ބުރާސްފަތި ދުވަހުގެ ރޭ މޯލްޑިވިއަންގެ ފްލައިޓެއް ކައްދޫ އެއާޕޯޓަށް ޖެއްސި ވަގުތު ރަންވޭ އިން ފްލައިޓް ކަހާލި ހާދިސާ ހިނގި ދިޔަ ގޮތާއި، އެހާދިސާއަށް ފަހު މޯލްޑިވިއަން އިން ފަސެންޖަރުންނަށް އެކަށީގެންވާ އަވަސް މިނެއްގައި އެހީތެރިކަން ނުދިން ޚަބަރު ބައިނަލްއަޤުވާމީ މީޑިއާތަކުން ގެނެސްދޭން ފަށައިފިއެވެ.

އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުގެ ނޫސްތަކުން ވަނީ މޯލްޑިވިއަންގެ ފްލައިޓް އެމަޖެންސީގައި ޖެއްސި ވަގުތު ރަންވޭ އިން ކަހާލި ހާދިސާގެ ޚަބަރުތަކާއި، އެހާދިސާއަށް ފަހު މޯލްޑިވިއަން އިން ފަސެންޖަރުންނާއި މެދު ކަންތައްތައް ކުރި ގޮތް ގެނެސްދީފައެވެ.

ރަންވޭ އިން ކަހާލި މޯލްޑިވިއަންގެ ފްލައިޓްގައި ދަތުރު ކުރި އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިޔަކާއި އޭނާގެ ލޯބިވެރިޔާގެ ތަޖުރިބާ ނޫސްތަކުގައި ވަނީ ގެނެސްދީފައެވެ. ހާދިސާ ހިނގިއިރު ފްލައިޓްގައި އިން ޖެސް ޑޭވިސް ނަމަކަށް ކިޔާ އަންހެން މީހާގެ ބަނޑަށް 22 ހަފްތާއެވެ. ޖެސް އާއި ކްރިކެޓް ކުޅުންތެރިޔާ ޓްރެވިސް ރާއްޖެ އައީ އެމީހުން ހުވަފެނުން ދެކެމުން އައި ޗުއްޓީ ރާއްޖޭގައި ހޭދަ ކުރުމަށެވެ.

ނަމަވެސް އެޗުއްޓީ ދަތުރު ބަދަލު ވެގެން ދިޔައީ "ދެން ދުވަހަކު ވެސް ފްލައިޓަކަށް ނާރާ ވަރުގެ ބިރުވެރި ހާދިސާއަކަށް" ކަމަށް ދެމީހުން ވެސް ބުނެފައި ވެއެވެ.

ޖެސް ބުނި ގޮތުގައި ފްލައިޓް އެމަޖެންސީގައި ޖެއްސުމާއި، ފްލައިޓް ރަންވޭ މަތިން ކަހާލައިގެން ދިއުން އެއީ "ބިރުވެރި ފިލްމެއްގެ މަންޒަރެއްހެން" ހިނގައި ދިޔަ ކަމެކެވެ.

ދެމީހުން ވެސް ބުނި ގޮތުގައި ފްލައިޓް ރަންވޭ އިން ކަހާލުމުން އެމީހުން ގެންގޮސް ވެއްދީ "ބަންދުކޮށްފައި ހުރި ކޮޓަރިއަކަށެވެ."

"މޯލްޑިވިއަން އިން ފަސެންޖަރުން ބައިތިއްބާފައި ތިބީ ތަޅުލާފައި ހުރި ކޮޓަރިއެއްގައި. އެތަނުގައި ފެން ފޮދެއް ވެސް ލިބެން ނެތް. އެހެން މީހަކާއި ގުޅޭނެ ގޮތެއް ނެތް." ޖެސް ބުންޏެވެ.

