ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ރައީސް ސޯލިހުގެ ފެކްޝަނުން މަސައްކަތް ކުރިކަން ދޭހަވާ ގޮތަށް ރައީސް ނަޝީދު ވާހަކަ ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިރޭ ފޮނުވި މެސެޖުތަކެއްގައި ވިދާޅުވެފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އަތުގައި އެ މަނިކުފާނުގެ ލޭ ހޭކިފައިވާ ކަމަށެވެ.

"ތިޔަ ބޭފުޅުންގެ އަތުގައި ހޭކިފައި ތިޔަވަނީ އަޅުގަނޑުގެ ލޭ" ރައީސް ސޯލިހުގެ ފެކްޝަނަށް ނިސްބަތްކޮށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދިން ހަމަލާގެ ރޭވެންތައް ފޮރުވުމުގައި ސަރުކާރަށް މެމްބަރު އަނދުން ހުސެއިން ވާގިވެރިވާ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދަށް ރައްދު ދެއްވައި އަނދުން ހުސެއިން ވިދާޅުވީ، ރައީސް ނަޝީދު "މިވަގުތު ހުންނެވީ މާ ބޮޑަށް ކޯފާވެފައި ކަމަށް" ށެވެ.

އެ މެސެޖަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، އަނދުން ހުސެއިންގެ އަތް ބެލުމުން އެ މަނިކުފާނުގެ ލޭ ފެންނާނެ ކަމަށެވެ.

"އަޅުގަނޑުގެ ލެޔަކީ ކެރަފާ ދަނޑިކޮށީގެ ލޭ. އޭގައި އަސަރު ހުންނާނެ" ނަޝީދު ފޮނުވި މެސެޖުގައި ވިދާޅުވިއެވެ.

މި ތުހުމަތުތަކާއި ގުޅިގެން އަނދުން ހުސެއިން ވަނީ އޭނާގެ ނަން ތަހުގީގު ރިޕޯޓާއި އިންކުއަރީ ރިޕޯޓްގައި އޮތްތޯ ސުވާލު ކުރައްވާފައެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ސަރުކާރުގެ އިދާރާތައް ހާއްސަކޮށް ފުލުހުންނާއި ސިފައިންގެ އިހުމާލު އޮތް ކަމަށް މަޖިލީހުން ކުރިއަށް ގެންދިޔަ އިންކްއަރީން އެނގުނެވެ. ހަމަލާ ދިން ދުވަސްވަރު ނަޝީދުގެ ސަޕޯޓަރުން ވަނީ ޑިފެންސް މިނިސްޓަރ މާރިޔާގެ އިސްތިއުފާ އަށް ވެސް ގޮވާފައެވެ. ނަމަވެސް ފަހުން މާރިޔާ އާއި ދެކޮޅަށް ވެސް އަދި ސަރުކާރުގެ އެހެން ބޭފުޅަކާއި ދެކޮޅަށް ވެސް ނަޝީދު މިރޭގެ ކުރިން އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އެއްއަހަރު ފުރުމައި ދިމާކޮށް އަނެއްކާވެސް އެހަމަލާގެ ވާހަކަތައް ދެކެވެމުން ދާއިރު އެހަމަލާ އާއި ގުޅިގެން ދައުވާ އުފުލާފައިވާ އަށް މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ވަރަށް ލަސްލަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ދިރާސާ

    އިދިކޮޅުން ސަމާލުވާތި ، މީ ހަމަ އިދިކޮޅުގެ އަޑު މީޑިޔާއިން ކަނޑުވާލަން ،އެމް.ޑީ.ޕީ ގެ ޕޮލިޓިކަލް އެޑްވައިޒަރީ އަންނަ ގޮތް.. އަބަދުވެސް ފަލަ ސުރުޙީގައި އޮންނަން ޖެހޭ ކަމަށް އެޑްވައިޒް އަންނަނީ. ޢެހެންކަމުން ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ދެ ފެކްޝަން ގުޅިގެން ޖައްސާ ސްޓަންޓް..

    85
    1
    • ޒިކަ

      އިންޑިއާ އައުޓްގެ އަޑެއް ނީވޭ މިހާރަކު.. މޮޅު ކަމަކީ ޗެނަލް 13 އާ ވަގުތު ދިޔަރެސްއިން މީނާގެ އަދި އެމްޑީޕީގެ ހަބަރުތައް އެމްޑީޕީން އަސްލު ކުޅެން ބޭނުންވާ ގޭމާ އެއްގޮތަށް ޖައްސައިދެނީ

    • އަލީ

      އިދިކޮޅުގެ ނެތް ތީގެ ތެރެޔަށް ވަނުމުގެ ކުޑަވެސް ޝައުގުވެރިކަމެއް! ކޮންބެހޭކަމެއްބާ، އެބަޔަކަށް އެބައެއްގެ ޕާޓީ ހިންގާނެގޮތެއްވެސް

    • ޕީޖީ

      ބޭނުމަކީ އިންޑިއާ އައުޓްގެ އަޑު ކަނޑުވާލުން. މިހާރު އެއަޑުދަނީ މަޑުވަމުން.

