ކުރިޔަށް މިއޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދިން ގޮތުގައި ވައިގަދަވެ، ގުގުރުމާާއެކު ބޯކޮށްވާރޭވެހި ކަނޑުތައް ގަދަވާނެތީ ކަނޑުތަދުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މެޓުން މައުލޫމާތު ދިން ގޮތުގައި ކުރިޔަށް މިއޮތް ދެދުވަހު ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް 7 މޭލާއި 15 މޭލަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދު ވައިގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން މައުލޫމާތު ދެއެވެ.

ކުރިޔަށް މިއޮތް ދެދުވަހު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެގެން ދާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އިން މައުލޫމާތު ދެއްވައެވެ.

ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ވަގުތުތަކު ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ

މިހާރު ކުރަމުންމިދާ ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދައިގެ އަސަރުވެސް ކުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ލަަފާކުރައްވައެވެ. މެޓުން މައުލޫމާތު ދިންގޮތުގައި ވިއްސާރައިގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވުމާއެކު އެކަމަށް ހާއްސަ ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާޢްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ތަފާތު އެކި ހާދިސާތަށް ހިނގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަދު ހެނދުނު ދިހަ މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ލ.އަތޮޅު ފަޅުރަށެއް ކައިރިއަށް ބަންޑުން ޖަހާލައިފައިވެެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު