ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި ޑްރަގު ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަސްތުވާތަކެތީގެ ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އައްޑޫ ސިޓީ ބައެކެވެ.

އެ ފްލެޓުން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ:

  • އިބްރާހީމް ޝަވީނު، 24، ފިނޮޅު/ ސ. ފޭދޫ
  • ހިސާމް ނަސީރު،19، ކަޅިރަވަ/ސ. ފޭދޫ
  • އަހުމަދު ޝުއާއު، 24، ދިރިމާގެ/ ސ. ފޭދު
  • އަހުމަދު ލޫތު ނައީމް، 21، ގުމްރީގެ/ ސ. ފޭދޫ
  • މުހައްމަދު މާއިލް، 26 ގަލަދުންގެ/ ސ. މަރަދޫފޭދޫ

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ފްލެޓް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައި ހުރި ހަ ރަބަރު ޕެކެޓާއި 50،300ރ. ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލަތްތައް ފެނިފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ފްލެޓްގެ ސިޓިންރޫމްގައި ހުރި ޓީވީ ރެކުގެ ދަމާ ވަތްގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. ފައިސާތައް ހުރީ އެ ފްލެޓްގެ ދެ ކޮޓަރި ތެރޭގައި "ހާމަކަން ބޮޑު" ގޮތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކޯޓުގައި ބުނީ އޭނާގެ އަތުން ފެނުނު ފައިސާ އަކީ ވަޒީފާ އަދާކުރާ ތަނުން ލިބުނު ފައިސާ ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ނޫން ކަމަށެވެ.

އެހެން މީހަކު ބުނެފައި ވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށެވެ. އަދި ރީހެބަށް ދާން ބޭނުންވާ ކަމާއި ވީހާވެސް އަވަހަށް އެކަން ކޮށް ދިނުމަށް އެމީހާ ކޯޓުގައި އެދިފައިވެއެވެ.

އެ ޒުވާނާ ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކުރުމަށް އެ އެޕާޓްމަންޓަށް ގޮސް އުޅެނިކޮށެވެ.

މިއީ ހިޔާގެ ޓަވަރެއްގެ ފްލެޓަކުން މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް، ޓަވަރުތަކުގެ ސިޑި ގޮޅީގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ޝަކުވާ ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން ދޭތެރެ ދޭތެރެ އިން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިމްރާމް

    އައްޑޫ މީހުން މިތަން ހަލާކު ކޮށްފިއޭ.

    25
    4
  2. ގަލަން

    ކޮބާ ހައްޔރުކުރުމުގެ ބޭނުމަކީ މާދަމާއެންމެން ދޫކޮއްލާނެ ހެކިނެތިގެން މިހާތަނަކައްނެތް ޑުރަގު ވިޔަފާރި ކުރާ މީހުން ސާބިތުކުރެވިފައެއް ބޭކާރު ކަމެއް ކޯޓްތަކުން ދޫކޮއްލާނެ ކޮންބައްގެ އިހުމާލުންކަމެއް ނޭންގެ ދޫކޮއްލަނީ؟ ހީވެސްނުކުރާހާ ބޮޑެތި ކަންތައްތަކެއްވޭ ފަހަތުގަ މިފަހަރު ކުޑަމިންވަރެއް ތިހޯދީ

  3. ގ

    ގޫބައްޑާ!

  4. Anonymous

    ކުރިން ވެސް އެނގެޔޭ ތިޔައީ މަސްތުވާތަކެތީގެ މީހުން ޖަގަހަ ހަދާނެ ތަނެއްކަން. ވަގުން ވެސް ތިތާގައި އުޅޭނެ. ހަށިވިއްކާ މީހުން ވެސް އުޅޭނެ. ހުރިހާ ނުބައި ކަމެއް ތި ޓަވަރުތަކުގައި ކުރާނެ.

  5. އަިޮލ

    އަވަހަށް ރިހަބައް ދާން އެބުނަނީ ކީއްވެބާ؟