20:39

ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިއުލާނުކޮށްފައިވާ ކާފިއު މުއްދަތު ބުރާސްފަތި ދުވަހަށް ހެނދުނުގެ ނިޔަލަށް އިތުރު ކޮށްފި

20:32

ސްރީލަންކާގައި އިއްޔެ އިން ފެށިގެން ހިންގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހާތަނަށް ދެ ފުލުހަކު މަރާލައިފި

20:18

ސްރީ ލަންކާ ސިފައިންނަށް ބަޑި ޖެހުމުގެ ހުއްދަ ދީފި

17:28

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ ގައުމު ދޫކޮށް، ނުފިއްލަވާނެ ކަމަށް އޭނާގެ ދަރިކަލުން، ކުރީގެ ސްޕޯޓްސް މިނިސްޓަރ ނަމާލް ރާޖަޕަކްސާ ވިދާޅުވެއްޖެ

16:54

ސްރީލަންކާ ފުލުހުންގެ ސީނިއަރ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޑެޝަބަނުއްތު ޓެނަކޯންއަށް ގްރޫޕަކުން ހަމަލާދީ މާރާމާރީ ހިންގައިފި

16:04

ސްރީލަންކާގެ މައިނާގޯގަމާ އާއި ގޯޓާގޯގަމާ މުޒާހަރާ ކުރާ ތަންތަނަށް ދިން ހަމަލާތައް ރާވާފައިވާތީ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަގުތުން ހައްޔަރުކޮށް، އޭނާގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމަށް އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސްގެ އަރިހުން ލަންކާގެ ގާނޫނީ ވަކީލުންގެ ގްރޫޕަކުން އެދިއްޖެ

https://twitter.com/vaguthuonline/status/1523974761801392128?s=21&t=FW4N5jt32AdDOs9pPqQ5Ew

10:54

ލައްކާގައި ތިބި ދިވެހިނަށް އެހީވުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފި.

09:24

ސްރީލަންކާގެ ހަމަނުޖެހުންތަކުގައި ހަތް މީހުން މަރުވެ 230 މީހުން ޒަހަމްވެއްޖެ.

09:00

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ހާޒިރުވާން އަންގައިފިން ކަމަށް ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ ވިދާޅުވެއްޖެ.

08:49

ސްރީލަންކާގައި އިއްޔެ އިން ފެށިގެން ހިންގަމުން އަންނަ ހަމަނުޖެހުންތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މިހާތަނަށް ވަނީ އިއްޔެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި މަހިންދްރަ ރާޖަޕަކްސަގެ ދެގެއަކާއި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ވަޒީރުކަން ކުރެއްވި ބޭފުޅުންގެ 25 ގެއެއްގައި އަލިފާން ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

08:26

ކަރުނަގޭސް ޖެހުމަށް ބޭނުން ކުރާ ބަޑިއެއް ގޮވުމުން ފުލުހުންގެ ސަބްއިނިސްޕެކްޓަރެއް މަރުވެއްޖެ ކަމަށް ސްރީލަންކާގެ ފުލުހުން ބުނެފި.

08:26

ގޯލްފޭސް ސަރަހައްދުގައި ހުންނަ އިމާދުވާ ޕްރަދޭސިޔާ ސަބްހާ އޮފީހުގެ ޗެއާމަން ދިރިއުޅުއްވާ ގެއަށް އާއްމުން ހަމަލާ ދިނުމުން ޗެއާމަން އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެއްޖެ.

02:15

ލަންކާގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކޮށްލާފައި
ލަންކާގެ އެކި ސަރަހައްދުތަކުގައި ތަންތަނަށް ގެއްލުން ދެނީ
ލަންކާގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކޮށްލާފައި
ލަންކާގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކޮށްލާފައި
ލަންކާގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކޮށްލާފައި

23:07

ސްރީލަންކާގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ ކުމާރު ވެލެގަމާ ދަތުރު ކުރަމުން ދިޔަ ވެހިކަލެއް މިއަދު ބަޔަކު ހުއްޓުވައި އޭނާ އަށް ހަމަލާދީފައިވޭ. އޭނާ އަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި ލިބިފައި ވަނީ ކުދިކުދި އަނިޔާތަކެއް ކަމަށް ސްރީލަންކާގެ މީޑިއާތަކުން ބުނޭ.

