މި އަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދުން ފެށިގެން ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރު އޯލެވެލް އިމްތިހާނުގައި 5939 ދަރިވަރުން ބައިވެރިވެ އެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާންގައި ރާއްޖޭގެ 239 ސެންޓަރަކުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވެ އެވެ.

ސަރުކާރުން އަލަށް އަމަލުކުރަން ފެށި ސިޔާސަތެއްގެ ތެރެއިން 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ޗުއްޓީއަށް ދާނީ މިއަހަރުގެ ޖޫން މަހު އެވެ.