ރާއްޖެ އައި ފަތުރުވެރިއެއްގެ އަތުން 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ވިދާޅުވީ، މިތަކެތި އަތުލައިގަނެފައިވަނީ މެއި ތިން ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުން ކަމަށެވެ.

އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.2 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މި ތަކެތީގެ މަގުމަތީގެ އަގު 21 މިލިއަން ރުފިޔާ އަށް އަރައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތިމަތު ޒައިން

    އެމީހުނެގެ ކަރާމާތް ގެއްލިދާނެތީ ކޮއުމެއްގެ މީހެއްކަންވެސް ޖަހާނުލެވުނު. އިންޑިއާގައި ނޫހަށް އަރާނެ ގައުމާއި، ނާމާއި އުމުރާއި ފޮޓޯވެސް. މިގައުމުގެ އޮންނަނީ ހައްޤު.

  2. ރައްޔިތުމީހާ

    މިތާ މާކެޓު ރަނގަޅުވީމަ ވާނީ އެހެން

    • ސަންފަ

      މިރާއްޖެއަކީ ކުށްވެރިންނަށް ހިމާޔަަތްދޭ ގައުމެއް ހެން ހީވަނީ. މީހހާގެ ނަން ނުބުންޏަސް ކޮން ގައުމެއްކަން ބުނެ ދެވެން ވާނެ. އަނެއްކާ އިންޑިއާ މީހަކީ ނޫންބާ. ކަރާމާތް ގެއްލިދާނެތީ ނުބުނަނީ.

  3. Anonymous

    އެއީކޮންޤައުމެއްގެމީހެެްކަމެއްވެސްނޭންގެޭ