ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން ސައިކަލެއް ޖެހި ތިން މީހަކަށާއި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަގުތް" އަށް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިން ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 21:20 ގައި ކަމަށެވެ.

އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި ކަމަށާއި އޭގެ ތެރެއިން ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި އެ ފިިހެން މީހާގެ އިތުރުން ދެ މީހަކާއި ކުޑަ ކުއްޖަކަށް ވެސް ކުދި އަނިޔާ ލިބިފައިވާ ކަމަށެވެ.

ހުޅުމާލޭގައި މި ފަހަކަށް އައިސް ގިނަ އެކްސިޑެންޓުތަކެއް ދަނީ ހިނގަމުންނެވެ. އަދި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަލޯ

    ފޭސް 2ގެ އެތެރެ މަގުތަށް ހަދާ ނިންމާފަވަނީ ބޮޑު މަގަށް ނުކުންނަ ތާގަ ބްރޭކަރ ނުލާ... މީ ވ ނުރައްކާ ކަމެއް އެފަދަ ތަނެއްގަ... ގަސްތުގަ ކޮށްފައިވާ ކަމެއް ކަމެއް ނުވަތަ އަވަސް ކޮށްލަން ފަރުވާ ކުޑަކޮށްލާފަ ކަމެއް ނޭންގެ... އަނެއްކާ ހަމައެއް ލަމައެއް ނެތި ދުއްވާ މީހުން ވ ގިނަ ތަނެއް މި ގައުމަކީ... ލައިސަންސް ނަގައިގެން ދުއްވަނީ ނަމުގަ. ގަވައިދުގެ ކަންފުޅެއްވެސް ނޭންގޭ މީހުން ގިނައީ، ނޫނީ ހުންނަ ނޭއްގާނީ ކަމަކުން އެއިން ކަމަކަށް އަމަލުކުރަން ބޭނުންނުވަނީ... މިއޮތީވާ ރައްޔިތަކު ދިރިއުޅޭ ގައުމެއް... ކުރިމަގު ވ ބަނަ މިހާރު މިދާގޮތަށް ކަންކަން ދަންޔަ...

    32
  2. ޙެ

    ގިނައީ ސެކނޑްފޭސްގަ.

    10
    1
  3. އަޖުވަދު

    ފޭސް 2 ގެ މަގުތަކުގެ ލައިޓް ނިވާލައިގެން ޖަހާ ސަކަރާތެއްވެސް އިބަ ޖެހޭ ބަލަން. ދުރު ފެންނަނީ އެއްނޫން އެ ވަގުތު ތަކުގަ

  4. ހުސައިންފުތު

    މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއި ބެހޭ އިދާރާއިން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ސަރުކާރަށް ގޮވާލަން!