23:19

އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އިން ބުނާ ގޮތުގައި ކައްދޫ އެއާޕޯޓްގެ ރަންވޭ އިން މޯލްޑިވިއަންގެ ފްލައިޓެއް ކަހާލިއިރު އެސަރަހައްދަށް ދިޔައީ 60 މޭލު ބާރު މިނުގައި ވައި ޖެހެމުން. އޭރު އެސަރަހައްދަށް ވަރަށް ގަދައަށް ގުގުރަމުން ވެސް ދިޔަ.

23:19

ރައްޔިތުންނަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއާޕޯޓަށް ހައްލެއް ހޯދަން ޖެހޭ: ސިރާޖް

20:51

ރަންވޭ އިން ކަހާލި ފްލައިޓްގައި ގިނައިން ތިބީ ފަތުރުވެރިން. ކައްދޫ އެއާޕޯޓްގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފްލައިޓުން ދަތުރު ކުރި ފަތުރުވެރިން ވަރަށް ކަންބޮޑުވެ ހާސްވެގެން އުޅުނު އިރުވެސް އެމީހުންނަށް މައުލޫމާތެއް ދޭނެ މީހަކު ވެސް އެއާޕޯޓްގައި ނެތް ކަމަށް. "ވެގެން އުޅޭ ގޮތް ވެސް ފަަތުރުވެރިންނަށް ކިޔައެއް ނުދޭ. އެއިން މީހަކަށް ފެން ފުޅިއެއް ވެސް ދިއްކޮށްނުލާ މޯލްޑިވިއަން އިން." އެއާޕޯޓްގައި ހުރި މީހަކު ބުނި.

20:45

މޯލްޑިވިއަންގެ ފްލައިޓެއް ކައްދޫ އެއާޕޯޓަށް ޖެއްސި ވަގުތު ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މޯލްޑިވިއަން އިން ބުނެފި. މޯލްޑިވިއަން އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ 19:45 ކަންހާއިރު ކައްދުއަށް ޖެއްސި ފްލައިޓަލަށް "އިންސިޑެންޓެއް" ކުރިމަތިވި ކަމަށް. މިހާރު ހުރިހާ ފަސެންޖަރުން ފްލައިޓުން ބާލާފައިވާ ކަމަށާއި އެއްވެސް ފަސެންޖަރަކަށް އަދި ކްރޫއަކަށް ވެސް އަނިޔާއެއް ނުވާ ކަމަށް މޯލްޑިވިއަން އިން ބުނޭ.

20:37

މޯލްޑިވިއަންގެ ފްލައިޓަކަށް ނުރައްކާތެރި އެކްސިޑެންޓެއް ކުރިމަތިވިތާ ގަޑިއެއްހާއިރު ވީއިރުވެސް އެއެއާލައިނުން އަދި އެއްވެސް އެއްޗެއް ނުބުނޭ.

20:31

ކައްދޫ އެއާޕޯޓްގައި ނުރައްކާތެރި ހާދިސާއެއް ހިނގިއިރު އެއާޕޯޓްގެ ރަންވޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެ. ރަންވޭގެ ތާރުގަނޑު ހަލާކުވެ ހިލަތައް މައްޗަށް އަރާފައި ހުންނަ ކަމަށް އެއާޕޯޓްގައި މަސައްކަތް ކުރާ މީހުން ބުނޭ. އެއަތޮޅުގެ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ކައްްދޫ އެއާޕޯޓް ރަންވޭގެ ހާލަތު ދަށްވެގެން އެކަމުގެ ޝަކުވާ އެކި ޕްލެޓްފޯމްތަކުގައި މީގެ ކުރިން ކޮށްފައި.



ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ލ.ކައްދޫ ޑޮމެސްޓިކް އެއާޕޯޓަށް ޖެއްސިތަނާ ރަންވޭ މަތިން ކަހާލައިފިއެވެ.

މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާއާއި ގުޅިގެން ފްލައިޓުގައި ތިބި ޕަސެންޖަރުން މިވަގުތު ވަނީ އެ ފްލައިޓުން ބާލާފައެވެ.

