ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއާޕޯޓަށް ހައްލެއް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ސިރާޖް އެހެން ވިދާޅުވީ، މިރޭ ކައްދޫއަށް ޖެއްސި މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައިގެން ވިނަގަނޑަށް އެރި ހާދިސާއާއި ގުޅިގެނެވެ.

ފްލައިޓް ވިނަގަނޑު މައްޗަށް އަރާފައިވާ ފޮޓޯއެއް ފޭސްބުކުގައި ހިއްސާ ކުރައްވަމުން ސިރާޖު ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއާޕޯޓަށް ހައްލެއް ހޯދަންޖެހޭ ކަމަށާއި މުޅި ލ. އަތޮޅުގެ ތަރައްގީއާއި ގުޅިފައިވާ މުހިންމު ބޮޑެތި ކަންކަމަކީ ވަކި މީހަކު އެމީހާ ކުރާނެހާ ކަމެއްކޮށް ވަގުތެއް ވެއްޖެނަމަ ކުރަންހުރި ކަންކަން ގޮތުގައި ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސިރާޖު ފޭސްބުކުގައި ކުރެއްވި ޕޯސްޓް

މޯލްޑިވިއަންގެ ފްލައިޓް ކައްދޫ އެއާޕޯޓްގެ ރަންވޭ މަތިން ކަހާލި ހާދިސާ އާއި ގުޅިގެން އެ އެއާލައިނުން ބުނީ މިރޭ 19:45 ކަންހާއިރު ކައްދުއަށް ޖެއްސި ފްލައިޓަލަށް "އިންސިޑެންޓެއް" ކުރިމަތިވި ކަމަށެވެ. އަދި މިހާރު ހުރިހާ ފަސެންޖަރުން ފްލައިޓުން ބާލާފައިވާ ކަމަށާއި އެއްވެސް ފަސެންޖަރަކަށް އަދި ކްރޫއަކަށް ވެސް އަނިޔާއެއް ނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފްލައިޓް ރަންވޭ މަތިން ކަހަލާފައިވަނީ ފުރަތަމަ އެއާޕޯޓަށް ޖައްސަން މަސައްކަތްކޮށް ނުޖެއްސިގެން އަނބުރާލާފައި ދެވަނަ ފަހަރަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

ކައްދޫ އެއާޕޯޓްގައި ނުރައްކާތެރި ހާދިސާއެއް ހިނގިއިރު އެއާޕޯޓްގެ ރަންވޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެ އެވެ. ރަންވޭގެ ތާރުގަނޑު ހަލާކުވެ ހިލަތައް މައްޗަށް އަރާފައި ހުންނަ ކަމަށް އެއާޕޯޓްގައި މަސައްކަތް ކުރާ މީހުން ބުނެ އެވެ.

އެ އަތޮޅުގެ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ކައްްދޫ އެއާޕޯޓް ރަންވޭގެ ހާލަތު ދަށްވެގެން އެކަމުގެ ޝަކުވާ އެކި ޕްލެޓްފޯމްތަކުގައި މީގެ ކުރިން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމީ

    އާބާތުރަ ފިލުވާ އިންޑިއާ އައް ދިނުން ރަނގަޅުވާނެ

    2
    1
  2. އިބްރާހިމް

    ބުނަންނުކެރިގެންތޯ ތިޔައުޅުއްވަނީ ސަރުކާރު ފޭލިވެއްޖެ ވާހަކަ؟

  3. ކިނބޫ

    ހައްލަކީ މަނިކުފާނު އިސްތިއުފާ ދެއްވާފަ ބައި އިލެކްޝަން އަކަށް ދިއުން.

    4
    1
  4. ގެރި ކުޑޭ

    އިންޑިޔާއަށް ވިއްކާލާ އަވަހަށް!

