ނާއިބު ރައީސް ފައިސަލް ނަސީމް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ޝަމްސަދާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ނާއިބު ރައީސް ނިއު ޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ފައިސަލް ނިއުޔޯކަށް ވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ތީމެޓިކް ޑިބޭޓްގައި ބައިވެރިވެވަޑައި ގަތުމަށެވެ.

އެގޮތުން “ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ” މައުލޫއާ ގުޅޭ ގޮތުން ބާއްވާ ބަހުސްގައި ފައިސަލް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބޭކާރު ނައިބުރައީސް ރައްޔިތުންގެ ފައިސާ އިސްރާފުނުކޮއް ކަލޭ އިސްތިއުފާދީފަ ގެއައްދޭ

    13
    1
  2. ނޯކޮމެންޓް

    މަތީފެންވަރުގެ ވަފުދުގައި އެޑިއުކޭޝަން މިނިސްޓަރ ވަޑައިގެންނެވިތޯ؟

  3. މުހަންމަދު

    ރައްޔިތުންނަށް ބޭސް ކުރެވޭނެ ފަދަވެސް ނެތި ތިއްބާ،ބޮޑެތިބޭފުޅުން ސަރުކާރު ފައިސާ އިސްރާފު ކުރަނީ....