ޖެސް އާއި ޓްރެވިސް
ޖެސް އާއި ޓްރެވިސް

ޖެސް ބުނި ގޮތުގައި މޯލްޑިވިއަން އިން ފަސެންޖަރުން ބަންދުކޮށްގެން 45 މިނެޓް ވަރު ތިއްބެވެ. ގިނަ ވަގުތުތަކެއް ވަންދެން އެގޮތައް ބަންދުކޮށް، އަދި މީހަކާއި ގުޅޭނެ ގޮތެއް ނެތި ތިބެން ޖެހުމުން ބިރުވެރިކަން އިތުރުވި ކަމަށް އޭނާ ބުނެފައި ވެއެވެ.

ޖެސް ބުނި ގޮތުގައި އެމީހުން ކައްދޫ އިން މާލެ ގެންދަން ރެސްކިއު ފްލައިޓެއް ދިޔައީ ވެސް ހާދިސާ ހިނގިތާ ހަތަރު ގަޑިއިރު ފަހުންނެވެ.

ފްލައިޓް ރަންވޭ އިން ކަހާލި ހާދިސާ އާއި ގުޅިގެން މޯލްޑިވިއަން އިން ކުރި ޓްވީޓް ނޫސްތަކުގައި ގެނެސްދީފައި ވެއެވެ. އެޓްވީޓަށް ރިޕްލައި ކުރި މީހަކު "މޯލްޑިވިއަންގެ ފްލައިޓްތަކަކީ މިސްރުގެ އަހްރާމްތަކަށް ވުރެ ވެސް ގިނަ ދުވަސްވީ ފްލައިޓްތަކެއް" ކަމަށް ބުނެ ކުރި ރިޕްލައި ވެސް ބައެއް ނޫސްތަކުން ގެނެސްދީފައި ވެއެވެ.

މޯލްޑިވިއަންގެ ފްލައިޓް ރަންވޭ އިން ކަހާލީ ކީއްވެ ކަމެއް މޯލްޑިވިއަން އިން ވެސް އަދި ސިވިލް އޭވިއޭޝަނުން ވެސް މިހާތަނަށް ނުބުނެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެހާދިސާ ހިނގީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ކައްދޫ އެއާޕޯޓްގެ ރަންވޭ އަކީ ވެސް ގިނަ ދުވަސްވެ ވަރަށް ބޮޑަށް ހަލާކު ވެފައިވާ ރަންވޭއެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    މޯލްޑިވިއަންއަށް އެކަނިތަ ދުނިޔޭގަ މިފަދަ ހާދިސާއެއް ކުރިމަތިވީ؟

    54
    7
  2. ބޭބެ

    މިނާގާބިލް ސަރުކާރުން އިންޑިޔާގެ ގެރިމޯދީގެ ސިފައިން ކައްދޫއަށާ ކައްދޫ ރަންވޭމައްޗަށް އަރުވައިގެން މިރާއްޖެ އަޅުވެތިކުރުމުގެ މުޑުދާރު ޢަމަލު ހިންގުންފިޔަވާ ކޮންކަމެއްކުރެވެނީ!! ރަގަނލު ޚިދުމަތެއް ނުދެވޭތާ އިރުއިރުކޮޅާ ޓިކެޓް އަގުބޮޑުކޮށް ރައްޔިތުން ފެލުން ނޫންކަމެއް މިސަރުކާރުން ކުރޭތަ؟ މަސްވެރިން ފެލަނީ! ޖޫރިމަނާކޮށްގެން ރައްޔިތުން ފެލަނީ!! ގެރިމޯދީ އަތުން ނަގާ ލޯނު ބަނޑުއަޅާ ހުސްކުރަނީ ބޮޑުން!! ރައްޔިތުންގެ އަތުންނަގާ ޓެކުހުން ވައްކަން ނުކޮށް ޚިދުމަތް ރަގަނޅު ކުރާކަށްނޫޅޭ!! ނާގާބިލް ޕަޕެޓް ސަރުކާރު އިސްތިއުފާ!!

