ފުވައްމުލައް ސީޓީގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު "ޓައިގާ ޝާކް" ޕޮއިންޓަށް ޑައިވިންގ އަށް ފޭބި މުހައްމަދު ސައީދު (ސައިޓޭ) މަސް ހިފުމަށް ބޭނުންކުރި ކަމަށް ލަފާ ކުރެވޭ އާލާތެއް 59 މީޓަރު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކޯސްޓްގާޑް ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން އޭނާ މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ.

"ސްލޯޕެއްގޮތަށް އުފެދިފައިވާ މި ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭ". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ސައީދު ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު 3:36 ގައެވެ. ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯޓް ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި އަދިވެސް ދަނީ ކުރަމުންނެވެ.

އެގޮތުން، އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު، ކޯސްޓްގާޑް ހާބަރ ޕެޓްރޯލް އުޅަނދުން ކަނޑުގެ ސަރަހައްދު ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައެވެ.

އަދި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުހާ

    ތަޖުރިބާ ކާރު ސައީދު ތިދިޔައީ ޑައިވިން އަކައް ނޫނެއްނުން. މަސްމަރާކަންނުން ދިޔައީ..

    1
    7
  2. ޕޮގުބާ

    މެލޭސިޔާގެ ފުލައިޓްގެ ފިޔަގަނޑުރާއްޖެއިން ފެނުން ކަހަލަކަމެއް ތީ

  3. ޙަސީނާ

    މަސްހިފަމްބޭނުންކުރިއާލާތަކީ މަސްމަރާބަޑިއެއްތަ؟ ޜާއްޖޭގަ މިހާރު އާއްމު އެއްޗެއް ވީމަ އަހާލެވުނީ. ޔާﷲ އެއަޅާ ސަލާމަތް ކުރައްވާ ފާނދޭވެ. އާމީން