  5. ރެނދަން

    ސިފައިންގެ ދަށުގަ ތިތަން ބާއްވައިގެން ތަރައްގީކުރަންބޭނުންނުވާނެ އެއްވެސް ބަޔަކު

    10
  6. ކުސްކުސް

    ބޯޓުކަހާލީ ރަންވޭގެ މައްސަލައަކުން ނޫން ބޯޓުކަހާލީ އެގަޑީގަ މޫސުން ވަރަށް ގޯސްވެ ވައިގަދަކަމުން، ނޫހުން ހަބަރު ގެނެސްދޭއިރު ހަގީގަތް ހާމަނުކޮށް ހަބަރުލިޔަނީ ވަކި މަގްސަދެއް ހާސިލްކުރުމުގެ ބޭނުމުގައިހެން ހީވަނީ

  7. Anonymous

    މިސޮރު އަދީބު ދިން ފައިސާ ހަރަދުކޮށްގެން ވޯޓް ހޯދައިގެން ރައްޔިތުންނަށް ކޮންކަމެއްތޯ ކޮށްދެނީ !

    2
    1
  8. ޢަލީ

    ބަލަ ވައިގަދަވެ ވިއްސާރަވީމަ އެފަދަ ހާދިސާތައް ދިމާވާނެ، އެއީ މީހަކު ގަސްދުގަ ކުރިކަމެކޭ ނުބުނެވޭނެ، ﷲ މޮޅަން ދެނެވޮޑިގެންވޭ، އޭގަ ތިބި ބަޔަކަށް ފިލާވަޅެއް ދެއްވީކަމަށްވުންވެސް އެކަށީގެންވޭ، އަދި އެދަތުރުގެ ބައިވެރިންގެ ތެރޭގައި ހުރި ކޮންމެވެސް މީހަކު ކޮންމެވެސް ނުބައިކަމަކުން ސަލާމަތް ކުރެއްވީކަމަށްވެސް ވެދާނެ، ކުރަންޏާ ކުރަންވީ އަސްލަންޓޭ ބުނާހެން އެއަރޕޯޓް ތަޅާ ނަގަންވީ ދެން ދަނޑު ހައްދާނީ އެތަނުގަ. މީހުންގެ ސަޕޯޓް ހޯދަން މާމޮޅު ވާހަކަނުދައްކާ ބޯޓާ މީހުން ސަލާމަތް ކުރެއްވީތީ ﷲ އަށް ޝުކުރުކޮށް ޙަމްދުކޮށްބަލަ.

  9. ލ. މީހާ

    ބޯޓް ވިނަގަނޑު މައްޗަށް ދިޔައީ ކަހާލައިގެނެއްނޫން، ދެވަނަފަހަރު ޖައްސަން ތިރިކޮށްގެން ޖެއްސުނީ، ބޯޓް ރަންވޭގައި ޖެއްސުނުއިރު ރަންވޭގެ ތިންބައިކޮށު ދެބައި ފަހަނައަޅައި ގޮސްފި، ވިނަގަނޑުމައްޗަށް ދިޔައީ ރަންވޭގެ ތިންބަޔަށްވުރެ އެއްބައަށްވެފައިވަނިކޮސް ބޯޓްޖެއްސުމުން މަޑުކުރާނެ ޖާގަ ރަންވޭގައި ނެތިގެން. އެވަގުތަކީ ވައިގަދަ ވަގުތެއްނޫން އަދި ވާރޭ ވެހުނު ވަގުތެއްވެސް ނޫން، ބޮޑަށް ބެލެވެނީ ޕައިލެޓަށް ބޯޓް ކޮންޓަރޯލްކޮށް ނުޖެއްސުނުކަމަށް، ކަހާލީއޭ އޭއްޗެކޭ މީއްޗެކޭ މޯލްޑިވިއަން ކިޔައިގެން ބުހުތާ ދޮގު ހަބަރު ތިޔަފަތުރަނީ. ތިޔަބޯޓް ތަކުން ދަތުރުކުރާ މީހުންގެ ފުރާނަ ނަގާނުލާ ބޯޓްތަކުގެ އެސެސްމަންޓްތަކާއި ޕައިލެޓުންގެ އެސެސްމަންޓްތައް ހަދަންއުޅޭ،، ނޫނީ އަހަރެމެން ތިޔަބޯޓްތައް ދުއްވަން އަރަންޖެހިދާނެ!