ސަރުކާރުގެ އޮފީސްތަކަށް ހާއްސަކޮށް ސްޓެލްކޯއިން އިމާރާތެއް އެޅުމުގެ ވިސްނުން ގެންގުޅޭކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ކަރަންޓުގެ އަގު ހެޔޮކުރެވޭނީ ސްޓްލެކޯގެ ހިދުމަތްތައް އެކި ދިމަދިމާއަށް ސަބްސިޑައިޒް ކުރެވިގެން ކަމަށެވެ.

އެ މަސައްކަތް ކުރުމަށް، ސްޓެލްކޯގެ މެމޮރެންޑަމް އޮފް އާޓިކަލްސް ބަދަލުކޮށް، ކަރަންޓާއި ފެނާއި ނަރުދަމާއާ ކުނީގެ ހިދުމަތުގެ އިތުރުން އެހެން ބައެއް ހިދުމަތްތައް ދިނުމަށް އެކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާރުވެސް އެކުންފުނިން ރިއަލް އެސްޓޭޓްގައި ހަރަކާތްތެރިވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރުވެސް ހިންގަމުން އަންނަނީ އާންމުންގެ ގެތައް ކުއްޔަށް ނަގައިގެން ކަމަށާއި، އެކަމަށް ހައްލެއް ހޯދައިދިނުމަށް ސްޓެލްކޯއިން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ސަރުކާރުގެ ވަރަށް މުހިންމު އޮފީސްތައް އެބަހުރި އާއްމު ބައެއް ފަރާތްތަކުގެ ގޭގޭގައިވެސް. އަޅުގަނޑުމެން ސަރުކާރުގެ އެ އޮފީސްތަކަށް އަމާޒުކޮށް އަމިއްލަ އޮފީސް އިމާރާތެއް އެޅުމަށް އަޅުގަނޑުމެން އެބަ ހިޔާލުކުރަން." ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ނޫން އެހެން ހިދުމަތްތައް ދީގެން އެކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް ވިސްނާކަމަށެވެ.

ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ޝަރީފް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ކަމަށް އައްޔަން ކުރެއްވީ މީގެ ދެމަސް ދުވަސް ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ރައްޔިތުން ފެލާލައިގެން ހޯދާ ފައިސާއިން ތިކަހަލަ ކަމެއް ކުރުމަށްވުރެ، ރައްޔިތުންނަށް ހިލޭ ނުވަތަ ހެޔޮ އަގުގައި ބޯހިޔާވަހިކަން ހޯދައިދިނުން މާރަނގަޅުވާނެ.

    14
    1
  2. ޖަމާލު

    ހުރަވީ އިމާރާތް ތަޅާލުމަށްފަހު އެތަނުގަ އަޅާ

    6
    1
  3. ބާރޭ

    ހުޅުމާލޭގަ އަޅާ ތި އަޅާތަނެއް.. މާލެ ތޮއްޖައްސާ އޮފީސްގަޑީގަ ބުރިޖަށް ބާރު ބޮޑުކުރާނެކަމެއް ނެތް

  4. މަތަރަސް

    ވޯޓް ހިސް ސަރީފޫޫޫޫޫޫޫ ލާރިގަޑެއް ކައިލަންވީތަ؟؟ ލިބުނުބައިވަރުޑޯލަރުގަޑުކޮބައިތަ؟ އިންސާފުއަރާހަމކުރާނެ ދުވަހެއްނެތް؟؟ވޯޓާބެއްޔާސަޑިބޭ؟؟

    5
    1
  5. ޖާބެ

    ޔާމީން ވެރިކަމުގަ ހުޅުމާލޭ ގަ އަޅަންފެށި އިމާރާތެ ޓުރީޓޮޕް ހޮސްޕިލް ކައިރީގަ އެބައަޅާތިއުޅެނީ ވޯޓް އޮޅުވާލިހެން މިކަންވެސް އޮޅުވާލަން

