އީރާގްގެ ކޯރަކަށް ވެއްޓުނު އަންހެން ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފަސް ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ބަޣުދާދުގެ ހުޅަނގު އުތުރުގައި އޮންނަ ފަލޫޖާ ސިޓީގައި އޮންނަ ޔޫފްރޭޓްސް ކޯރު ކައިރީގައި ހޯމަ ދުވަހު އެ ކުދިން އުޅުނީ ކުޅޭށެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ތިރިއަށް ގޮސް އެނބުރި އައިސްފައެއް ނުވެއެވެ.

އެހެންކަމުން އެ ކުއްޖާ ކޯރުގެ ތެރެއަށް ގެނބުނީ ކަަމަށް އެ މީހުން ނިންމީއެވެ. އަދި އޭނާ ސަލާމަތް ކުރަން އެކުގައި ކުޅެން ތިބި ފަސް ކުއްޖަކު އެ ކޯރަށް ފުންމާލިއެވެ.

"އަންހެން ކުއްޖާ ގެނބެމުން ދިޔައީ، ބައެއް ކުދިން އޭނާ ސަލާމަތް ކުރުމުގެ މަސައްކަތުގައި ކޯރަށް ފުންމާލި،" އަލްސުމާރިއާ ޓީވީން ސެކިއުރިޓީ ސޯސްއަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އެ ހާދިސާގައި އެންމެންވެސް ވަނީ މަރުވެފައެވެ.

މަރުވި މީހުންގެ ތެރޭގައި އެއްބަނޑު އެއްބަފާ ތިން މީހުންވެސް ހިމެނެއެވެ. އެ މީހުންގެ ހަށިގަނޑުތައް ފަހުން ވަނީ ހޯދިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުދިންގެ ތެރޭގައި ހިމެނޭ އެންމެ ދޮށީ ކުއްޖާގެ އުމުރަކީ 14 އަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަޤްދާދީ

    ވަގުތު ކުދިންނަށް ދުނިޔޭގެ ޤައުމުތަކުގައި ހިނގާ ގިނަކަންތައް ހާދަ ނޭނގެޔޭދޯ... އިޓަލީ..ކުވޭތު..ހޮލެންޑުގައި ކަމެއް ނުހިނގަނީތަ..24 ގަޑީރު ތެރޭ ދިނިޔޭގައި ހާދަ މަދު ކަމެކޭ ދޯ މި ހިނގަނީ..ހެެހެހެހެ...

    5
    1