މިދިޔަ މެއި 6 ވަނަ ދުވަހު އެމަނިކުފާނު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާ އިން ޖަވާބު ނުލިބޭ އެތައް ސުވާލެއް އޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ނިރުބަވެރި ހަމަލާ ދީފައި ވަނީ މަޖީދީ މަގާއި ނީލޯފަރު ހިނގުން ކަންމަތީގައި ހުރި ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، އެ ގޮއްވާލައިގެންނެވެ. އެ ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ރާއްޖެ އާއި ބޭރުގައި ފަރުވާ ހޯއްދެވިއެވެ.

ނިރުބަވެރި ހަމަލާއާ ގުޅިގެން އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. ނިރުބަވެރި ހަމަލާގައި ތުހުމަތުވާ މީހުންނަށް ދައުވާ އުފުލިތާ މަސްތަކެއްވެފައިވާ އިރު، އެންމެ މީހަކު ފިޔަވައި އެހެން އެންމެންގެ މައްސަލަތަކުގައި ހުކުމަކާ ހަމައަކަށް ނުދެއެވެ.

ނަޝީދުގެ ހަށިކޮޅަށް ލިބުނު ބައެއް ޒަހަމްތައް --

މި މައްސަލައިގައި ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ހުކުމެއް އައީ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހްމަދުގެ މައްޗަށް އެކަންޏެވެ. އެ ކުށް ކުރި ކަމަށް އަދުހަމް އެއްބަސްވުމުން ކްރިމިނަލް ކޯޓުން ވަނީ 23 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ވިއޮން" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މި ހަމަލާ ދިނުމުގެ އަޑީގައި ތިބި މީހުން ހޯދިފައި ނުވާ ކަމަށެވެ. އެކަމަކު، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ހަތަރު މީހުން ހޯދިފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް

ނަޝީދު ވިދާޅުވީ މި ހަމަލާ އަށް ފަންޑު ކުރި މީހުންނާއި އެމީހުންނަށް އެފަދަ ބޮމެއް ހަދަން އެނގުނީ ކިހިނެއް ކަން މިހާތަނަށް އައިއިރު ވެސް ސާފުވެފައި ނުވާ ކަމަށެވެ.

"މިހާތަނަށް ހާހަކަށް ވުރެ ގިނަ ސުވާލަށް ޖަވާބު ނުލިބި އޮތީ. އަޅުގަނޑު އުންމީދު ކުރަނީ ސަރުކާރުން (މި ސުވާލުތަކަށް) ޖަވާބު ހޯދައި ދޭނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އެ ހަމަލާ ނަޝީދަށް އަމާޒު ކުރަންވީ ކީއްވެތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެހެން ވާން ޖެހުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ސަބަބު ފުލުހުން ހާމަކޮށް، ކޯޓުތައް މެދުވެރިކޮށް ވިޔަސް، އެނގެން ބޭނުންވާ ކަމަށް ވެސް ނަޝީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ނަޝީދަށް އަމާޒުކޮށް ސައިކަލެއްގައިި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި ނަޝީދާއި އިތުރު ބަޔަކަށް ވެސް ވަނީ އަނިޔާވެފައެވެ. އަދުހަމްގެ އިތުރުން ބޮން ހެދުމުގައި ހަރަކާތްތެރިވި މީހުންނާއި ބޮން ހަރުކުރި ސައިކަލު ގެނެސް ބެހެއްޓުމުގައި ބައިވެރިވި މީހުންނާއި އެ މީހުން ފިލުވުމުގައި އެހީތެރިވި މީހުންނަށް ކްރިމިނަލް ކޯޓުގައި ވަނީ ދައުވާ އުފުލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. اکف

    ބޮން ހެއްދޭނެ ވީޑިއޮތައް ބަލައިގެންވެސް

  2. ލޮލް

    މާތް ﷲގެ ޙިކުމަތްވަންތަކަމާއި އެކަލާނގެ ރަޙުމަތްވަންތަކަމުން ކަލޯއަށް އަލުން ބަލުން ދުނިޔޭގައި އުޅުމުގެ ފުރުސަތު އެކަލާނގެ ދެއްވަން އިރާދަކުރެއްވީ. އެކަމަކުވެސް ކަލޯ ތިއުޅެނީ ލެއްވިހާ ބޮޑެތި ކާފަރުންނާއެކީ ކޮނޑާ ކޮނޑު ޖައްސާ ސަލާންކޮށް މިގައުމުގެ މުސްލިމުންނަށް ދެރަދޭން. ކަލޯ އިސްލާހުވާން ހިތަށްއަރާނީ ކޮންދުވަހަކުންތަ؟

    5
    2
  3. ހުރަވީ

    ޢަޅުގަންޑަށް ހީވަނީ ދީނާބެހޭގޮތުން މަނިކުފާނަށް ދެއްކޭ ހަމަ ނުޖެހޭ ވާހަކަތަކާ ގުޅިގެން ހިންގާފަ އޮތް ކަމެއްހެން

  4. ރަން ރީނދޫ

    މާލޭގައި މިސްކިތް މަދުވެގެންތަ 27 ވިލޭރޭ އިޝާނަމާދު ވަގުތު ރިސޯޓަށް ދާން އުޅުނީ. ހަމަ ދީނަށް ފުރައްސާރަ ކުރަން އެ ރެއަކީ މުސްލިމުން މާތް ކަމައް ބުނާ ރެއަކަށް ވާތީ ޖެއްސުން ކޮއް ރާފޮދު ހިއްޕަވަން ދާން އުޅުނީ.

  5. ކަހީނުބެ

    ކަލޭތީ އިސްލާމްދީނާ ގުޅޭގޮތުންވެސް ޔަހޫންދީނާ ސުވަލުކުރާ މީހެންނު؟ އެމީހުންނާ ސުވާލުކޮށްލަންވީނު ޖަވާބެއް ލިބޭތޯ. 2023 ގެ ވެރިކަމާ ހަވާލުވުމުގެ ކުރިން.

  6. Anonymous

    ޖަވާބު ހޯދާނެ ކަމެއްނެތް

  7. Anonymous

    ޖަވާބެއް ނުލިބޭނެ. މިއުޅެނީ ސަރުކާރުން ރައްޔިތުންނަށް ދިން ގެއްލުމުގެ ބަދަލު ނުލިބިގެން