ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭ)ގެ ވަކި ހިސާބަކުން ކުނިވަސް ދުވާ ސަބަބު އެނގިއްޖެއެވެ.

މީސް މީޑިއާގައި ވާހަކަދައްކަމުންދާ ފަރާތްތަކުން ބުނާގޮތުގައި، ވަސްގަނޑު ބޮޑަށް އަރަނީ ހަލި މަގުގެ މެދެއްހާ ހިސާބަކުންނެވެ. އެ ހިސާބަށް ދިއުމުން ވަރަށް ބޮޑަށް ވަސް ހުންނަ ކަމަށް ބުނެފައި ވެއެވެ. އަދި ބޮޑަށް ބެލެވެނީ އެއްޗެއް ވަރަށް ބޮޑަށް ކުނިވެފައި ހުރުމުން ދުވާ ވަހެއް ކަމަށްވެސް އެއްބަޔަކު ބުނެފައި ވެއެވެ.

ބައެއް ފަހަރު އެ ވަސްގަނޑު އަރަނީ ހުޅުމާލެ އިން މާލެއާށް ދާއިރުއެެވެ. މާލެ އިން ހުޅުމާލެ އަށް ދާއިރު އެ ވަސް އަރާ ކަމަށް މާބޮޑަށް ފާހަގައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ،މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވަސް ދުވަނީ ހުޅުލޭގެ އިރުމަތީގައި ވޭސްޓް ސްވަރޭޖް ޕްލާންޓެއް ގާއިމުކުރަންދާތީ ކަަމަށާއި އެ މަސައްކަތް ދެ ހަފްތާ ވަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ މިހާރު އެ ސަރަހައްދުން ކުނި ދުވަސްދުވާ ވަރު ކުޑަކުރުން ވަސް އަންނަ ތަނުން މަތިޖެހުމާއި އަދި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީސް މިޑީއާގައި މިކަމާއި ގުޅޭގޮތުން ވާހަކަދެއްކި ބައެއް މީހުން ބުނެފައިވާގޮތުގައި، ދުވަނީ ބަތް ކުނިވަސް ކަމަށެވެ. އަދި އެއީ ބަތް ކުނިވުމުން ފެން އެޅުމުން ދުވާ ވަހެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ ހިސާބަށް ދެވޭވަރު ނުވާ ކަމަށްވެސް އެއްބަޔަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮވިޑް

    ގެރި ނޫނީ ބަކަރި ކޮށިތަކުން ދުވާ ނުބައިވަސް މުޅި އެ ހިސާބަށް ފެތުރިފަ .ރޯދަ މަސް ވިއްޔާ!!!!!!!!!!!!!!

    25
  2. ކަޑި

    އަވަހަައް މާސްކު އަޅާ!

    23
    2
  3. ހާޖީ ސުލްތާން ކާގޯ ބަންޑާރަ

    މާލޭ ކުނިވަސްދުވާ އިންޓަނޭޝަނަލް ކުރިނާރާ އެއަރޕޯޓް. ބޮޑުންގެ ޖީބަށް ބޮޑުކުރާ އެއަރޕޯޓް.

    22
    2
  4. ޙަަަހަ

    ދިވެހިން ދެން ތަންކޮޅެއް ބޮޑުވަރުތީ ، ވަހެއް ދުވާގެން ނުވޭ ، މަގުބެދިގެން ނުވޭ ، ދެން އެހެން ވެސް ކަމެއް އުނދަގޫވެގެން ނުވޭ ، ބަލަ ކިތަންމީހުންބާ އަމިއްލަ ގެދޮރުގެ ސާފްތާހިރުކަމަށް ބަލަނީ ، މަގުމައްޗައް ކުނި އުކުމާއި އަލިފާން ކަނޑާވަރަށް ސައިކަލް ދުއްވުމާއި ، މީހުންނަށް މަލާމަތްކުރުމާއި މިހެންގޮސް ލިޔާނެ ކަމެއް ނެތް ، ތމާމެން ހާދަ ފެންވަރު އޮޅިފަވާބައެކޭ

    14
    3
  5. ކާސިންޖީ

    ގަބޫލެއް ނުކުރެވޭ ތިވާހަކަ. ބޮޑަށް ވަސް އަންނަނީ އިންޑިއާ އިން ދިން ރާޑަރު ހުރި ހިސާބުން. ދުވަނީ ކާށިކުނިވަސް ކަހަލަ ވަހެއް. ވެދާނެ އިންޑިއާއަށް އަގުބޮޑު ސާނާނު ގެންދަން ކާށީގެއެތެރެ ނާށި ސާފުކުރަން ކާށި ބެގެއްޓުމުން އެކާށިތައް ހަލާކުވެގެން ދުވާ ވަހެއް ކަމަށްވެސް މިއީ ވޯރާ ވިޔަފާރިވެރިން ވެސް ގަތްގަނޑު.

    3
    1
  6. ޅީ ދަރި

    އެހިސާބަށް އެރީމައި މަށަށް ދުވަނީ އިންޑިޔާގެ މަގުތަކުން ދުވާވަސް، ޚާއްޞަކޮށް މަގުމަތީ ސަނާމުގު ހަނާ ކުރާ ވަސް ކަހަލަ ވަހެއް ހުންނަނީ

    18
    1
    • ހުސޭނުބޭ

      ތިވާނީ ހެލްކޮޕްޓަރު ދުއްވަން ގެނައި އިންޑިޔާ ސިފައިން ފޮޑިތަޅަނީކަމަށް

      1
      1
  7. މޯދީ

    ގެރި ގުއިގެ ވަހެެްވެސް އެބަހުރި!

  8. ޒާ

    އެމްއޭސީ އެލްއަށް ފިޔަވަޅުއަޅަން އީޕީއޭ ނައީމަށް ގޮވާލަން.

  9. ދޮން ތ

    އެ ލަޑާ ވަހުން ކުރޮސް ކުރާ އިރު ނޯއް ދަމާލާކަށް ނުކެރޭ ޝަހާދއް

  10. ގެރިގުއި

    ޖަންކަޝަން ނުވަތަ ބިން ކޮނެގެން ކުރާ މަސައްކަތަކުން ދުވާ ވަހައެއްތަ ނޫނީ ގެރިކޮށްޓެއްގެ ވަސްތަ.

  11. ކުޅިރިހާކުރު

    ރޯ ރަބަރު އަންދާވަސްދުވަނީ ހުސްދޮގު

  12. ކޮންޑޭބބ

    ހުޅުމާލެއަށް އަރަން ދާއިރު ލަޑާ ރިހާކުރު ގަރުދިޔަވަސް ނޭވާނުލެވޭ..މިވަހެއް ނުދުވާތޯ އެއްވެސް ބޭފުޅަކަށް ހިވަނީ ހިންނަވަރުކަހަލަ ރަށެއްގެ ގޮނޑުދޮށުގަ ހުރެވޭހެން ދިޔަވަރު ހިކޭ ގަޑީގަ ނޯއް ދަމާލަން ނުކެރޭ