ސްޓެލްކޯގެ ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މާފުކުރެވޭނެ ވަކި އުސޫލެއް އެކުލަވާލަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ, ރޭ ސަންގު ޓީވީން ގެނެސްދިން ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ, ބައެއް ފަހަރު ކަންކަން ހުންނަ ގޮތުން ކަރަންޓު ބިލުގެ ޖޫރިމަނާތައް ބިލަށްވުރެ ވެސް މާ މައްޗަށް އަރައިގެންދާތަން ފެންނަމުންދާ ކަމަށެވެ. އެހެންވެ އެކަން އާންމު ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެގެންދާ ކަމަށެވެ.

އެގޮތުން ބިލު ދައްކަން ޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތް ކަމެއް ދިމާވެގެން ނުވަތަ އޭނައަށް ނޭނގޭ ކަމެއް ދިމާވެގެން ބިލުގެ ޖޫރިމަނާ އެރުން ފަދަ ކަންކަން ދިމާވާ ކަމަށާއި ނަމަވެސް އެފަދަ ހާލަތްތަކުގައި ޖޫރިމަނާ މާފުކުރެވޭނެ އުސޫލެއް މިހާތަނަށް ހެދިފައެއް ނުވާ ކަމަށެވެ.

"މިސާލަކަށް މީހަކު ގެއެއްގެ ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އެތައް މަހެއްގެ ބިލު ނުދައްކާ އޮންނަ ކަމެއް އެޕާޓްމަންޓްގެ ވެރިފަރާތަކަށް ނޭނގޭނެ. އެކަމަކު ކުއްޔަށް ހުންނަ ފަރާތުން ހަތަރު މަސް ވަރަކަށް ކުލި ނުދައްކާ ހުރެފަ ކުއްލިއަކަށް ނުކުމެގެންދާއިރު އަދި ގޭގެ ވެރިފަރާތަށް ނޭނގި ޖޫރިމަނާ ވަމުން ގޮސް ހުރޭ' ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ކަންކަމަށް ރިއާޔަތްކޮށް ޖުރިމަނާ މާފުކުރުމުގެ އުސޫލުތައް ހަދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކުންފުނި ބަގުރޫޓު ކޮށްލާފަވެސް އިބޫ އަށް ވޯޓް ލިބޭނެ ރޭވުމެއް ރާވަނީ 2023އަށް ޖަހާ މަޅިތަކެއްތީ ، މިހާރުވެސް ޕާޓީ ގެ އެކުޓިވިސްޓުންނަން ވަޒީފާދީފަ އެއްވެސް ކަމެޢްނުކުރުވާ 18000 ރުފިޔާ މަހަކުދޭ

  2. އައްޑޫ ލެއި

    ފެންބިލުގެ ޖޫރީމައިނާ ވެސް މާފު ކޮށްބަލަ. ޕްލީޒް

  3. ކޮވެލި

    ހުޅުމާލޭގަ މިހާރު ހަދަމުދާތަނުގެ ފިނިސިން ދެނީތޯ ސުޓެލްކޯއަށް ލާރިގަޑެ