އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއީދު ކުރައްވާކަން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ހާމަ ކޮށްފިއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި އިންތިހާބުގައި ފައްޔާޒްއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ (އިންތި)އެވެ.

 

ފައްޔާޒަށް ތާއިދު ކުރައްވާކަން މިނިސްޓަރު އައިޝަތު އަލީ ހާމަކޮށްފައިވަނީ ޓުވިޓާގައި ފައްޔާޒްއާއި އެކީ ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވައެވެ. އަދި މި ފޮޓޯގައި އަތުގެ އިޝާރާތުން ފައްޔާޒް އާއި އައިޝަތު އަލީ ވެސް ފައްޔާޒުގެ ކެނޑިޑޭޓް ނަންބަރު ދޭއް ދައްކާލައެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިފަހަރުގެ އިންތިހާބަކީ ހަގީގަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ކުރިމަތިލުމެކެވެ". އެއީ މި އިންތިހާބަށް އެ ދެ ބޭފުޅުން ވެސް ކެންޑިޑޭޓުން ނެރުއްވާފައިވާތީއެވެ.

އެމްޑީޕީގެ މެމްބަރުން ވިދާޅުވާ ގޮތުން ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ފައްޔާޒްއާއެކުގައެވެ. އަދި ހަމަ އެ މެމްބަރުން ވިދާޅުވާ ގޮތުގައި ނަޝީދު ހުންނެވީ އިންތިއާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަދިސައިބު

    މަގާމުން ވަކިކުރަން ތައްޔާރުވެފައި ވާތީ ދިފާއުކުރީ ލަލަ

  2. Anonymous

    މީ ކޮން ގޮލައެއް މިހާރު މާ ސިޔާސީ ވެގެން.

  3. ހާޖަރާ

    100 އަކުން ކިހާވަރެއް ދޭނެބާ ދެން އަނެއް ރައީސް؟

  4. ހައްޗޭ

    ހާދަހާ ފުރިހަމަ ކަންބަލެކޭ.