ރަންވޭ މަތިން ކަހާލައިގެން ވިނަގަނޑަށް އަރާފައިވާ މޯލްޑިވިއަންގެ ފްލައިޓް-- ވަގުތު އިމޭޖެސް

އެނގިފައިވާ ގޮތުގައި ފްލައިޓް ރަންވޭ މަތިން ކަހަލާފައިވަނީ ފުރަތަމަ އެއާޕޯޓަށް ޖައްސަން މަސައްކަތްކޮށް ނުޖެއްސިގެން އަނބުރާލާފައި ދެވަނަ ފަހަރަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

އެކްސިޑެންޓް ހިނގުމުން ފްލައިޓް ކައިރިއަށް ފަޔާ ލޮރީ ގޮސްފައިވަނީ ވެސް އެކްސިޑެންޓް ހިނގިތާ ހައެއްކަ މިނެޓް ފަހުން ކަމަށް އެވަގުތު އެއާޕޯޓްގައި ތިބި މީހުން ބުނެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން މޯލްޑިވިއަންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސިޔާސީ

    ތިވެސް އުތުރުގެ ރަށަކަށް ޖެއްސިއިރު ވީކަމެއް ނަމަ ނިކަން ފޯރި ހުރީސް ސިޔާސީކޮށްލައިގެން

  2. ރުއް

    ރަނގަޅު އެއްގޮތް ވެސް ނޯވޭދޯ އަބަދު ޝަކުވާ🤦🏼

    4
    4
  3. ކޮރަލް

    މޯލްޑިވިއަން ގެ ބޯޑުން ބަލަނީ މުސާރަ ބޮޑު ކުރެވޭތޯ އެވެ. ދެން

    6
    2
  4. މުހައްމަދު

    ތިވެސް އާ ޚިދުމަތެއް މޯލްޑިވިއަންއިން ފެށި. އަނެއްކާ ތި ޚިދުމަތަށް ފައިސާ ނުނަގާތަ

    7
    1
  5. މުހަންމަދު

    ޖެނިފާ،މޫސާ ވަސީމުމެން ކަހަލަ ކަޗޯރުން ލައިގެން އަދިވެސް ތިތަން ހިންގާ.....

    • ޙަހަ

      ޢާން. ޜޮނދާލިފަތި ތައް

  6. އަބުދުﷲ

    ވަގުތު އުޅެނީ އެމެރިކާ ހެދިގެން ނުބެހޭ އަދާވާތްތެރި ނުވާ މީހަކުނެތް . ވަރައް ތަކައްބުރު !!!!!!!!

    2
    8
  7. ފެކްޝަން ފައްޔާޒު

    25 މޭލު 30 މޭލު ބާރު މިނުގައި ވައިޖެހޭއިރު ކުރޮސް ވިންޑްގައި 1200 މީޓަރުގެ ރަންވޭއަކަށް ފުލައިޓު ޖެއްސުމަކީ ނުރައްކާތެރިކަމެއް. ގދ.ކާޑެއްދޫ ރަންވޭ އަކީ ވެސް 1200 މީޓަރު ރަންވޭއެއް ރަންވޭގެ ހާލަތުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ ފުލައިޓް ހާދިސާތަށް މަދީ ޕައިލެޓުންގެ ކުޅަދާނަކަމުންނޭ ބުނެވޭނީ. ކޮބާހޭ ހުވަދޫގަ އަޅަން ބުނި އިންޓަނޭޝަނަލް އެއާޕޯޓު ކޮބާހޭ ތިނަދޫގަ އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލާއި އިންޓަޏެޝަނަލް ސީޕޯޓު. ޔާމިނު ސަރުކާރުގަ ތިނަދޫގަ ހިއްކާފަ އެއޮތް މާސިންގާ ބިމުން ތިނަދޫ ރައްޔިތުންނަށް ގޯތިދޫކުދަނީ ކޮންއިރަކުންހޭ

  8. ޙ

    އޭވިއޭޓާސް މޯލްޑިވްސް ތިޔަ ވިދާޅުވީ ކަނޑައެޅިގެން ދޮގު ފުޅެއް. ތޮޔަވަރުގެ ބޮޑެތި ދޮގު އަމިއްލަ ދިފާއުގަ ހަދަން ހެޔޮނުވާނެ. ނޫސްވެރިންނާއި ފޮޓޮގްރާފަރުން ނައް އާދޭސް ކޮއްފަ ބުނަން، ކައްދޫ އެއަރޕޯޓައް ދުރުވެ ރަނގަޅު ހައެއްކަ ގަނޑު ފޮޓޯ ނަންގަވާފަ ދިވެހި ބަހުންނާއި އިނގެރޭސި ބަހުންނާއި އަދި ހިނދީ ބަހުންވެސް ނޫސްތަކުގަ ސާއިރުކޮއްދިނުމައް އެދި އާދޭސް ކުރަން:(

  9. ޙހސ

    ތި ހާދިސާ ހިނގިިއިރު އެއާޕޯޓްގައި ހުރިން. ފުރަން ދިޔައީ 6 ޖެހިއިރު. އާދެވުނީ 11 ޖެހިއިރު. ތިބުނާހާ ވައިގަދައެއްވެސް ނޫން އެގަޑީގަ. މަތި އޮމާން ކުރިއަސް ފުކެއް ބޮޑުވަރު.