    48
    7
    • ޙޖ

      ވަކި ސަރުކާރެއް ނެއް.

  3. ހާމިދު ޝާހިދު

    މޯލްޑިވިއަން އަށް ބޮޑު ހާދިސާއެއް ކުރިމަތި ނުވެ ސަލާމަތްވިކަމަށްޓަކާ ﷲ ތައާލާއަށް ޝުކުރުކުރަމެވެ. ސޭފްޓީއަކީ ވަރަށް މުހިންމު އެއްޗެކެވެ. އަދި ހާދިސާއެއް ދިމާވެދާނެތީ ރެސްޕޮންސް ދެވޭފަދަ ވަސީލަތްތައް އެއަރޕޯޓްތަކުގައި ހުންނަންޖެހެއެވެ. ފަތުރުވެރިން ތިބިނަމަ އެމީހުން ވަގުތުން ގެންދެވޭނެ ގެސްޓް ރޫމްތަކާއި ހޮޓާތައް ކައިރީގައި ސްޓޭންޑްބައި ކޮށްފައި ބަހައްޓަންޖެހެއެވެ. ޕްލޭނެއް ނެތުމުން، މިފަހަރު ތިއޮތީ ފެއިލްވެފައެވެ. އަދިއަދަށްވެސް، ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް މޯލްޑިވިއަންއަކުންވެސް، ސިވިލްއޭވިއޭޝަނަކުންވެސް ބުނެފައެއް ނުވެއެވެ. ރަންވޭގެ މައްސަލައެއްތޯ! ފަތުރުވެރިމީހާ އެބަބުނޭ އެމަޖެންސީގަ އޭ ބޯޓް ޖެއްސީ. އެހެންކަމަށްވަނީނަމަ، އެކަން މެދުވެރިވި ސަބަބެއް ބުނެދޭންޖެހޭނެ. ފްލައިޓްތައް އޯވަހޯލްކޮށް، މެއިންޓެއިން ކުރެވޭތޯ ބަލަންޖެހޭ.

    42
    2
  4. އާދަންބެ

    ބޮލު ރޮދިންތަކަކާ ތިޔަ ތަން ހަވާލުކޮށްގެން އެއާމޯލްޑިވްސްގެ ދެވަނަ އެޕިސޯޑު މިހާރު ހިނގަނީ. މަޤާމުތަކުގެ ކޮމްޕިޓެންސީ ނެތް ސޯޝަލް މީޑިއާ ބޮޓުންތަކެއް ތަންތަނަށް ލައިގެން އިންޑިޔާ އަށް ބިންވިއްކާ އެމީހުންގެ ހިމާޔަތް ހޯދައިގެންވެސް ރުފިޔާބޮނޑި ބައްކުރެވޭތޯ.

    39
    3
  5. އައިމޯ

    މޯލްޑިވިއަނުން ކަންތައްތައް ކރީ ގޯސްކޮށް ފަރުވާ ކުޑަކޮށް ، ނަމަވެސް ތިބުނާ ފަހުގެ ޒަމާނީ ވަރުގަދަ ވަސީލަތްތަކާއި އެކު ހިންގާ އެމެރިކާގެ ، އެއަރޕޯޓްތަކުގައި ފްލައިޓް ތައް ކަހާލުމާއި އެމެޖެނސީކޮށް ޖެއްސުން އެއީ ހަފްތާކު އެއްފަހަރު ވާކަމަކޭ ބުންޏަސް ދޮގަކަށް ނުވާނެ ، ރާއްޖޭގައި އަދި މިއެހީ މިޚަބަރު