  2. ާަވަހީ

    ބޯހަލާކު ދެން ވެރިކަމާހެދި އުޅެނީ އައްނި ، އިބަރާހިމް މުހައްމަދު ސޯލިހެއް ނުުން... އައްނި މަރަންޔާ ބޮންތަ ގޮއްވާނިީ ތި އަންނި ފީޑް ކޮށްގެން ކިޔާ އެއްޗެހި..ތާއީދު ބެތީމަ އުޅޭވައްތަރު

    58
    2
    • ބުއްޅަބޭ

      މައުމޫނު 3 ނޮވެމްބަރު ދައްކައިގެން ސިންޕަތީ ހޯދާ ވެރިކަން ދިގުދެންމިހެން މެއި މަހުގެ ހަމަލާ ދައްކައިގެން ސިންޕަތީ ގޭސް އަނބުރާ މީހުންގެ ސިކުނޑިއަށް ސަވާރުވާން ބުއްޅަބޭ މިހާރު މި އުޅެނީ.. މިހެން ތެޚުނު ވަރަކަށް ފަލީހަތްވެ ތާއީދު ދަށްވުން ނޫންކަމެއް ނުވާނެ..

  3. ފިޔާޒް

    ވެރިކަމާ ހުރެ ކިޔޭ ނުކިޔޭ އެއް ނޭނގޭ

    58
    2
  4. Anonymous

    މިހާރު ކަންކަންކުރާގޮތުން އަންނިއަށް ލިބެންހުރި ވޯޓްތައް ހަމަޔަޤީނުންވެސް އިބޫއަށް އެނބުރިގެންދާނެ. ޙަޤީޤަތަކީ ތިކަމަކީ އަންނިކިޔާފަ ހުރި އެއްޗެހީގެ ސަބަބުން ޖެހިގެން އުޅޭކަމެއް. ތިބޭފުޅާއަށް ދިވެހިންގެ ސަޕޯރޓެއް ދެނެއް ނުލިބޭނެ މިއީ ކަށަވަރު ކަމެއް.

    63
    2
  5. މަޑުފެހި

    ކަލޭމެން ކަލޭމެންނާ ތަޅާފޮޅިޔަސް ތިނަދޫގައި އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ސީޕޯޓު އަދި ތިނަދޫ ހިއްކިބިމުން އަހަރުމެންނަށް ގޯތި ދިނީމާ އަހަރުމެންނަާް ނިމުނީއެވެ. ކަލޭމެން އަތާ ފަޔާ ބޮލުގައި ލޭ ހާއްކައިގެން އޭގެން ފެން ވެރިޔަސް އަހަރުމެންނަށް މައްސަލައެއް ނެތޭ. އަހަރުމެން މިއުޅެނީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތިގެންނޭ.

    61
    2
  6. ތިނަދޫ ޖަމީލު

    "ޑޯޓުޑޯގެ ހިސާބުތަކަށް ބަލާއިރު އިންތި ހޮވިއްޖެ. ވަޒީފާގެ ބިރުދެއްކައިގެން ވެސް ގުޑުވާ ނުލެވިގެން މިއުޅެނީ. އަހަރުމެން ވަރުބަލިވެއްޖެ"

    17
    25
  7. ހުސޭނުބޭ

    ބޭނުންވަނީ ބަޣާވާތްކޮށްގެންވެސް ވެރިކަން. ވެރިކަން ނުދިނީމާ ނިކަން ރުޅިގަދަވެގެން އެ އުޅެނީ

    60
    1
  8. ދޯހަޅި

    މީދެން ކާކުތަ

  9. ހަސަބެ

    ދައުރުގެ މެދުޖެހިގެންގޮސް ފަސްގަޑިބައިވެއްޖެ އަދިކިރިޔާ ރޭކާމިލީ މިފަސްއަަހަރު ވެރިކަން ކޮއްލަން ނުލިބޭނެކަން

  10. ފިގޭ

    އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ނަޝީދު ގެ ފެކްޝަނުން ކުރަމުންދާ މަސައްކަތްތައް ވަރަށް ތަފާތުވާނެ. އެއިގެ ތެރެއިން އެއްކަން މިދޮގުވާހަކަ އާއްމުކުރުންވެސް

