އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހޮވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ އިންތި ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރައްވަމުން އާޒިމް ވިދާޅުވީ އިންތި އާއި އޭނާގެ ޓީމުގެ މަސައްކަތްތައް ފެނި މި އިންތިހާބު އިންތި ކާމިޔާބު ކުރާނެ ކަމާ މެދުގައި އޭނާގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ތިޔައީ ގަދަ ޓީމެއް،" ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ ގާތް މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެމްބަރުން ނުކުމެ، އިންތި އަށް ވޯޓު އަޅައި ވޯޓު ފޮށިތައް ފުރާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ކޯލިޝަން ސަރުކާރެއް ބޭނުމެއް ނޫނޭ ބުނޭ،" އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި އިންތި އާ ވާދަކުރައްވަނީ މި ސަރުކާރުގެ ނުފޫޒު ގަދަ އެއް ވަޒީރު، އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.

އިމްތިޔާޒާއެކު ބޮޑަށް ފެންނަނީ ނަޝީދުގެ އާއިލާ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލިސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ކެމްޕެއިންގައި އުޅުއްވާ މަންޒަރެވެ.

ފައްޔާޒްއާ އެކުގައި ކެމްޕެއިންގައި އުޅުއްވާތަން ބޮޑަށް ފެންނަނީ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މަޖިލީސް މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

އިންތިހާބުގެ ކެމްޕޭން ދެ ބޭފުޅުން ވެސް ވަރުގަދައަށް ކުރައްވަމުން ގެންދަވާއިރު، ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި އަރައިރުން ބޮޑުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ހާއްސަ ވަޓްސްއެޕް ގުރޫޕުގައި މި ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާޟީ

    އެނގިދާނެ ކަޅުދަބަހުގަ އުފުއްލި ދިޔާ އެއްޗެހީގަ ވަރު ހުރިއްޔާ އިންތި ހޮވޭނެ..

    22
  2. ޗަރުކޭސް

    ހާދަ އަޑުގަދަވެޖޭ މަގުތަކަށްކަރުދާސް އަޅާތީ މިހުރިހާ ރީދޫއިން

    16
    1
    • Happy 123

      ތީ ޔަގީން ކަމެއް!

  3. ދަރަނި ދަންތުރަ

    އާޒިމް ކަލޭ އިންތި ގޮވައިގެން މަހައްދާން ތައްޔާރުވޭ ހިތި ނިމުމަކުން ތިޔަގުރޫޕު ނިމިދާނެ އިންޝާ ﷲ

    24
    • ހައްގުބަސް

      އާމީން!

  4. ސަމްސިއްޔާ

    ނުހޮވިއްޖިއްޔާ އާޒިމަށް އިސްތިއުފާ ދޭން ކެރޭނެތަ؟؟

  5. ހައްގުބަސް

    ކަޅުދަބަހުގަ އުފުލީ މިނަރަލްވޯޓާއޯލަ، އިންސާފެއްނެއް ގައުމެއްމީ! ސަދޫމުސިޓީ އެކޭ މިތަނަކޭ ތަފާތެއްނެތް،

  6. ކކބކ

    އިންޝާﷲ އިންތި މިފަހަރު ބޮޑުތަނުން ބަލިވާނެ

    12
  7. ތިދެން

    ތިދެން ޝައްކެއްވެސް އޮތްކަމެއްނޫޫން.. ރ. ނަޝީދު😍❤️

    1
    7
  8. ލޮލް

    ﷲ އިރާދަކުރެއްވިއްޔާ ހުވަފެނުގަވެސް ތިކަމެއްވިތަނެއް ނުފެންނާނެ. ފައްޔާޒު ބޮޑުތަނުން ކާމިޔާބުކުރާނެ.

  9. މުހައްމަދު އަހްމަދު

    ކޮންމެ މީހަކު ހޮވުނަސް ކަލޭމެންގެ ކަމަކީ، ފޮޓޯއާ މަންޒަރު ދެއްކުން. ސަޅިބައިސާ ކެނޑުން. ކަލޭމެން ދެ ގްރޫޕްގެ މަޤްޞަދަކީ، ހުރިހާ ދީންތަކަށް ފުރުޞަތު ދިނުން. އަބަދު ވެރިކަމުގައި ތިބުމަށް ޤައުމު ވިއްކާލުން. ޤައުމު އަޅުވެތި ކުރުން.

  10. ހަސަންބެ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! އެމްޑީޕީގެ ނުބައި ރޭވުންތަކުން މާތްވެގެންވާ އިސްލާމް ދީނާއި މި ޤައުމު ސަލާމަތް ކުރައްވާންދޭވެ. އާމީން

    12
    1
  11. ހަސްންމަލާބޭ

    މިމީހުން ދައްކާ ހޮޅިވާހަކަ ތައް ނޫސްތަކުގައި މިލިޔަނީ ލިޔާނެ އެހެން އެއްޗެއް ނެތީމާކަމަށް މަ ގަބޫލުކުރަނީ.