އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް މާދަމާ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށް ގޮވާލާ ޕާޓީތަކުން ބާއްވާ މުޒާހަރާ މާދަމާ މެންދުރުފަހު 13:30 ގައި އިލެކްޝަންސް ކޮމިޝަންގެ ކުރިމަތީގައި އޮންނާނެ ކަމަށާއި މުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވުން އެދޭ ކަމަށެވެ.

އަންނަ ސެޕްޓެމްބަރ މަހު ރިޔާސީ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮމިޝަންގެ މިނިވަންކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުން އަންނަނީ ސަރުކާރުން އަންގާ ގޮތަކަށެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަނީ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ މިނިވަންކަމާއި އެކުގައި ކަމަށާއި އެއްވެސް ފަރާތެއްގެ ނުފޫޒެއް ކޮމިޝަންގެ މައްޗަށް ނެތް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ދެފުއް ފެންނަ އިންތިޚާބަށް ވާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބަދަލު ކުރާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އައްޔަން ކޮށް ވަކިކުރުމުގެ ބާރު ލިބިފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޟަތާ

    މޑޕ އައްސަޕޯޓް ނެތީމަ ކޮންމެވެސް އެއްޗެއް ކިޔައިގެން ގަޑުބަޑު ހިންގަން ވެގެން ތިއުޅެނީ.

  2. ސަލީމު

    މޑޕ ބައިގަނޑަކީ ގައުމައްޖެހިފައޮތް ވަބާއެއް

  3. އަބްދުއްލާ

    ކޮން މުޒާހަރާއެއް ކުރާކަށް މިގައުމުން އެމްޑީޕީ ގެ ވަސް ފިލުވާލަމާ ހިގާ ކޮންވެރިކިަމެއް ހޯދަން މިއުޅެނީ 2008 ގަ ވެރިކަން ދިނީމަވެސް ކުރަން ނޭގުނުބައެއް . ގައުމު ހަލާކު ކޮށްލިބައެއް . ވެރިކަމެއްނުދެވޭނެ.

  4. ހުސޭނުބޭ

    ފޭލިވެފައި ތިބި ބައެއް! ސަޕޯޓެއް ނެތީމާ ތެޅިއަރުވަނީ!

  5. ޝިދާތާ

    މުޒާހަރާ ތަކަށް ގޮވާ ގޮވާ މީހަކު ނުނިކުތީމަ މާލޭތެރެ ހަަމަ ނޭވާލެވޭ . އިބޫ ގެ ފަހަތުން ދެތިން މީހަކު ފެނުނީމަ ހީވެއްޖެ މިހާރު މުޒާހަރާ ކޮށްލެވިދަނޭ . މަލެ ހަލަބޮލި ކޮށްލެވޭނޭ . މި ގައުމަށް ޖެހިފަ އޮތް މުސީބަތެއް މދޕ

  6. ޢައިނީ

    އަހަރެން ހިތަށް އަރާ މިމީހުން ބުނާ ގޮތައް އީސީން ކޮށްނުދީގެން މިއުޅެނީ ކޮން ކަމެއްހޭ. މިބައިގަނޑު ބުނެގެން ވޯޓްފޮށި ގިނަކޮށްދީފި. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުން މީހަކާއި އެކު ވޯޓުލެވޭ ގޮތް ހަދާދީފި. ދެން ކޮންކަމެއް ނުވެގެން މިއުޅެނީ. ޢީސީން އެކަކު ވެސް ޑީލް ޖައްސަން އެއްބަސް ނުވީދޯ!

  7. ވިލުފުށި

    ބަލަ އެކޮމިޝަނުގަ ކުރެެގެ އެމްޑިޕީ މީހުން އެތިބީ މިހާރު ރައްފުށުގަ މައުލޫމާތު ދޭން ގޮސްވެސް އުޅެނީ ކުރީ އެމްޑީޕީ ހިންގާކޮމެޓީގެ މެމްބަރެއް.

  8. ގާސިމް

    ގައުމު ހަލާކު ކޮށްލިބަޔަކީ އެމްޑީޕީ

  9. Anonymous

    ތިކަންކުރަން މާލަސްވެއްޖެ އަވައް ނުކުންނަން އުޅޭ.

  10. ކާރު

    އިލެކްޝަނާ އެއްކޮޅުފަރާތަކީ ކޮބައި

  11. ޖުލައި

    އެއުޅެނީ ޖުލައި 26ގެ ޙަރަކާތް ތަކަށް ހުރަސްއަޅަން.

  12. ޢަބްދުﷲ ސަޢީދު

    އިންތިޚާބުގެ ކުރިން ސަޕޯޓަރުންތަކެއް ހައްޔަރު ކުރުމަށް އެއްބަހެއް ނުވެވޭނެއެވެ.

  13. ހަބޭސް

    އެއުޅެނީ އީޔޫއަށް ދައްކަނެ ފޮޓޯގަނޑެއްވެސް ނެތިގެން އިންތިޚާބު ފަސްކުރަން