  11. ޕޮގުބާ

    ރައީސް ޔާމީން ކޮބާ އޭނާގެ އަތެއް ވޭބާ

  12. ޢަލީހދއަތޮޅުން ސުވާލުކުރަން

    އަންނި ބުނި އަދީބަކީ ތިމަންނާ އެޅުވި ފަންޏެކޭ ޔާމިން އިންނެވި ލޯންޗު ގޮއްވާލަން އަދީބު ރޭވީމަ ޔާމިނުލޭ ނަޝީދު އަތުގަ އެބަހުރި ނޫންތޯ ކާމިނީގޭ ލެޔަކީ ވަކި އަސަރު ކުޑަލެޔެއްތޯ

  13. Anonymous

    ޔާﷲ، މި އަނިޔާވެރި ނުބައި ނުލަފާ ލާދީނީ މީހާގެ އަނިޔާވެރިކަމާއި ބުނައިކަމާއި ނުލަފާކަމާއި ލާދީނީކަމުން އަޅަމެން ސަލާމަތް ކުރައްވައިފާންދޭވެ. އާމީން.

  14. ކިނބޫ

    އިންޑިއާ އައުޓް ގެ އަޑު ކަނޑުވާލަން ކުޅޭ ޑްރާމާގެ ޖާދޫގަ ވަގުތު ނޫސްވެސް ޖެހުނީ؟

  15. ކޮއްޔާ

    ÷ޕެޑްމޭން ވަރަށްވެސް ކަޑަ // މަތިއޮމާން މީހުން ގިނައީހަމަ //

  16. ހޭޖެހޭ

    ކިހާ ދެރަކަމެއް ދެން. ބޮލަށް އުނދަގޫ ވެއްޖެ.ކަލޭވެސް އެހެން މީހެއްވެސް މަރުވާނީ ވަގުތު ޖެހުނީމަ. އަވަހާރަ އެއްކޮށްލަންނުރޭވުނީސް ހުރިހާ މުޖުރިމުންނަށް ހައްގު އަދަބު ދޭނަމަ. ނުވެސް ކިޔާ މިކޮމެންޓު ކުރަނީ ދެން ދުވާލަކު ވާހަކައެއް އަރުވާ ވަރުން އުނދަގޫވެއްޖެ. ނިކަންވލިޔެބަލަ އަހަރެމެން ވ މީރުކޮށް ކޮފީ ބޯ ވާހަކަ. ގައިމު ބޮލަށް ފަސޭހަވާނެ މިއަށްވުރެ.

  17. Anonymous

    ހމަ ހުސް ސްޓަންޓް. މުޅިންވެސް ރައްޔިތުންނަށް ދަޅަ ދައްކަން ތާޢީދު ހޯދަން ދެފަރާތުން ދައްކާ ހުސް ވާހަކަ. އަދި ތިކަންކަންވެސް ކަންހިނގާ ދިޔަގޮތް ޢަދާވާތްތެރިކަމެއްތޯ ރޭވުމެއްތޯ އެނގޭދުވަހުން އެނގޭނެ.

  18. Anonymous

    އަނގަޔަށް އެއްޗެއް ލައިގެންވެސް އަނގަ މަޑުން ލައިގެން ހުރެވޭތޯ ބަލާބަލަ. މާ އަނގަގަދަ ވަންޏާ މީހުންގެ ނަފްރަތާ ރުޅިވެރިކަން ކުރިމަތި ވާނެ. ނަތީޖާއަކަށް ވާނީ އަންނި މުޅިން އެކަހެރިވުން. އަންނިއަށް ދިން ހަމަލާގެ މައްސަލަ އޮތީ ފަސްއެޅި ވަޅުޖެހިފަ. ދެން ކިތަންމެ ގޭހެއް އެނބުރިޔަސް އޭގެ އަޑިއެއް ނުހޯދޭނެ. ހޯދޭނެނަމަ ޑރ. އަފްރާޝީމާ އަހުމަދު ރިޟުވާނު ފަދަ މީހުންގެ މައްސަލަތަކުގެ އަޑިޔަށް ދެވުނީސް.

  19. އަލީ

    ތިޔައީ 100% އެތެރޭގެ ކަމެއް! އެމަނިކުފާނުގެ މޫމަންޓްތައް ރަނގަޅަށް އެގޭބަޔަކު ކޮށްފައޮތްކަމަކަށް ބެލެވެނީ! އަދި އެމަނިކުފާނު އެއްފަރާތް ކުރީމާ ފައިދާ ވަނީ ކޮންބަޔަކަށްތޯ ބަލާ މިވަގުތު! އަދި ވެރިކަންކުރާ ޕާޓީތެރޭ މިވަގުތު ހިންގަމުންދާ ކަންތައްތަކަށް ބަލާ އިރުވެސް މީއެތެރޭގެ ކަމެއްކަމަށް ފުރިހަމަޔަށް ބާރުލިބިދޭ! ބޮލުން ވިސްނަބަލަ

  20. ހަސްންމަލާބޭ

    މަނިކުފާނުތިޔަވިދާޅުވީ ތެދެއްކަމުގައިވާނަމަ މާރިޔާ އާއި މަހުލޫފާއި އިލްޔާސް ލަބީބުގެ އަތުގައިވެސް ލޭހުންނާނެ.

