މި އަހަރުގެ ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން ގައުމީ ކެމްޕޭނެއް ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ނިންމައިފި އެވެ.

މީގެ 29 އަހަރު ކުރިން 1993 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ ތިން ވަނަ ދުވަހެވެ. އެގޮތުން މިއަދަކީ 31 އަހަރު ފުރޭ ނޫސްވެރިންގެ ދުވަހެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ ގޮތުގައި މި އަހަރު އދ ގެ ޔުނެސްކޯ އިން ކަނޑައަޅާފައިވާ ޝިޔާރަކީ "ޖާނަލިޒަމް އަންޑަ ޑިޖިޓަލް ސީޖް" އެވެ.

އެމްއެމްސީން ބުނީ މި އަހަރުގެ ނޫސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބްރޮޑްކޮމް ގުޅިގެން ހިންގަން ނިންމާފައިވާ ގައުމީ ކެމްޕޭނުގެ އިތުރުން ގްރޭޑް 11، 12ގެ ދަރިވަރުންނަށް ބަހުސް ކުރުމުގެ މުބާރާތަކާއި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ގައުމީ ކެމްޕޭން

މި ކެމްޕޭނުގައި ބޭނުން ކުރުމަށް ނިންމާފައި ވަނީ އެމްއެމްސީ އާއި ބްރޮޑްކޮމުން ދޫކުރާ ހާއްސަ ބެޖެއްގެ އިތުރުން ނޫ ކުލަ އެވެ. އެގޮތުން ނޫކުލައިގެ ހެދުމެއް ލުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ފޮޓޯއެއް ނެގުމަށްފަހު މި އަހަރުގެ ނޫސްވެރިންގެ ދުވަހުގެ ޝިޔާރު ކަމުގައިވާ PressFreedomMV# ބޭނުން ކުރުމަށް ވަނީ އެދިފަ އެވެ.

މި ހަރަކާތް މީޑިއާތަކުން މާދަމާ ކުރިއަށް ގެންދާއިރު ސަރުކާރު އިދާރާ ތަކުން ކުރިއަށް ގެންދާނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

މި ދުވަހާ ގުޅުވައިގެން ބޭއްވުމަށް ނިންމާފައިވާ ބަހުސް މުބާރާތަކީ ޒުވާނުން ނޫސްވެރިކަމަށް ލޯބި ޖެއްސުމަށާއި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމުގެ އިތުރުން އާންމު ރައްޔިތުންނަށް ނޫސްވެރިކަމާ ގުޅޭ މުހިންމު މައުލޫމާތު ބަހުސްގެ ސިފައިގައި ގެނެސްދިނުމަށް ކަމަށް އެމްއެމްސީން ބުނެ އެވެ.

މި ބަހުސް ދައްކާނީ މި މަހުގެ ފަހު ހަފްތާގަ އެވެ.

ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން ގެންދިއުމަށް ނިންމާފައިވާ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނު ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 27 ގައި މޯލްޑިވްސް ބްލަޑް ސާވީސްގަ އެވެ. މި ހަރަކާތުގެ ތެރެއިން ހިލޭ ލޮލުގެ ސްކްރީން ކޮށްދިނުމާއި ހަކުރުބަލީގެ ސްކްރީން ކޮށްދިނުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްނި

    ފޮނިތިޔަ ކަނޑަނީ ތިވަރުގެ ތަނެއްވެސް ހަދާކަށެއް ނޭގުނު ބަޔަކު މީހަކު ތަނެއްރީތިކޮއް ހަދާލީމާ ލަދެއް ބިރެއްނެތި ލަދުހަޔާތުގެ ތަންފުކެއްވެސް ނެތީ ތިތަން ހެދިމީހާ ތިތަނައް ގެނެސްގެސް ކިހިނެއް ހެދިތަނެއްތޯ ނުވަތަ މިކަން ކޮއްދިނީތީވެ ތިފަދަ ދައި ފޮދެއް އަރުވަބަލަ ޔަގީން އެކަމެއް ނުކުރާނެކަން

  2. ާައަހުމަދު

    މިގައުމުގަ މިނިވަން ނޫސްވެރިކަމެއް އެބައޮތްބާ؟ މިގައުމުގަ ތިބީ ފައިސާދިނީމަ ނޫހުގަ ލިއުންތަށް ލިޔެދޭ ކަހަލަ ނޫސްވެރިން. ދިގު 30އަހަރުގެ ނޫސްވެރިކަމެކޭ ތަފާތެއްނެތް.