އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "ސައިޒު" ކުރާނެ ކަމަށް ބުނެ އިންޒާރުދީ ބަޔަކު މީސް މީޑިއާގައި ވީޑިއޯ އާންމުކުރީ އިންޑިއާގެ އެންގުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިސްވެ ހުންނަވައިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ 48 ގަޑިއިރުވެގެން ދިޔަ އިރުވެސް އެ މައްސަލަ ބަލައިގެންކަން ނުވަތަ ނޫންކަންވެސް އަންގާފައި ނުވާ ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ފުލުހުން ހާމަ ނުކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ރައީސް ޔާމީނަށް އިންޒާރު ދިނީ "މޯލްޑިވްސް ޔޫތު ފޯސް" ގެ ނަމުގައި މިދިޔަ އާދިއްތަ ދުވަހު ޓުވިޓާގައި އާންމުކުރި ވީޑިއޯއެއްގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ވީޑިއޯގައި ފެންނަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީގެ މީހެކެވެ.
އޭނާގެ ވީޑިއޯ މެސެޖްގައި ބުނެފައިވަނީ އެއީ "މޯލްޑިވްސް ޔޫތު ފޯސް" ކަމަށާއި އެ ޓީމުގެ މެންބަރުން ނިކުންނަނީ ރައީސް ޔާމީން "ސައިޒް" ކުރަން ކަމަށެވެ. މިނިސްޓަރު މާރިޔާ ވަނީ އެ ވީޑިއޯ ރިޓްވީޓް ކުރައްވާ، އެކަމަށް ހިތްވަރުދޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯ އާންމުކުރި މީހުންނަށް ހިތްވަރު ލިބޭގޮތަށް ޑިފެންސް މިނިސްޓަރު މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ޓެރަރިޒަމްގެ އަމަލެއް. ޓެރަރިޒަމްގެ މި އަމަލަށް ހިތްވަރު ލިބޭގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އެބެއް މަސައްކަތް ކުރައްވާފަ. އެހެންވީމަ ރައީސް ޔަމީނަށް މި ދިން އިންޒާރަކީ އިންޑިއާ ސަރުކާރުގެ ރޭވުމުގެ މަތިން ދިވެހި ސަރުކާރުގެ އަޑީގައި އޮވެގެން މާރިޔާ އިސްވެ ހުރެ ހިންގާ ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބަ އޮތް،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިންވެސް ރައީސް ޔާމީނަށް އެފަދަ އިންޒާރުތައް ދީގެން އިދިކޮޅުގެ ފަރާތުން ފުލުހަށް ހުށަހެޅި އެއްވެސް މައްސަލައެއް މިހާތަނަށް ބަލާފައެއް ނުވެއެވެ.
ސައިޒު ކުރާނެ ކަމަށް ބުނެ ޔާމީނަށް އިންޒާރު ދީފައިވަނީ އެމަނިކުފާނު އިސްވެ ހުންނަވާ ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮކި

    ރައީސް ޔާމީން ވައްކަންކުރީވެސް މާރިޔާ އަޑީގައި ހުރެހެން ދޯ ؟؟؟؟

    1
    13
  2. އައުޓް

    ޗައިނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ކެނެރީގެ ނަޝީދު ދައްކާ ވާހަކަ ތަކަށް ކިއެއްވެތޭ ސަރުކާރުން ރައީސް އިބޫ އަށް ގަރާރު ނުނެެރެވެނީ އެކަން އެގޮތަށް ސަރުކާރުން ނުކުރަނީ އެއިން އެގިގެންދާ އެއްޗަކީ އެއީ މިސަރުކާރަކީ އެއީ ރައްޔިތުންގެ ސައްހަ ވޯޓަކުން ހޮވިފައިވާ ސަރުކާރެއް ނޫން ކަމަށޭ އެއީ އިންޑިއާ އިން ރިޝްވަރު ފައިސާ އިލެކްޝަންސް ކަމިޝަނަށް ދީގެން ރައްޔިތުން ލީ ވޯޓް އޮޅުވާލައިގެން ކަން އެއީ ހުރިހާ ދިމާލަކުން ފެންނާން ހުރި ހަގީގަތޭ ސަރުކާރު ޖެހޭނީ އިސްތިއުފާ ދޭންއޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް

  3. އަލްޖިބްރާ

    އަދުރޭ ތަންތަނަށް ނުކުމެ އެވެނި މިވެނި މީހުން ހައްޔަރުކޮށް ދައުވާ ކުރާނަމޭ ގޮވާއިރު އެކަން އިންޒާރަކަށް ނުވެ ، ޔާމީނު ސައިޒަށް ތިރިކުރާނަމޭ ބުނީމަ އިންޒާރަކަށް ވާގޮތަކީ ކޮބާތަ ؟ ސައިޒަށް ތިރިކުރަން ބަޔަކު ނިކުންނާނަމޭ ބުނުމަކުން އެއީ އިންޒާރަކަށް ނުވާނެ ! ތިމާ އަށް ތިމާ އޮޅިގެން ދެކޮޅަށް ދުވަންޏާ ދެންތިބި ބަޔަކު އެމީހަކު ހަމަބިމަށް ތިރިކޮށް ސައިޒް ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ! އެއީ ސަރުކާރުވިއަސް އަމިއްލަ ބަޔަކު ކަމުގައި ވިއަސް ކުރަން ލާޒިމު ވާނެ ކަމެއް !

  4. އަލްޖިބްރާ

    ކަލޭމެންގެ މަސައްކަތަކީ އެހެންމީހުންގެ ބޮލުގައި ދޮގު ބަދުނާމް އެޅުވުން ! އެހެން ކަމެއް ކުރަން އެގޭ ބައެއްނޫން !

    2
    12
    • Anonymous

      ޖައްބާރު ސަރުކާރު އަޑީގަ އޮވެގެން ކުރުވިކަމެއް،