އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދގެ މައި މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރައްވަނީ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ކަމަށް ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޮންމެ ހުކުރު ދުވަހަކު އދގެ މައި މަރުކަޒުގައި އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި، އދގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދު ކުރާކަމަށެވެ.

އަދި އެ މަރުކަޒުގައި މާދަމާގެ ނަމާދު އިމާމުވެ ކުރައްވާނީ މިނިސްޓަރ ޝާހިދު ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ..

ނިއުޔޯކްގައި ހުކުރު ނަމާދުކުރާ ގަޑި ދިމާވާނީ ރާއްޖޭގެ ގަޑިން މާދަމާ ރޭ (ހުކުރު ދުވަހުގެ ރޭ) 10:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަހްމަދު

    އަސްތަޣުފިރުﷲ މިވެސްރިކޯޑެއްހަދަންވެގެން ކުރާކަމެއްދޯ މިބައިމީހުން ﷲއައް ބިރުވެތިވާނީ ކޮންދުވަހަކުންބާ؟

    36
    4
    • ލޮލް

      2023ގެ ރިޔާސީ އިންތިޚާބުގެ ކެންޕެއިނަށް ދީނީގޮތުން އިތުރުކުރާނެ ޕޮއިންޓެއް ހަދާލީ.

  2. Anonymous

    ތިއީ ހައިރާން ވާން ޖެހޭ ކަމެއް ނޫން.

    6
    16
    • ލޮލް

      ރަނގަޅު، މީގައި ދިވެހިން ހައިރާންވާންޖެހޭނީ، ރިޔާސީ އިންތިހާބުގެ ކެންޕޭނުތެރޭ ހުކުރު ކޮށްދިންވާހަކަ ގޮވާލާ ދުވަހު.

  3. ލޮލް

    ހުކުރު ކުރުމުގެ ހުއްދަނެތް ދިވެއްސަކު، ކޮންމެތާކުވިޔަސް ހުކުރު ކޮށްދީފިއްޔާ އިސްލާމިކު މިނިސްޓުރީން މައްސަލަ ބަލާ ފިޔަވަޅު އަޅަންވާނެ!

    46
    5
  4. Anonymous

    ސަނަދު އެބައޮތްތޯ؟

    41
    1
  5. ބޮސް

    ޢުފާވެރި ޚަބަރެއް. ޢެކަމަކު ސުވާލަކީ މަނިކުފާނުއަތުގަ އިމާމުކަމުގެ ސަނަދު އެބައޮތްހޭ.

    35
    3
    • ލޮލް

      2023 އަންނަންވާއިރަށް ކުޅެވެން ހުރި ހުރިހާ ދީނީ ކާޑެއް ކުޅެވޭތޯ ބަލަނީ. ބަލައްޗޭ، ރިޔާސީ އިންތިޚާބުގެ ކެންޕޭނުތެރޭގައި އ.ދގައި ހުކުރުކޮށްދިން ވާހަކަވެސް ގޮވާނެ، ދީނީކަން ދައްކަން. މިމީހުން ކުޅޭ ދީނީކާޑުތަކާމެދު ދިވެހިން ވަރަށް ސަމާލުވާން ޖެހޭނެ!

  6. ހަނީފް

    މިކަމާ އެއްޗެއް ބުނާނެ މީހަކު ނެތީތަ. މީނާ މިއުޅެނީ އދ ގަ ވަކިން ޖަމާއަތް ހަދައިގެން އަމިއްލައަށް ހުކުރު ކުރަން. މީނައަށް މިކަމަށް ހުއްދަ ދީނީ ކަކުތަ. ވައިޓް ހައުސް އާ ވަކިން ހަމް ޕެލެސް ގަ ވަކި ޖަމާއަތް ހަދައިގެން އަމިއްލަ އަށް ހުކުރު ކުރުމުގެ ކުރިން މީނާ ހުއްޓުވަން ޖެހޭ. އާނ ފަހެ އެއީ ހުކުރުކުރެވޭ ތަނެއްތަ. އަނެއްކާ ހުއްދަވެސް އޮތްމީހެއްނޫން.

    35
    1
  7. އުދުހޭ

    ދިވެއްސަކަށް މިފުރުޞަތު ލިބުމަކީ އުފާކުރަން ޖެހޭކަމެއް

    6
    16
  8. ޙުސޭނުގެ އާދަނު

    ކޮން އިރަކުބާ ހުކުރު ކުރުމުގެ ހުއްދަ ޝާހިދު ނެންގެވީ؟ ތިއީ އިޚްލާސްތެރިކަމާއެކު ކުރާ ކަމެއްބާ؟

    13
  9. ޒައިދު

    ހުކުރުގަ ކުރާނީ 2 ރަކުއަތް އިނގޭ. ހަމަ ހަނދާންކޮއްލަދިނީ.

    19
    • ޝާހިދު

      ހެހެހެހެ.... މެންދުރު ވަގުތެއް ވީމަ 4 ރަކުއަތް ކުރަން މިހުރީ. ނަސީބެއްނު. ކުޑަ ސިޕެއް ޖަހާލާފަ އަރާނީ.

  10. އަސްދޫނި

    ކަންތައްބޮޑުކުރާ ގޮތަށް ލިޔަނީ! އ ދ އަކީ މިސްކިދެއްނޫން، ހުރިހާ ދީނެއްގެ މީހުނަށްވެސް އަޅުކަންކުރާނެ ކޮޓަރިހުރޭ! އެއިންކޮޓަރިއްއްގަ ނަމާދުކުރުމަކީ އަލިފްދާލުގައި ހުކުރު ކުރުމެއްނޫން!

    3
    1
  11. ސާބަހޭޝާޑް

    ޑރ. އާމިނާ ވަދޫދު ކިޔާ އެމެރިކަާ ގެ އަންހެނަކުވެސް ތި ގޮތައް ހުކުރު ނަމާދު ކުރި. އެކަމަކަު ތަފާތަކީ އޭނަ އަންހެނަކަށްވިއަސް ގުރުއާން ތަފްސީރުން ޕީއެޗްޑީ ހާސިލްކޮޑްފައިވުން.

    • ޢަހުމަދުވަގާރު

      މަނާ ކަމެއްތަ އެއީ

  12. ޕޮގުބާ

    މީކާކު އިމާމުވެ ހުކުރު ނަމާދު ކުރަން

  13. ހަކީމް

    ހުކުރު ކުރުމުގެ ހުއްދަ ނެތިދާނެތީ ކަންތަށް ބޮޑު ނުވެ އަމިއްލަޔަށް ކުރަންޖެހޭ އަޅުކަން ކުރެވޭތޯ ބަލަންވީނު.

  14. ސސ

    ބައްޕާފުޅު ހުކުރު ނަމާދަށް ދުރުވާއިރު ހެދުން ތުރުކުރައްވާގޮތަށް ދިވެހިވަންތަ އިސްލާމީ ހެދުންކޮޅެއް ތުރުކުރައްވާތި ހުދު މުންޑަކާއި އަތްދިގު ހުދު ގަމީހަކާއި ހުދު ތާކިހަލެއް އަޅުއްވާތި !

  15. އަހުރެން

    މައުމޫނު ވެސް އުޅުުނީ ހުރިހާ ކަމެެއްގެ ޕްރޮފެސަރަކަށް ވެގެން. ޚާއްސަކޮށް ދީން ބޭނުންކުރި ވެރިކަން ދެމެހެއްޓުމުގެ ހަތިޔާރަކަށް. ޝާހިދުވެސް މައުމޫނު ކުޅުނު ކުޅިގަނޑު ފެށީތޯ.