ށ. ފޯކައިދޫގައި ފަޅުކޮނެގެން ނަގާފައިހުރި ވެލިތައް ފުނަދޫއަށް ވިއްކާލަން އެރަށު ކައުންސިލުން ނިންމާފައިވާތީ، އެ ނިންމުމާއި ދެކޮޅުހަދައި އާންމުން ނުކުމެ އިހްތިޖާޖު ކުރަން ފަށައިފިއެވެ.

އެރަށުން "ވަގުތު" އަށް މައުލޫމާތުދިން މީހަކު ބުނީ، އިހްތިޖާޖް ކުރަމުންދަނީ ފަޅު ކޮނެގެން ނަގާފައިހުރި ވެލިތަކެއް ވިޔަފާރި އުސޫލުން 8 ލައްކަ ރުފިޔާއަށް ފުނަދޫއަށް ވިއްކާލަން ނިންމުމާއި ގުޅިގެން ކަމަށެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އާސިފް "ވަގުތު" އަށް ވިދާޅުވީ، މިކަމުގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިނގާފައިނުވާ ކަމަށެވެ.

No description available.
އިހްތިޖާޖުގެ ބައިވެރިން --

"ޔޫތް މިނިސްޓްރީގެ ބޭނުމަކަށް އެމްޓީސީސީ ސައިޓުގައި އެމީހުން ނަގާފައިހުރި ވެލިތައް ބަލައި އެބައޮތް އައިއްސަ. އެއީ ކައުންސިލްގެ ހުއްދަ ހިމެނޭގޮތަށް ހުއްދަތައް ނަގައިގެން އެ ވެލިތައް ގެންދަނީ،" އާސިފް ވިދާޅުވިއެވެ.

ފޯކައިދޫގައި އިހްތިޖާޖު ކުރަނީ --

އިތުރަށް އާސިފް ވިދާޅުވީ، އިހްތިޖާޖު ކުރަން ނުކުމެ އެ މަސައްކަތުގައި އުޅެނީ ހައެއްކަ މީހުން ކަމަށާއި، އެކަން މިހާރު ސިޔާސީ ކަމެއްގެ ގޮތުގައި ދެކިގެން އެ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުނަދޫ އަށް ވެލިތައް ކައުންސިލުން ވިއްކާލާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކައެއް ކަމަށް އާސިފް ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިހްތިޖާޖުގެ ބައިވެރިން އަންނަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ބައިވެރިން ކައި ބޮއި، ނަމާދުކޮށް ވެސް ހަދަމުންދަނީ އެ ސައިޓް ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާހާ

    ފުނަދޫން ވެލި ހުސްވީތަ؟. ނޫނީ ފުނަދޫގެ ތަރައްޤީއާވެސް ފޯކައިދޫ ކައުންސިލުން ހަވާލު ވީތަ؟

  2. އަދުރޭ

    އާސިފް އަށް ވެސް އެނގެންވާނެ ކަމުން ރެކެން އުޅުނަސް ފޯކައިދޫ ފަޅު ކޮނެގެން ނަގާވެލި އެއީ އެމް.ޓީ.ސީ.ސީ ގެ އެއްޗެއް ނޫންކަމަށް އެމީހުންނަށް ވެލި ޔޫތު މިނިސްޓްރީގެ ބޭނުމަށް ނުެވޭނެކަންވެސް، ތިހެން ނަމަ އެންމެ ވެލި ގިނަވާނީ އެމް،ޓީ.ސީ.ސީ ގައި ކަން، ހުރިހާ ރަށެއްގެ ފަޅު ކޮނެގެން ނަގާ ވެލި އެމީހުން ގެންދާނަމަ ހެހެ، ބުނަން ރަނގޅު ވާހަކައެއް ކައުންސިލާރ އާސިފް މިއުޅެނީ ރައްވަށާ ދުއްވާލާނެ މަގެއް ނެތިގެން ކުރާނެ ބޭނުމެއް ނެތިއްޔާ ރައްވަށާ މަގެއް ހަދަން އެވެލިތަށް އަޅާބަލަ އޭރަށް ރަށްވެސް ހިމާޔަތް ކުރެވުނީ އަދި މަގެއްވެސް ހެދުނީއެވެ. ކޮންމެ ހެން ރަށުގެ ހޭޅިފަށް ކޮށައިގެން މީހުންގެ ރުއްގަސް ކައުންސިލޫން ރިޒޯޓްތަކަށް ވިއްކައިގެން ވައްކަން ކޮށްގެން މަގެއް ނެހެދިޔަސް އެއްވެސް މީހެއްގެ މުދަލަކަށް އަރައި ނުގަނެ ހެދެން އޮންނަ މަގެއް އެގޮތަށް ހަދާބަލަ، ކޮބާތަ ހިއްކާފައި ޗަކަ ބިމުން ދޭންބުނި ގޯތިތަށް ކަމެއް ނެތިއްޔާ އެބިން ކޮނެ ޗަކަތަށް ނަގާފައި އެތަނަށް ވެލިތަށް އަޅާބަލަ.