ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮންމެ ރަމަޟާން މަހެއް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ގޭބިސީތަކަކަށް ކަދުރު ބެހުން އޮވެއެވެ. އެހެން ނަމަވެސް ފާއިތުވި ރަމަޟާާން މަހު ކަދުރު ލިބިފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން ރަމަޟާން މަހުގެ ތެރޭގައި ވަނީ ފަހު 10 ގައި ކަދުރު ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މުއްދަތުގައި ކަދުރު ލިބިފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކަދުރު ލިބުން ލަސްވެފައި ވަނީ ކަދުރު މޫސުން ލަސްވުމުގެ ސަބަބުން ކަމަށެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި ކަދުރު ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އެ މިނިސްޓްރީން ވިދާޅުވީ ކަދުރު ލިބުނުކަމުގައި ވިޔަސް އަދި ރަސްމީކޮށް ހަވާލުކޮށްފައި ނުވާކަމަށެވެ.

ކޮންމެ އަހަރަކުވެސް ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރެއެވެ.

މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކަދުރު ދީފައި ވަނީ މަދުންނެވެ. އެ ކަދުރު ބަހާފައި ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ.

ސައުދީ އަރަބިއްޔާ އިން މިއަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހާނެ އުސޫލެއް އިސްލާމިކް މިނިސްޓްރީން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އބ އއބސ

    ތި ދީ ކަދުރު ފަޒުނާގެ ޚާންދާނަށް . މި މީހުން މިހާރު ކަދުރުން ވެސް ކުރީ ވައްކަން.

    17
    1
    • ޢަހޫ

      ޥަގުންކަމުގަވިޔަސް އާޓިކަލް ކިޔާލުން މުހި އްމު.

  2. ކަދުރު

    ހަ ރޯދަ ވެސް ނިމުނީމާ؟؟

    20
  3. ސައުދީ އަރަބިޔާ

    ދެން އެހެންވިއްޔާ ކީކުރަންތަ މަ ލައްވާ ކަދުރުތައް ތި ގެނުވީ ؟ ކަދުރު ތަކާ ހަވާލުވާންވެސް ކަލޭމެނަށް ވަނީ ބޮޑު ކަމަކަށް

    15
  4. ލަތީފް

    ތިދެން މިނިސްޓަރާ ފަޒުނާޔާ ސޯލިހުއާ ފަރިއްކުޅުއްވާ

    16
    1
    • ލޮލް

      ލަތީފުއާއި ޕީޕީކުދިން ނުކެއަސް ތިކަދުރުކާނެ ދިވެހިން އެބަތިބި. މިފަހަރު ބަލަންތިބޭތި އިންސާފުން މިކަންކުރާގޮތް ބަލަން. ވަކިންޚާއްސަކޮށް ޕީޕީކުދިން.

  5. ހާލަތު

    އެއްޗެއް ހޯދަން ނޭނގޭތާ އެއްޗަކާ ހަވާލުވާންވެސް ނޭނގޭ!

    24
    1
  6. އަހަންމަދު

    ޢުސޫލެއް ކަޑައަޅަން އަދި މާއަވަސް!

    7
    1
  7. މަހާ

    ބަހަނީޔޭ ބުންޏަކަސް ލިބޭ މީހަކާ ދިމަލެއްނުވޭ،
    އަހަރެމެންނަކަށް ތިއެއް ނުލިބޭ

    13
    1
  8. ނާބިތު

    ނަންވާނީ ފާތުމަ. ފާތުމަ ވާ ކަދުރުބެހިތާ. މިމީހުން ދިރުވާލީ!

    7
    1
  9. Anonymous

    ހަދިޔާ ނުކުރަނިސްތަ ގެނެސް އިސްލާމީ މަރުކަޒުގެ ލޮބީގައި ކަދުރު ބަހައްޓާފަ އެހުރީ. ބަޔަކު ނުދެނިސް ގެނެއުމަކީ ދެން.....
    ކޮންމެ ކަމަކަށްވެސް ޖެހޭނެ ބޮޑު ޝޯއެއް ބާއްވަން. އެއަށްކިޔަނީ ދެއްކުންތެރިކަން.

    6
    1
  10. ބިޒް

    ވަރައް ދައްބައެއް

    4
    1
  11. ކަދުރުފާތުމާ

    ކަދުރު ފާތުމާއޭ ކިޔާ ގޮވި މީހުން ކޮބާތާ މިހާރު

    7
    1
  12. ާ

    ފާތުމަޔަށް ވީވަރުވެސް ނުވި . ކަދުރު މުހިންމުވާނީ ރޯދަހިފާބަޔަކަށް.

    • ބޮސް

      މިފަހަރު ކަދުރުބަހަން ފެންނަނީ ހޯމަ ބުރާސްފަތި އަދި ހަނދުމަހުގެ 13،14،15 ތިންދުވަހު ރޯދަހިފާމީހުންނަށް އިސްކަންދީގެން. ސަބަބަކީ ތިޔަކަދުރަކީ ރޯދަހިފާ މުސްލިމުނަނަށް ދޭންޖެހޭ އެއްޗަކަށްވެފަ ރޯދަމަހާއި ޝައްވާލު 6 ރޯދަވެސް ނިމުނީމަ ދެން ރޯދަހިފުމުގައި ދެމިތިބޭ މީހުންނަށް ދިނުން މުހިއްމުކަމަށް ފެންނާތީ.

  13. 2022

    ނޫނޭވާ ރަނގަޅު ރޯދަމަހާއި ހަރޯދަ ނިމުނީވިއްޔަ... ބޮއިހަލަކި

  14. ޢައްޔަބެ

    ކަދުރު ހުރިގޮތުގެ ފޮޓއަކާއެކު އާ ހެޑް ލައިނަކަށް އަރުވާ!