    7
    1
  6. ޚިޔާލު 2

    ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރުވެސް ހިންގަމުން އަންނަނީ އާންމުންގެ ގެތައް ކުއްޔަށްނަގައިގެން ވަކި ބަޔަކަށް ދަވްލަތުގެ ފައިސާ ދޭން ކުރާކަމެއްނޫންތޯއެއީ
    ސަރުކާރުން ވަކި ބައެއްގެ ފައިދާއަށް ×ަމާނުންސުރެ ކުރަންޖެހޭ ކަމެއްގެ ގޮތުގަ އެކަން އޮންނަނީނުކުރާނެ ތިކަމެއް.

  7. ހަރަސް

    ލާރިގަނޑެއް ކައްވާލަން ތައްޔާރު ވަނީ! ރައްޔިތުން ސަމާލު!!!!!!

    9
    1
  8. ހިމާރުލްގައުމު

    ވަގުވޯޓް އިމާރާތް ކިޔަން ފެނޭ. ނޫނީ ތިމަރަ އިމާރާތް ނޫނީ ކުކުޅު ބރ އިމާރާތްވެސް ސަޅިވާނެ

  9. ސަންފައްތަ

    އެއްގޮތަކަށްވެސް މާލޭގަ އޮފީސް އިމާރާތެއް ނާޅާތި. އަޅަންވާނީ ހުޅުމާލޭގަ. މާލެއިން މީހުން މަދުކުރެވޭނެ އިތުރު ގޮތްތައްވެސް ހޯދަން އެބަޖެހޭ.

  10. ޙހހހ

    އިމާރާތް އަޅަެިގެން ވިޔަފާރި ކުރުމަކީ ސޓލކ ގެ މެންޑޭޓް ގަ ހިމެނޭކަމެއްނޫން. ރައްޔިތުންގެ ފައިސާ ހަލާކުނުކޮށް ބިލްކުޑަކުރޭ

  11. ދެބޯގެރި

    ރައްޔިތުން ފެލާލައިގެން ލޭބޯލައިގެން ކުރަން އެންމެރަނގަޅުކަންކަން ކުރާނެ މަހަކު 02 ފަހަރު ބިލްފޮނުވައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުން ފެލަނީ އޭޕްރީލްމަހުވެސް 02 ބިލް ހަދާފަ އެއަށްރައްޔިތުންއަތުން ލާރިނަގަނީ ސަރުކާރު މުއްސަނދިކުރަން ފައިސާހޯދުނުގޮތަކަށް ހޯދަން ނުފޫޒުހިންގަން ޝަރީފުވަރެއްނޯންނާނެ

  12. ކާތަ

    އީސީ ސަރީފު މިހާރު އެއުޅެނީ 2023ގެ ވަޒީފާ ގެއްލުމުގެ ކުރިން ލާރިގަނޑެއް ކައްވާލާނެ ގޮތެއް ހޯދަން

  13. ކޮއްޔާ

    ކުރިއަށްއޮތީ ދޮޅުއަހަރުތާ // އެމުއްދަތުގައި ތިތަނުގައި ކުރެވެންހުރި
    ކޮންމެ ވައްކަމެއް ކަލޭ ކުރާނެ // ވޯޓުވަގު //

  14. ދިވެހި ރައްޔިތުން

    ރަށްރަށުގައި ގެދޮރު އެޅުމަށް ބޭނުންވާ މީހުންނަށް ގެދޮރު އިމާރާތްކޮށްދީ އެއިމާރާތުގެ އަގު ދިގު މުއްދަތަށް ބަހާލައިގެން ނަގާގޮތަށް. "ކުދި ރަށްރަށުގެ ބޯހިޔާވަހިކަން" ގާއިމުކޮށާްދިނުން ވަރަށް ރަނގަޅު ޕްރޮޖެކްޓަކަށްވާނެ ކަމެއް.