން އެދި އެމްޑީޕީން މިއަދު ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމްޑީޕީ އިން ބުނީ އެމައްސަލަ ހުށަހެޅީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކްރިމިނަލް ކޯޓުގައި މިއަދު ދެއްކެވި ވާހަކަތަކާ ގުޅިގެންކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ "ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޢަބްދުﷲ ޔާމިނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ހާމަކުރެއްވި ވާހަކައިގެ ތެރޭގައި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ 80 މިލިއަން އެމެރިކާ ޑޮލަރ، ރައީސް ޢަބްދުﷲ ޔާމިނުގެ އަމިއްލަ ގެކޮޅު ކަމުގައިވާ ގ.ދޫވެއްސަށް ވައްދައި އެ ފައިސާ ގުނާފައިވާކަމަށާއި، އަދި ފައިސާ ގުނުމަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއެއް އެގޭގައި ހުންނަ ކަމަށާއި، އަދި އެފައިސާގެ ތެރެއިން އެއް މިލއަން އެމެރިކާ ޑޮލަރ ރައީސް ޢަބްދުﷲ ޔާމިނުގެ އަމިއްލަފުޅު އެކައުންޓަށް ވެސް ޖަމާކުރައްވާފައިވާކަމަށް ހާމަކުރައްވާފައިވެއެވެ."

އެމްޑީޕީ އިން ބުނީ އެމްޑީޕީ އިން މިއަދު ފުލުސް އޮފީހަށް ހުށަހެޅި މައްސަލައިގައި އެދިފައިވާގޮތަށް ރައީސް ޢަބްދުﷲ ޔާމިނު ދިރުއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ސީރިއަސް ކަމާއެކު އެ މައްސަލައިގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ވަގުތުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން މޯލްޑިވްސް ޕޮލިސް ސަރވިސަށް ގޮވާލާކަމަށެވެ.

އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ 80 މިލިއަން ޑޮލަރަށްވާ ނަގުދު ފައިސާ ރައީސްގެ ގެކޮޅަށް ވެއްދި ކަމަށާއި، އެ ފައިސާތައް ގުނަނީ ރައީސްގެ ގޭގައި ކަމަށެވެ. އެ ފައިސާތައް ގުނަނީ އެގޭގައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި އެގޭގައި އުޅޭ ބަންގާޅީއަކާއެކު ރައީސް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ކޯޓުގައި މިއަދު އެގޮތައް ވިދާޅުވި ނަމަވެސް އަދީބު އިސްވެ ހުރެ އެމްއެމްޕީއާރްސީ އިން ނެގި ފައިސާ ޖަމާކޮށްފައި ވަނީ އަދީބާއި ގާތް ގުޅުމެއް އޮތް މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ކުންފުޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަށް ކަން މީގެ ކުރިން އާންމުވެފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަބޭސް

    ތިއީ ރިޔާސީ އިންތިޚާބަށް އަދީބު އުފެއްދި އެޓޮމިކު ބޮމެއް ތިއެތި މިހަރަކު ނުގޮވާނެ މިހާރުއަދީބު އެހުރީ އެތަށްބޮޑެތި ކުއްތަކެއްގެ ކުށުގައި އެތަށް ގިނަ ޙުކުމްތަކެއްކޮށް ޖަލުގައި މީގެ ކުރިން އަދީބަށް ލިބުނު އެކިފުރުސަތުތަކުގައި ކީއްވެ އަދީބު އެވާހަކަ ނުދެއްކީ ތިބުނާ ބަންގާޅީ މީހައަށް ކިޔަނީ ކޮންނަމެއް މިހާރު އެމީހާ މާލޭގައި އެބަހުރިތަ ފުރަތަމަކަމަކަށް އެމީހާ ހޯދާ ތަހުޤީގެއް ކުރަންވީނު

  2. އަބްދުއްލާ

    މިހާރު ކޮންފާހެއްކުރަން . މީގެ އަހަރަކަށް ވުރެ ކުރިން ހިގާފަ ހުރި ކަމަކާ ގުޅިގެން ތަންތަން މިހާރު ފާސް ކުރާ ވާހަކަ ބޯހަމަޖެހޭ ބަޔަކު ދައްކާނެބާ ؟މި އެމްދީޕީ މީހުންނަކީ ތަންދޮރު ފިލާ ބަޔަކު ހެން ހީނުވޭ . ކުރަން މިއުޅޭކަމަކީ ފޮޓޯ ހޯދާނެ ގޮތެއް ހޯދުން

