އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ރަނިންގް މޭޓަކު ހޮވުމަށް ބޭއްވި ކައުންސިލު ވޯޓުގައި އެއް ވޯޓެއްގައި މައްސަލަ އުޅޭ ކަމަށް އެ ޕާޓީގެ ކުރީގެ މެމްބަރު މޫސާ އަންވަރު ޖުމްހޫރީ ޕާޓީއާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ސިވިލް ކޯޓަށް މޫސާ އަންވަރު ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ބާތިލު ވޯޓެއް ކަމަށް ޖޭޕީން ކަނޑައެޅި ވޯޓަކީ ސުވާލު އުފެދޭ ވޯޓެއް ކަމަށެވެ.

ބާތިލު ވޯޓުގައި ދެން ވާދަ ކުރި ތިން ކެންޑިޑޭޓުންގެ ގޮޅީގައި ރަސްގެ ޖެހުމަށް ފަހު އަލީ ހުސައިންގެ ނަމާ ދިމާލުގައި ފާހަގަ ނުޖަހާ އޮތުމަކީ އަލީ ހުސައިންއަށް އެ ވޯޓު ލިބުނުކަމަށް ދޭހަވާނެ ކަމެއް ކަމަށް ބުނެ މޫސާ އަންވަރު ވަނީ ރަންނިންގް މޭޓް ހޮވަން އިންތިހާބުގެ ދެވަނަ ބުރެއް ބާއްވައި ދިނުމަށް ޖޭޕީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންގް މޭޓަކަށް އެ ޕާޓީގެ ކައުންސިލުން އިންތިހާބު ކޮށްފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު އެވެ .ފައިސަލް ހޮވިފައިވަނީ ކައުންސިލް 15 މެމްބަރުންގެ ވޯޓާ އެކީގައެވެ.

ފައިސަލް ނަސީމް ރަނިންމޭޓަކަށް ހޮވިވަޑައިގެންފައިވަނީ އަލީ ހުސެއިން އަށް ވުރެ އެންމެ ވޯޓެއް އިތުރަށް ލިބިވަޑައިގެންނެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް އިން ނެގި ސިއްރު ވޯޓުގައި އެ ޕާޓީގެ 41 ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ޕާޓީގެ ފަރާތުން ރަނިންމޭޓު ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ކުރިމަތިލައްވާފައެވެ.

ޑރ. ހުސެއިން އަށް 2 ވޯޓު ލިބިވަޑައިގެންފައިވާއިރު އަމީނަށް ލިބިވަޑަިގެންފައިވަނީ 9 ވޯޓެވެ. އަދި އަލީ ހުސެއިންނަށް ލިބިވަޑައިގެންފައިވަނީ 14 ވޯޓެވެ.

އަދި ފައިސަލް އިދިކޮޅު ރަނިންގް މޭޓަކަށް އިންތިހާބުވެފައި މިވަނީ ޖުމުހުރީ ޕާޓީގެ ކައުންސިލް މެންބަރުންނަށް ވެދުންކޮށް ގާސިމް ކުރެއްވި ޓުވީޓްގައި ފައިސަލް ނަސީމް އެމަނިކުފާނު ކުރެއްވި ތާއީދު އަބުރާ ގެންގޮސްފިކަން އިއުލާން ކޮށްފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ށނދބބ

    ޙެހެހެހހެހހެހެހހެހެހހެހހެބެހހެހެހެބހެހހެހެބބެބެބެބބެބބެބހެހެހެހެހހެހ

  2. ޞަލޭ

    ތާއީދުކޮއްފަ އަނބުރާ ގެންދިޔައިމަ އެވީ ކޯޗަކަށް ގާސިމް ސަޕޯޓްކުރާ މީހާ އެނގުނީނު ދެން ފެންނަމީހަކާ ދިމާލުގަ ހަމައެކަނި ރަނގަޅު ފާހަގައެއް ޖަހަންބުނި ނަމަދޯ އެހެން ގޮޅިތަކުގަ ފާހަގަ ނުޖަހާ

  3. Anonymous

    ތާއީދުކޮއްފަ އަނބުރާ ގެންދިޔައިމަ އެވީ ކޯޗަކަށް ގާސިމް ސަޕޯޓްކުރާ މީހާ އެނގުނީނު ދެން ފެންނަމީހަކާ ދިމާލުގަ ހަމައެކަނި ރަނގަޅު ފާހަގައެއް ޖަހަންބުނި ނަމަދޯ އެހެން ގޮޅިތަކުގަ ފާހަގަ ނުޖަހާ

  4. ޙަސީނު

    މިހަސަން ރަޝީދު އަގަފުޅާ ކުރަނީ ޖޭޕީން ގަބޫލުވެސް ކުރާމީހެއްނޫންތީނައަކީ 2ވޯޓްގަނޑު ލިބުނީ އަމިއްލަ އަށްލީ ވޯޓާ އެކީ ޓީވީތަކައް އަރާ މަވަރެއްނެތިގެން