ޓީޗަރުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުވި ނަމަވެސް ބިދޭސީ ޓީޗަރުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ބޮޑު ކުރި މުސާރައިގެ އޮނިގަނޑު އިއުލާންކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޓީޗަރުންގެ މުސާރަ ބޮޑުވާއިރު ޓީޗަރުންގެ ތެރޭގައި ބިދޭސީ ޓީޗަރުން ތިބުމާއެކު އެ ބޭފުޅުންގެ މުސާރައަށް ވާނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލު ކުރިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ބިދޭސި ޓީޗަރުންނަކީ ވަކި ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތް ކުރާ ޓީޗަރުންތަކެއް ކަމަށާއި އެ ޓީޗަރުންގެ މުސާރަތައް ކަނޑައަޅާނީ ދިވެހި ޓީޗަރުންނާ ތަފާތުކޮށް ކަމަށެވެ.

"ބިދޭސީ ޓީޗަރުން އަޅުގަނޑުމެން ގެންގުޅެނީ ކޮންޓްރެކްޓެއްގެ ދަށުން. އެހެންވީމަ ކޮންޓްރެކްޓްގައި އޮންނަ މުސާރަ އެ ބޭފުޅުންނަށް ލިބިގެން ދާނީ" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައި އޮތް ގޮތުން ޓީޗަރުންނާއި ޕްރިންސިޕަލުންނާއި އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުވާނެއެވެ.

އެގޮތުން ދެން އެންމެ އާދައިގެ ޓީޗަރަކަށް ވެސް މުސާރައިގެ ގޮތުގައި މަހަކު 13،266ރ. ލިބޭނެއެވެ. އަދި ގިނަ ޓީޗަރުންނަށް މަހަކު 20،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.

އޭގެ އިތުރުން އެންމެ ދަށް ރޭންކުގެ ޕްރިންސިޕަލަށް ވެސް މުސާރައިގެ ގޮތުގައި މަހަކު 30،000ރ. ލިބޭނެއެވެ. އަދި އެންމެ މަތީ ރޭންކްގެ ޕްރިންސިޕަލުންނަށް މަހަކު 35،452ރ. ގެ މުސާރައެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރައްޔިތ

    ދެން ވިޔަފާރި ވެރިން ތަކެތި އަގުބޮޑު ކުރާނީ ތީގައިގަޑުތެޅެން ޖެހޭނީ އަމިއްލަ މަސައްކަތުން ފައިސާ ހޯދާ ނިކަމެތި މީހާ

    5
    2
  2. ހަސަނު

    ޥ ރަނގަޅު

    15
    4
    • Anonymous

      ރަނގަޅެއް ނޫން. އެމީހުންނަކީ ވެސް އިންސާނުން. އެމީހުންނަށް ވެސް އެތިކޮޅެއް ދޭންވާނެ. ބަހާ އެއްޗެއް ބަހަންވާނީ އެންމެނަށް ހަމަޔަށް. ނަމަވެސް ބިދޭސީންނަށް މާގިނައިން ދޭ މިހާރުވެސް. އެމީހުންނަށް ދިރިއުޅޭނެ ތަންތަން ވެސް ހުންނަނީ ކުއްޔަށް ހިފާފައި ދީފައި. ދިވެއްސަކަށް ނުދޭ. ދިވެއްސެއްނަމަ ގެއަށް ކުލިދައްކަން ޖެހެނީ ވެސް މުސާރައިން.

      2
      4
  3. ާއަލީ ބުނީ

    ޢިންޑިޔާ ޓީޗަރުންގެ މުސާރަ ބޮޑުކުރުން ވަރައްއަވަހައް އޮންނާނެ. ވަރައްސަލާން

    18
    6
  4. ފަލާޙް

    ބަރާބަރު ނިންމުމެއް

    5
    4
  5. ޖެން

    މިހާރުވެސް ބިދޭސީ ޓީޗަރުންގެ މުސާރަ ބޮޑު އަދި ދެކޮޅު ޓިކެޓާ އެކަމޮޑޭސަން އެލަވަންސްވެސް ލިބޭ

  6. ކުޅިރިހާކުރު

    '' ބިދޭސީ ޓީޗަރުންގެ މުސާރަ ބޮޑެއް ނުވާނެ: އެޑިއުކޭޝަން މިނިސްޓަރު'' މިއޮތީ ދެފުށުން ފެންނަން މީހަމަ ވޯޓަށް ކުރިކަމެއްކަން..ބަލަ އެމީހުންވެސް ކުރަނީ މަސައްކަތް ކިހާ އިންސާފުވެރި ހިތްތިރި ސަރުކާރެއްތޯ؟ ސޯޓުބޭލެނީ

  7. ގެރިބޭ

    އިންޑިޔާ ޓީޗަރުންނަށް އެލެވެންސެއް ހަމަޖެހިފަ އޮތީ، އެއީ “މުސާރަ” އެއްނޫން!

    3
    1
  8. ރަބަރޭ

    ތިޔައީ ވަރަށް ނާއިންސާފު ގޮތެއް އެއީވެސް އިންސާނުން އެއްތަނެއްގައި މަސައްކަތް ކުރާއިރު އެމީހުން ވެސް ކުރަނީ މަސައްކަތް ދިވެހިމީހާ ވެސް ކުރަނީ މަސައްކަތް