    37
    2
  6. އަންކަލް

    މީ ވެސް ނޫސްވެރިކަން ތަ! ކޭވެ ތަ މޯލްޑިވިއަން އަށް ޖައްސާލައިގެން ތިނއުޅެނީ

    21
    33
  7. ހުވަދޫ އަލިބެއްޔާ

    ތީގެން ފްލައިޓްކަށް އެރީމަ ކަންފަތް ހީވަނީ ފަޅައިގެން ގޮސްދާނެހެން.. މުޅި މޫނާއި އެއްކޮށް ލޮލުގައިވެސް ވަރަށްބޮޑަށް ރިއްސާ.. ފަހުގެ ތާރީޚެއްގައި ތީގެ ފްލައިޓަކުން ކުރި ދަތުރެއްގައި މަރުނުވީ ކިރިޔާ.. ފްލައިޓްގެ ސައިޑް ވިންޑޯގެ އަރިމަތި އިނީ ފޫގޮއްސަ.. ބޭރުހުރި ފެންނަން.. ޑަސްޓް ހުރި ބޯކޮށް.. މަކުނު ވާފުރާފަ.. އިތުރު އެހެން ގޮތެއް އޮތްނަމަ މޯލްޑިވިއަން ފްލައިޓަކަށް ނާރާނަން..

    26
    3
  8. މަރީނާ

    ރާއްޖޭގެ ރައްޔިތުންގެ ތެރޭގަ އަގު ވެއްޓިފަ އޮތް ބައެއް މިހާރު ބޭރު ދުނިޔޭގަ އަގު ވެއްޓިނީ.

    45
    6
  9. ޚަދީޖާ

    މި ހާދިސާއާ ގުޅިގެން އެއާޕޯރޓް ގެ އިސް ފަރާތެއްކަމަށްވާ މަތިމަރަދޫ ކޮތަރު ހުސޭނު ވަނީ ވަރަށް ރޫޑްކޮށް ޕަސިންޖަރުންނާއި ފުރަންގޮސް ތިބި މީހުންނާ ވާހަކަދައްކާފަ. އަދި ތިމަންނަމެން ބޭނުންގޮތަކަށޭ ކަންތައް ކުރާނީ، އެއްވެސް ކަމެއް ނުކުރެވޭނޭ ބުނެ ފުއްޕާފަވޭ.

    2
    1
  10. ނެޓްޖިއޯ އިންވެސް ދައްކާ.....

    ތިބުނާ ކަހަލަ ދޯހަޅި ޙާދިސާތައް ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އިން ގެންނަ "އެއަރ ކްރޭޝް އިންވެސްޓިގޭޝަން" ކިޔާ ޕްރޮގްރާމެއްގައި ވެސް ވަރަށް ގިނައިން ދައްކައެވެ. ދުނިޔޭގެ ބޮޑެތި އެއރލައިން ތަކުގެ، ތަޖުރިބާކާރު ކުޅަދާނަ ޕައިލެޓުން ދުއްވި، ބޮޑެތި ފްލައިޓް ތަކުގެ ހިތާމަވެރި "ދޯހަޅި" ޙާދިސާ ތަކެވެ. (ލޮލް)

  11. ޙާލަތު

    މީގެ ކުރިންވެސް ހުޅުލޭ އެއާރޕޯޓުގައި ގެއްސި އެއާމޯލްޑިވްސް ފުލައިޓެއް ރަންވޭގަ ޖެއްސިވަގުތު ކޮންޓްރޯލް ނުވެގެންގޮސް އިރުމަތީފަރާތު ތޮށިގަނޑުގައި ޖެހި ބުރެއްއަޅާފަގިސް އޮތީމޫދުގައި. ޕައިލެޓް ހިއްޕަވަގެން އިންނެވިކަމަށް އެދުވަސްކޮޅު ވާހަކަ ދެކެވުނު.

  12. Anonymous

    ފަސިންޖަރުން ގެ ބަދުދުއަވެސް ޖެހޭނެ. ފަސިންޖަރުންނާމެދު ހިތުހުރިގޮތަކަށް ޢަމަލުކުރަނީ

  13. މުހަންމަދު

    އެމް.ޑީ.ޕީ މީހުންނަށް އަށްް އެއްޗެއްވިސްނިފަ ހުންނާނީ...