އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި މަރަމާރީއާ ގުޅިގެން 10 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދު މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 21:40 ހާއިރު ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް އެ މައްސަލާގައި 10 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިރޭ އައްޑޫ ސިޓީ ހިތަދޫގައި ހިނގި ގްރޫޕް މަރާމާރީގައި ދެޒުވާނަކު ޒަހަމް ކޮށްލުމުގެ އިތުރުން ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވައި އެސައިކަލްގައި ހުޅު ޖަހާފައި ވެއެވެ. ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.