ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށްބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

ސާބިތު ދަރަންޏެއްގެ މައްސަލައެއްގައި އުމަރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށްބުނެ ސޯޝަލް މީޑިޔާގައި އަޑު ފެތުރެމުންދާއިރު އުމަރު ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާގެ ކުންފުންޏެއް މިހާރު ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ޝެއާހޯލްޑް ކުރާ އެއްވެސް ކުންފުންޏެއް މިހާރު ނޯންނާނެ. އަދި އަޅުގަނޑުގެ ސާބިތު ދަރަންޏެއް ވެސް ނޯންނާނެ. އެފަދަ ކަމެއްގައި އަޅުގަނޑު ދުވަހަކު ކޯޓަކަށް ވެސް ނުގެންދޭ" އުމަރު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އުމަރު ވަނީ ނިންމަވާފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ވެސް ފަށްޓަވާފައިވާއިރު އުމަރު އަންނަނީ އޭނާގެ ސަރުކާރެއްގެ ސިޔާސަތުތައް ވެސް ހާމަކުރައްވަމުންނެވެ.

މީގެކުރިން ޑީއާރްޕީ އަދި ޕީޕީއެމްގައި މަސައްކަތްކުރި އުމަރު، މިދިޔަ އަހަރު ފަހުކޮޅު ޖުމްހޫރީ ޕާޓީއާ ވެސް ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެޕާޓީން އުމަރު ވަނީ ފަހުން ވަކިވެފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލާފައެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް އޮންނާނެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަފީސް

    ތިޔައީ ދޮގުވެރި ކާލިގަނޑުޓީވީން ފެތުރި ދޮގެއް!

  2. ރޮކް

    ލިމިޓެޑް ލައިބިލިޓީ ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ ޝެއަރހޯލްޑަރެއް ކުންފުނީގެ ދަރަނި އޮވެގެން ޒިންމާވާންޖެހޭކަމެއް މަށެއް ނުދަންނަން.

  3. ޓިނު

    މިއީ ތެދު ޚަބަރު ގެނެސްދޭ ނޫހުން ގެނެސްދިން ތެދެއް

  4. ފޭކު

    އަދި އުމަރުގެ އަންހެނުން ހިފަހައްޓާނެ

  5. އަލްޖިބްރާ

    ތިޔައީ އުމަރަށް ބިރުދެއްކުމުގެ ކޮޅުމަތިން އައިކަމެއް ! އަދި ތިގޮތަކަށް އުމަރު ސަލާމަތް ވިޔަކަ ނުދޭނެ ! ވެރިކަމަށް ކުރިމަތިލިއަސް ހަރުގަޑުގެ މައްސަލައިގެ ދައުވާ އަދި އެބައޮތް ! އެއީ ގައިމު ދޮގެކޭ އުމަރަކަށްވެސް ނުބުނެވޭނެ ! އަދި ދުވަސް ކައިރިކޮށްލާފާ އެމައްސަލަ މިސަރުކާރުން ހިލުވާލާނެ !

  6. ފިރުޓޭ

    ވެރިކަމަށް މުޑިނަގާ މީހަކު ތެދެއް ބުނާނެތަ؟

  7. ވެލާބޯ

    ރާކަނިމަސް ކެވިއްޖެތާ ގުޅިފަވާ ޕާޓީތަކުން އެއްވެސް ފަރާތަކުން ތިބޯގަޅި ސަލާމަތްކުރަން އަޑުއުފުލާނެ ކަމެއްނެތް! ތީ ހަރުގަނޑުގެ މައްސަލަ އުފުލަން! ހެހެހޭ

  8. އަންނި

    ގޯނިބެ ކުޑަޢަލީ، ދޮންޓުއްޓު، ރުމާޖެހި، ދޮންޖޭމް އުމަރު، މެންފަދަ މިމީސް މީހުންގެ ޕާސްޕޯޓް ހިފަހައްޓަނީ ކީއްކުރަން؟؟؟؟؟؟