  3. ޖަަައިތުއްތު

    ރައީސް ވެސް އޮންނާނެ އެކަމަށް އިދިކޮޅޭމެން ނެރުނު ފިލުމު، " ދަ ސްޓީލިންގ ފެރަޑައިސް" އަށް ހަޖޫޖަހާފައި އެފައިސާ ތިމަންމަނިކުފާނުގެ ގެއަށް ވަންނަ ތަނޭ ފެންނަނީ! އެއީ ޝައްކެތްވެސް ނެތޭ، އެއީ ހަރާމް ފައިސާއޭ! އެކަމަކު މެންބަރުންގެ ގޭގެއަށް ވަތް ފައިސާއެއް އެ ފިލުމަކު ނެތޭ ވިދާޅުވެފައި!!! އެހެން ވިދާޅު ކުލިފުގެ
    ތަންކޮޅެއް ނަގައިގެން އެމްޑީޕީ އާލާތްވަރު އެ ހޭބަލިވަނީ!

  4. ހުސޭނުބެ

    އަޅުގަނޑު ފުލުހުންނަށް ގޮވާލަން، ކުރީގަ މިގައުމުގަ ތިން އަހަރާ ފޮއި ދުވަހަށް ވެރިކަންކުރި ކެނެރީގޭ ނަޝީދު މިގައުމަށްވެފަ ހުރި ޚިޔާނާތުގެ މައްސަލަ އިންޓަނޭޝަނަލް ކުރިމިނަލް ކޯޓަށް ވަޢްދައިގެން ތަޙުގީގު ކުރުމަށް. މިވަރުގެ ނުލަފާ ޖަމާޢަތެއް މުޅި ދުނިޔޭގަވެސް ނެތް.

  5. ހުސޭނުބޭ

    ވަގުންގެ ފޮށި ބާރަށް ބަންނާނެ! އެންމެ ފުރަތަމަ 3 އަހަރުގެ ވެރިކަމުގައި ޕަކަޅާކޮށްލި 4.5 ބިލިއަން ރުފިޔާ އޮތްތަނަކުން ނެރެމާ ހިނގާ!

  6. އަހްމަދު

    80 މިލިއަނުން 1މިލިއަންކީއްވެބާ އެކައުންޓައްޖަމާކުރީ އެވެސް ގެއައްގެެންގޮސްދިންނަމަ

  7. ރުޒާނާ ޗޮއްޕަޓު

    ކޮންމެ ތާކު ފައިސާ ގުނިޔަސް ކަލޭ ވައްކަން ނުކުރާ ކަމަކަށް ކަލެއަކީ ވަގެއް ނޫން ކަމަކަށް ނުވެޔޭ. ދެން ރީނދޫސް އަށް ބުނަން. އަހަރެން ޔާމީނަށް ތާއީދު ކުރާ އެންމެ ބޮޑު ސަބަބަކީ ގުންޑާ ބައިގަނޑު މައިތިރި އަރުވާލާފަ ބާއްވާތީ. ރައްޔިތަކަށް ކޮށްދެވޭނެ އެއަށްވުރެ ބޮޑު ހެޔޮކަމެއް ކޮބާ.

  8. އަލީ

    އެ80 މިލިއަން ޑޮލަރު ޖަމާނުކޮށް އޭގެ ތެރެއިން އެއް މިލިއަން ޖަމާކުރީ ކީއްވެ.ފަހުން އެބަބުނޭ 80 މިލިއަން ޑޮލަރައްވާ ދިވެހިރުފިޔާ ގެންދިޔަކަމައް. ހަގީގަތަކީ ކޯބައިކަން އޮޅިއްޖެ

  9. އިބްރޭ

    އަޅުގަނޑުވެސް ފުލުހުންނަށް ގޮވާލަން، ކުރީގަ މިގައުމުގަ ތިން އަހަރާ ފޮއި ދުވަހަށް ވެރިކަންކުރި ކެނެރީގޭ ނަޝީދު މިގައުމަށްވެފަ ހުރި ޚިޔާނާތުގެ މައްސަލަ އިންޓަނޭޝަނަލް ކުރިމިނަލް ކޯޓަށް ވަޢްދައިގެން ތަޙުގީގު ކުރުމަށް. މިވަރުގެ ނުލަފާ ޖަމާޢަތެއް މުޅި ދުނިޔޭގަވެސް ނެތް.

