ޓީޗަރުންގެ މުސާރައަށް ގެނައި ބޮޑު ބަދަލާއެކު ޕޮލިޓެކްނިކް، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުކުރަން ސަރުކާރުން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ސްކޫލުތަކުގެ ޓީޗަރުންގެ ބޮޑުކުރި މުސާރައިގެ އޮނިގަނޑު އިއުލާންކުރީ މިދިޔަ އާދިއްތަ ދުވަހuއެވެ.

ނަމަވެސް އެ ބަދަލާއެކު ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެކްޗަރާއިންނާއި ގުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ބޮޑުނުކުރުމުން ފާޑުކިޔުންތައް އޮތީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ފާޑުކިޔުންތައް ބޮޑުވުމުން ގުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމިކަން ރޭ ވަނީ ހާމަކޮށްފައެވެ.

ހަމަ އެހެންމެ ސަރުކާރުގެ ޔުނިވާސިޓީތަކާއި ޕޮލިޓެކްނިކްގެ ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުކުރަން ނިންމަފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ "ވަގުތަށް" ކަށަވަރުކޮށް ދެއްވައިފައެވެ.

އަމީރު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު އިއުލާންކުރުމުގެ ކުރިން ވެސް ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަން މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިހާރު ޑިގްރީ ފެންވަރުގެ ލެކްޗަރާއަކަށް ލިބެނީ 13،000 ރުފިޔާގެ މުސާރަ އެކެވެ. އަދި މާސްޓާސް ޑިގްރީ ފެންވަރުގެ ލެކްޗަރާއަކަށް ލިބެނީ 18،000 ރުފިޔާއަށް ވުރެ ދަށް މުސާރައެއް ލިބެއެވެ.

ނަމަވެސް ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ޑިޕްލޮމާ ފެންވަރުގެ އެންމެ ދަށް ރޭންކް (ރޭންކް އެކެއް)ގެ ޓީޗަރަކަަށް ވެސް 13،266 ރުފިޔާގެ މުސާރައެއް ލިބެއެވެ.

އިތުރު ރޭންކްތަކުގެ ޓީޗަރުންގެ މުސާރައަށް އައި ބަދަލު

  • ރޭންކް ދޭއް: 19،467ރ (ކުރިން ލިބެނީ 13.008ރ)
  • ރޭންކް ތިނެއް: 20،895ރ. (ކުރިން ލިބެނީ 15،135ރ.)

އޭގެ އިތުރުން ޓީޗަރުންގެ ރޭންކްގެ ތެރެއަށް ހަތަރެއް އަދި ފަހެއް ވެސް އިތުރުކޮށް އެ ރޭންކްތަކަށް ވެސް ވަރަށް ބޮޑު މުސާރައެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ރޭންކް ހަތަރެއްގެ ޓީޗަރުންނަށް 23،277ރ.ގެ މުސާރައެއް ހަމަޖެއްސި އިރު ރޭންކް ފަހެއްގެ ޓީޗަރުންގެ މުސާރައިގެ ގޮތުގައި ހަމަޖެއްސީ 25،958ރ.އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ألحمد لله

  2. Anonymous

    "މިހާރު ޑިގްރީ ފެންވަރުގެ ލެކްޗަރާއަކަށް ލިބެނީ 13،000" މިއީ ޔުނިވަރސިޓީ ގެ މުސާރަ.
    ޕޮލިޓެކްނިކްގައި ޑިގްރީ އޮންނަ ލެކްޗަރާރ އެއްގެ މިހާތަނަށް މުސާރަ އަކީ -/8835

  3. ސިޢްތި ފުޅު

    ތިއީ ވަކި ބަޔަކަށް ކެޑި ހެދުމެއް. ދެން ތިކަމަކުން ސަލާމަތެއް ނުވާނެ. ޖެހޭނީ އެންމެނަށް ބޮޑުކުރަން. މަނިކުފާނުއެވެ. ތިކަން ތިމަގުން ދާނަމަ ހިޔާ ގެ ކުލިވެސް /5600 އަށް ކުޑަ ކުރަން ޖެހޭނެ އެވެ.

    16
    • Anonymous

      ހަމައެކަނި ހިޔާގެ ކުލި ކުޑަކުރަންވީއެއް ނޫނެވެ. ޖުމުލަ ދައްކަންޖެހޭ ވަރުވެސް ކުޑަކުރަންޖެހެއެވެ. ހިޔާ ފުލެޓެއް ހަދަން ޚަރަދުވީ ހަލައްކައެއްހައި ރުފިޔާއެވެ. އަގުގެ ގޮތުގައި އެއް މިލިޔަނަށްވުރެ އިތުރަށް ދައްކާކަށެއް ނުޖެހޭނެއެވެ. މިކަން ރައްޔިތުންނަށް އެނގެން އެބަޖެހެއެވެ.

      2
      1
  4. ޙަދިސައިބު

    ސިވިލް ސަރވިސްގެ އެހެނިހެން މުވައްޒަފުން ކޮބައިތޯ

    18
    2
    • އެހެން މުވައްޒަފު

      އެމީހުން ސޮއި ކޮއްލާފަ ކޮފީގައި ތިބެނީ!

      2
      2
    • މަރީނާ

      ސިވިލް ސަރވިސް މުވައްޒަފުންނަށް އެންމެ ފަހުން މުސާރަ ބޮޑު ކުރި އިރު އެމްއެންޔޫ މުވައްޒަފުންނަށް ބޮޑެއް ނުކުރޭ. އެޑްމިންއަށް ދޭ ސަޕޯޓް އެލަވަންސް ވެސް ނުދޭ.

      1
      1
  5. Anonymous

    މަވޯޓާ މޑޕ އައް ހަރާމް

    15
    • ށަވިޔަނި

      އޮފީސްމުވައްޒަފުން ކުރަނީ މަސައްކަތް ނޫންބާ؟

      13
  6. ޙހހހ

    ކޮބާތޯ ނާސަރީ ކުލާސްތަކަށް ކިޔަވަދިދޭ ޓީޗަރުން. ޢެމީހުންނަށް ކީވެތޯ ނުވަނީ

  7. ޢަލީ

    ނިކމެތި އިދާރީ މުވައްޒަފުންނަށް އެއްމެ 7000ރ ކޮބައިތޯ އިންސާފު ކޮބައިތޯ ލަދު. އުފާވެރި ދިރިއުޅުމެއް އުޅެން ޖެހެނީ ހަމައެކަނި ޓީޗަރުންގެ ޢާއިލާތޯ؟

    3
    2
  8. ރަނާ

    ޔުނިވަރސިޓީތައް ހިމެނޭހެން ތަޢލީމީ ދާއިރާގެ އެޑްމިން މުވައްޒަފުންވެސް 2023 ގަ ވޯޓްލާނެ،

  9. Anonymous

    ލެކްޗަރާއިން ނަކީ ގައެމުގެ އެއް ތަންބު މި މިމީހުން ނަށް ބޮޑު މަސާރަ ހައްގު