މެދު ރާއްޖެ ތެރޭގެ ރަށެއްގައި ބައްޕައަކު ކުޑަކުއްޖެއްގެ ގައިގައި އަލިފާން ޖެއްސި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ފުލުހުންގެ މެެދު އުތުރު ރީޖަނުގައި ކަމަށާއި، މި މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށެވެ.

އަނިޔާ ލިބުނީ އުމުރުން 12 އަހަރުގެެ ފިރިހެން ކުއްޖަކަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

ކުއްޖާގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި، އެެކުއްޖާ މިހާރު ވާނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަނީ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސެސް އާ ވެސް ގުޅިގެންނެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ވުމުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެެ.

މިކަން ހިނގައިގެން އުޅޭ ރަށުގެ ކައުންސިލުން "ވަގުތު" އަށް ވިދާޅުވީ، ކުއްޖާ އަށް އަނިޔާކުރި މީޙާ އަކީ އެރަށުގެ މީހަކާ ކައިވެނިކޮށްގެން އުޅޭ އެހެން ރަށަކަށް ނިސްބަތްވާ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނތ

    ކަމެއްވާއިރަށް ދަރިންނަށް އަނިޔާކުރާމީހުން ވަރަށް ގިނަވެއްޖެ. މިމީހުންގެ ވަނަވަރު ހާމަކޮށް ގަންހިންގަންވީ އެކަމަކު އާޙިރުގައި ބުނާނީ އެއީ ނަފަސާނީ ބަލިމީހެކޭ.

    12
    1
  2. ކްލާސް c

    ޝިމް ބެއްޔާވެސް އޭސީ ހަދާދެނީ ހިލޭސާބަހަކައްނޫން ދެން ދަރުހެއް ބާއްވާއިރު އިނާމު ލިބޭ ގޮތައް ބޭއްވިއޭ ކިއާފަ ތިވަރުއަރުވާލާކައްނުވާނެ. ހިލޭ ސާބަހަށްހެން ހީވޭ މިމީހުން މަސައްކަތް ކުރަނީ

    2
    2
  3. ހާމާނު

    ރަމަލޯން މަހުގެ ފަހުދިހައެއް، ސަވާބުހޯދަން އަޅުކަން ގިނަކުރަންވީ، ތިކަހަލަ ދަށު ދަރަޖައިގެ ކަންކުރާމީހުނައް ހައްގު އަދަބުދީ.

  4. އާދަނު

    މައްސަލަ ރަނގަޅަށް ބަލާނެ ކަމަށް ހީކުން. ގޯސް އެއްޗެއް ބުނާކަށް ނެތިން. ދަރިންނަކީ މަތްﷲ ދެއްވީމައި ލިބޭ ނިއުމަތެއް. އެ ދަރިންނަކީ މައިންބަފައިންގެ މައްޗަށް ހަވާލު ކުރެވޭ ބޮޑު އަމާނާތެއް. ރަނގަޅު ގޮތުގައި ތަރުބީއްޔަތު ކުރުމަކީ މައިންބަފައިންނަށް އޮތް ވާޖިބެއް. އާހިރަތުގައި ސުވާލު ކުރެވިގެން ވޭ. މި ބުނަނީ ތަޅާ މަރައިގެން ބޮޑު ކުރާށޭކޭނޫން. އޭރުން އެކުދިން ބޮޑުވަމުން އަންނަ އިރު އުފެދޭނީ ބިރުވެރިކަމާ ނަފްސާނީ މައްސަލަތަށް. އެކަމަކު ދަރިޔަކު ބަސްނާހާ ގޯސް ކަމެއް ރިޕީޓު ކުރާނަމަ، އަދަބު ދެވެންޖެހޭނެ. ހައްދެއްގެ ތެރެއިން ޖަހަން ޖެހޭ ހިސާބައްވެސް ދާނެ. އެކަމަކު އަލިފާން ޖެއްސުމަކީ ބަފަޔަކު ކޮށްގެންވާނެ ކަމެއްނޫން. އުއްމީދު ކުރަން އެކުއްޖާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އުނިކަމެއް ނާންނާނެ ކަމަށް. އަދި ދުއާ ކުރަން ރައްކާތެރިކަން ލިބިދިނުމަށް.

  5. ޙަސަބަސް

    ކުއްކުރާ މީހާއަކީ ވަކި ޕާޓީއަކަށް ތާއިދުކުރާ މީހަކަށް ވުމުން ކުއް އެމީހެއްގެ މަށްޗަށް ސާބިތު ނުވާނަމަ އެހެދޭ ގޯސްތަށް މުޅިމުޖުތަމަޢު ކިލަނބުކޮށް ޖީލުތަށް ހަލާކުވެ، ކުއްކުރާ މީހުން ބިރުވެރިކަމެއް ނެތި ގިނަވެގެން ދާނެއެވެ.

    6
    1
  6. ދެރައީ

    ކޮންމެބއުމުރެއްގެ ކުއްޖަކަށްވިއަސް އަލިފާން ޖައްސާ ތިބާވަތުގެ އަމަލުތައް ހިންގާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ

  7. ދިރާސާ

    ތިޔަ ގާނޫންތަކާއި ހެދި މައިން ބަފައިންނަށް ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރިހަމަ މިނިވަންކަމެއް ނެތް. ކުއްޖާ ގޯސް މަގަކުން ދިޔަ ނުދިނުމަށް އަނިޔާ ނުވާ ގޮތަށް އަދަބު ދީގެން އިސްލާޙް ކުރަން ފިޔަވަޅު އެޅުމުގެ ބާރު މައިންބަފައިންނަށް އޮންނަން ޖެހޭނެ. އަނިޔާ ނުވާ ގޮތަށް އަދަބު ދީގެން ކުރީ ޒަމާނުގައި ކުދިން ބިރުންވެސް ގޯސްކަމެއް ނުކުރާނެ. 1990 އިން 2000 އާއި ދެތެރޭގެ ފުރާވަރު ކުދިންނަށް މައިންބަފައިން އަނިޔާ ކުރި. އެކުދިން މިއަދު ގައުމަށް ބޭނުންތެރި ދަރިންގެ ގޮތުގައި ރަގަޅު ގޮތުގައި އެއުޅެނީ..

    13
    2
    • ވސ

      އަނިޔާ ލިބުނު ދަރީން ހަމަ ރަނގަޅުތޯ.؟

  8. ޕޮގުބާ

    މައްސަލައެއްތަ؟ އެއީ

    4
    6
    • އައްޔާ

      ލައްބަ. ވަރަށް ބޮޑު މައްސަލައެއް އެއީ. އަދަބެއްދިނަސް އަލިފާންޖެއްސުމަކީ އިންސާނިއްޔަތާވެސް ޚިލާފުކަމެއް.

  9. bubb

    You're that part of me I'll always
    ❤️ need 🌹 I love you D