  10. Anonymous

    ކޮށްގެންނުވާނެ. ކްރިމިނަލް އެއް ރައީސްގެ އަބުރަށް އަރައިގަތުންމަށް ކޯޓެއްގައި ދެއްކި ވާހަކައެއް އިދިކޮޅުމީހުން ހިތުން މެލޭޝިޔާގަވީގޮތްވާނެ ކަމަށް މިއުޅެނީ. ބަލަ ކަލޭމެންގެ މަކަރު ﷲ ތައާލާ މޮޅަށް ދެނެވޮޑިގެންވޭ. ކަލޭމެންގެ މަކަރުން ކަލޭމެނަށް ލިބޭނީ ގެއްލުމާ ހަލާކު.

  11. ޖުމޭލާ

    އިދިކޮޅާ އަދީބާ ދޭތެރޭގެ ޑީލަކީ، ވެރިކަން ހޯދާފަ އަދީބު މިނިވަންކުރުން. އެކަމަކު އަދީބު ހިތަކަށްނާރާ އަދީބަކީ އެމީހުނަށްވެސް ބިރެއްކަމާ، ވެރިކަން ހޯދުމަށް އަދީބުކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ ކަން އެނގޭތީ އަދީބު ހަމަ ހުންނަންޖެހޭނީ އަބަދުވެސް ޖަލުގަކަމެއް. ހިތުން ހަސަދައެއް ފިލުވާލާނަމޭ ހިތާ ކޯޓުގަ ބޮޑުވެގެންވީ ދޮގު ތިހަދަނީ. ތިކަމުންވެސް ދެރަލިބޭނީ އަދީބަށް.

  12. ނަންްްްްް

    އެއީ އީޔޫއާ ގުޅުން ހުރި ފައިސާތަކެއް. އަހަރެމެން ބޭނުމެއް ނޫން ތިހޯދާކަށް

  13. ބަފާބެ

    ކެންޕެއިނަކުން ބަލިނުކުރެވޭނެތީ ފާޑުފާޑުގެ ވާހަކަ ދައްކާ ރައްޔިތުން ބިރުގަންނުވާލަނީ!

  14. މަހާތީރު

    ޝަރީޢަތުގެ މަރްޙަލާގައި ކޯޓުގައި ހިތުހުރިހައި ގޮތަކަށް ޢަމަލުކުރެވޭ ނިޒާމެއް ނޯންނާނެއެވެ. އަދި އެފަދަ ފުރުޞަތެއް ކޯޓްރޫމުގައި ފަނޑިޔާރަކު ނުދެއްވާނެއެވެ. ވެރިމީހާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ޢަމަލުކުރާނެ ހަމަތަކާއި އުޞޫލުތައް ޤާނޫނުގައި ބުނެފައިވާއިރު،އުޞޫލުން ބޭރުގައި ކަމެއް ކޮށްދެއްވުމަށް އެދުނުކަމުގައިވިޔަސް އެކަމެއް ނުހިނގާނެއެވެ. ނަމަވެސް ވިލާތުގެ ނޫސްތަކަށް ސުރުޚީއެއް އިތުރު ކުރެވިދާނެއެވެ.

  15. އަބްދުއްލާ

    ބުނެބަލަ އަތޮޅަ ރަށްރަށުގެ އެކައުންޓަ ތަކުގާ ގައުމުގެ ކޮމާސަލް ބޭންކް ގެ އެކައުންޓް ތަކުގާ ހުރި އެތައްމިލިއަނެއްގެ ރުފިޔާ އާއި ބިދޭސީންގެ ޑިޕޮޒިޓް އެކައުންޓްގާ ކޮމާސަލް ބޭންކްގާ ހުރި 11 މިލިން ޑޮލަރަށް އެމްޑީޕީ ސަރުކާރުން ހެދިގޮތެއް ބުނެދީފާނަންތަ ؟ ވެއްދީ ކެނެރީގެ އަށްތަ ؟ ނޫނީމާފަންނު ..... ގެ އަށްތަ ؟