  21. އަނދުން

    ހައްތާވެސް ޑްރާމާ،

  22. ނާޝިޒް

    މީ އަޅެ މިޤައުމައް ޖެހިފައޮތް ބަލާ މުސީބާތެއްތަ..

  23. Anonymous

    މިގައުމުގަ ފިތުނަ ފަސާދަ އުފައްދާ މީހެއް ކެނެރީ ނަޝީދުއަކީ.

  24. ހައްގުބަސް

    ކުރީގެ ރައީސް މައުމޫނާ ދިމާލަ މިނަޝީދު ބުނިއަޑުއެހިން ވެރިކަމާހެދި ބޫތުކައިފައޭހުރީ، އަޅެ މީނަ މިހިރީ ވެރިކަމާހެދި ހޭބަލިވެފަނޫންބާ! މައުމޫނެއްވުރެ މީނަގެ ހުދުމުހުތާރުކަންވެސް ބޮޑު ސަތޭކަގުނަ، އަނެއްކޮޅުން ބޮލުރޮދިވެސް ކެނޑިފަމީނަވަނީ،

    • Anonymous

      ދެރަ ކަމަކީ 500 ރުފިޔާ ދިނީމާ ހައްގު ބަސް ވެސް މަވެސް އަދި އެހެން މީހުން ވެސް ތި ކެރަފާ ބާޣީއަށް ވޯޓުދޭކަމެވެ.

  25. ބަރުގޮނު

    2023 ކައިރި ވީވީހެން ނަޝީދު ގެ ޓްވީޓްތަކާ މެސެޖްތަކާ "ވަށްބަހުން" ދައްކަވާ ވާހަކަތައް ގިނަވާނެ. ސަރުކާރަށް ފާޑުކިޔުން އިތުރުވާނެ. މިއީ މުޅިންވެސް މީހުންނަށް އޮޅުވާލަން ކުރާ މަސައްކަތް. އެމް.ޑީ.ޕީ ގެ ވެސް ވަރަށް ގިނަ މެމްބަރުންނަށް މިހާރު ނަޝީދު ދަސްވެއްޖެ. ވެރިކަން ބޭނުމެއްނޫނޭ އިރުއިރުކޮޅާ ބުންޏަސް ބޭނުންވަނީ އެމް.ޑީ.ޕީ ގެ ވެރިކަމެއްވެސް ނޫން. ނަޝީދު ގެ ވެރިކަން.

  26. ެއެން.ޑީ

    ކެރަފާ ލެޔަކީ ބާޣީ ލެޔެއް. އެތައް ދިވެހިންގެ ކަރާމަތްތެރި ލޭ ، ކެރަފާއިން ވަނީ ބަޣާވާތުން އޮހޮރުވާލާފަ. ދެންފަހެ ކަންމިހެން ހުރި އިރު ކެރަފާ ލެޔަކީ ބާޣީ ލެޔެކެވެ. ކެރަފާ ނަޝީދަކީ ދިވެހިންގެ ތެރޭގައި އަގުވެއްޓި ތެއްގޯނި އެޅިފަހުރި ވަދު ބަނބުކޭލެކެވެ.

  27. ގަލަން

    ނަސީދު ބޯގޮވާ ތިޔަހުންނެވީ ވެރިކަމާ ހެދި!!!

  28. ފައިނާޒު

    އިންތިއަކަށް ނުދޭނަން ވޯޓެއް ހަމަ. މުނައްވަރާ އިބުރާ އާ ޑީޑީ އާ އަލްހާނަށް ވީގޮތް އެގޭ. މައުމޫނު ގޮތަށް ޕާޓީ ގަ ބަގުޑިބައްދަން އުޅޭނެ ކަމަކު ނެތޭ. ތިޖައްސާ ގޭމަކުން ވޯޓު ހަމަ އުނިވާނީ. މިއަދު ޕާޓީ މެންބަރުންނަށްވެސް ހަގީގަތް އެބަ އެގޭ. ޝުކުރިއްޔާ ފައްޔާޒު އަޅުގަޑުމެން ހޭލައްވާލަ ދިނީތީ.

  29. މޮހޮނދު.

    ސާބިތުނުހިފޭ މިޒާތުގެ ވާހަކަ ދެއްކުމަކީ މީހާގެ އަގުވެއްޓޭ ކަމެއްކަން މީނައަށް ކޮންމެވެސް މީހަކު ވިސްނާދޭން ވެއްޖެ. އަދި ޤާނޫގަވެސް މިކަން އޮންނަގޮތްވެސް ކިޔާދޭން ވެއްޖެ.