ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޕެރިސް ނިޙާދު، ދިމާ ކުރުމުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑް ކޯފާ ވެއްޖެއެވެ.

ޕެރިސް ނިހާދު، ސީޕީ ނަވާޒް އާއި ދިމާ ކޮށްފައިވަނީ އެޕާޓީގެ މެމްބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. އެގޮތުން އެ މެސެޖުގައި ނިހާދު ވިދާޅުވީ، ސިޔާދު ގާސިމް ދޫނިދޫ ކުޑަ ގޮޅީގައި އޮންނަވަނިކޮށް ބޯ ފެން ފޮދަކަށް އެދުމުން ފެން ނުދިން ސީޕީއަކު އިންނެވިޔަސް، އެންމެ ކުރިއްސުރެ ވެސް ޖޭޕީގައި ތިބި މީހުން ހައްގު ބަސް ބުނާނެ ކަމުގައެވެ.

އަދި ޖޭޕީ ކައުންސިލުން މޫސާ އަންވަރު އާއި ޖާޕިރު އަދި އަލްހާން ބޭރުވިއަސް ހުރިހާ ދައުރެއްގައި ކައުންސިލްގައި ހުރި މީހަކު ޖޭޕީ މެމްބަރެއްގެ ދިފާއުގައި ބަސް ބުނާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

ޖޭޕީ ގްރޫޕަށް ނިހާދު ފޮނުވި މެސެޖު

ނިހާދުގެ އެވާހަކަތަކާއި ގުޅިގެން ހިތްޕުޅު ހަމަޖެހިވަޑައި ނުގެން، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވަޓްސްއަޕް ގުރޫޕުގައި ވިދާޅުވެފައިވަނީ، ނިހާދަކީ ކޮންމެ ވެސް ފަރާތަކުން އުޖޫރަ ނަގައިގެން ޖޭޕީގެ ދުވަސް ދުއްވާލާ އަގުވައްޓާލަން އުޅޭ މީހެއްކަން ވަރަށް ރަގަޅަށް ސާފު ވެއްޖެ ކަމުގައެވެ. އަދި ނިހާދަކީ، ގާސިމްއާއި، ގާސިމްގެ އާއިލާގެ އިތުރުން، ވިލާ ގުރޫޕާއި ވެސް ޒާތީގޮތުން ދިމާކޮށް ހެދުމަށް ހަމަޖައްސާފައި ހުރި މީހެއްކަން ވެސް މިހާރު ގަބޫލު ކުރެވޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ނިހާދުގެ ވާހަކައަށް ރައްދު ދެއްވައި ގާސިމް އަދި ނަވާޒް ފޮނުވި މެސެޖު

ގާސިމްގެ އިތުރުން ނަވާޒް ވެސް ވަނީ ނިހާދު އަށް އެ ގްރޫޕުގައި ރައްދު ދެއްވާފައެވެ. އެގޮތުން ނަވާޒް ވިދާޅުވީ، ނިހާދު ފެށުނީއްސުރެ ޖޭޕީގައި އުޅުމަކީ އެހެން މީހުންގެ އަބުރު ކަތިލައި މަސައްކަތް ކުރުމަށް ލިބޭ ސެޓްފިކެޓެއް ނޫން ކަމަށެވެ. އަދި އަމިއްލައަށް ވިސްނިގެން ހަމަ ބިމަށް ފައިބަންދެން ނިހާދު އާއި ދިމާކުރައްވާނެ ކަމަށް ވެސް ނަވާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަދަންއަލީ

    ތިނަވާޒަކީ ހަމަސީދާ ބޮލެއް ބޮޑު ހަށިގަނޑެއްގެބއެތެރޭގައި އިންނާނީ ފޯއްކިބައެއްވަރުހެ ސިކުނޑިއެއް

    7
    6
  2. ނުހާ

    ވަރަށް ހުދު މުހުތާރު މީހެއް ޤާސިމް އިބްރާހިމަކީ. ޝައްކުބަލިވެސް އިންތިހާއަށް ބޮޑުފުޅު މީހެއް. މިވަރުގެ މީހަކަށް ކިހިނެއް މިޤައުމު ހިންގޭނީ. އަދިވެސް ރައީސްކަމަށް ކުރިމަތިލާން އެބައުޅޭ. އަޖައިބްވެ އަންތަރީސްވާވަރު.

    16
    1
  3. ޕަރިޕަރީ

    ނަވާޒު ސީޕީކަން ކުރީ ކޮންއިރަކުތަ؟ ހިންގުމާ ހަވާލުވެ ދުވަސްކޮޅަކު ހުރިކަމަށް ވެދާނެ.

    13
  4. ޕޮގުބާ

    ނޫސްވެރިން ގާސިމް ދެކެ ބިރުގަނޭދޯ އާދައިގެ އިންސާނެއް ރުޅިއައީމަ ކޯފާ ބޭނުން ނުކުރެވޭނެ އެއީ ރަސޫލު ބޭކަލުންނާ ނަބީ ބޭކަލުން ރުޅި އައީމަ ބޭނުންކުރާ މާތްބަހެއް

  5. މޫސަ

    ވިސްނުންހުރީ ރައްޔަތުންގެ ކޮއްމެވެސް މުދާތަކެއް ފޭރުން