22:52

ސްރީލަންކާގެ ރިޔާސީ ގަނޑުވަރު "ޓެމްޕަލް ޓްރީ" ކައިރީ ކުރިއަށްދާ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވައިގެ ތެރެއަށް ބަޑި ޖަހައިފި.

22:37

ބުދަ ދުވަހުގެ ހެނދުނު 07:00 އާއި ހަމައަށް ސްރީލަންކާގެ ކާފިއު އިތުރުކޮށްފި.

22:04

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ ގެތަކަށް ވަނީ ހަމަލާދީފައި. ގިނަ ގެތަކުގައި ވަނީ އަލިފާން ރޯކޮށްލާފައި.

https://twitter.com/NewsWireLK/status/1523710058600697856

21:59

ސްރީލަންކާގައި ތިބި ދިވެހިންގެ ހާލަތު ބެއްލެވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ދިވެހި ސަރުކާރަށް ގޮވާލައްވައިފި. އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ހެޔޮ ދުއާ ވަނީ ސްރީލަންކާ އާއިއެކުގައި ކަމަށާއި އެގައުމުގެ ހާލަތު އަވަހަށް ހަމައަކަށް އެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް.

https://twitter.com/Adamshareefz/status/1523707159279968256

21:34

ލަންކާގައި ބަޑިން ހަމަލާދީ އިތުރު ދެމީހަކު މަރާލައިފި.

21:18

ސްރީލަންކާގެ ބޮޑުވަޒީރު ކަމުން މިއަދު އިސްތިއުފާ ދެއްވި މަހިންދްރަ ރާޖަޕަކްސަގެ ގެއެއްގައި އަލިފާން ރޯކޮށްލައިފި.

20:14

ޑީއޭ ރާޖަޕަކްސާގެ ހަނދާނީ ބިނާ ހަލާކުކޮށްލައިފި

20:13

މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ނެގޮމްބޯގައި ހުންނަ އެވެންރާ ގާޑެން ހޮޓަލަށް ހަމަލާ ދީފި. އެ ހޮޓަލްގައި ހުރި ބައެއް ވެހިކަލްތަކުގައި ވަނީ ރޯކޮށްލާފައި.

19:49

ހަމަނުޖެހުން ހިންގަމުންދާ ސަރަހައްދުގައި ހުރި ފައްޅިއަކަށް ވަންނަން ދިޔަ ގްރޫޕަކަށް ފުލުހުން ކަރުނަ ގޭސް ޖަހައި އެ މީހުން އެތަނުން ފައްސާލައިފި.

19:27

ބަޑީގެ ހަމަލާތައް އަމާޒުވެގެން ހޮސްޕިޓަލްގައި ފަރުވާމުންދެމުންދިޔަ އުމުރުން 27 އަހަރުގެ ފިރިހެނަކު މަރުވެފައި ވާ ކަމަށް ހޮސްޕިޓަލުން ބުނެފި،

19:26

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިހާރު ކުރިއަށްގެންދާ ހަމަނުޖެހުންތަކުގައި 151 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުން. މި ހަމަލާތައް ބަދަލު ކުރަމުން ދަނީ މީނާގޯގަމާ އާއި ގޮޓަގޯގޮމަ ޕްރޮޓެސްޓް ސައިޓްގައި

19:14

ކުރީގެ މިނިސްޓަރ ޖޯންސަން ފާނެންޑޯޒްގެ ކުުރުނެގަލާ ޕާޓީ އޮފީސް އެއްކޮށް އަނދާ ހުލިވެފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި.

ކުރީގެ މިނިސްޓަރގެ އޮފީހަށް ލިބުނު ގެއްލުންތައް
ކުރީގެ މިނިސްޓަރގެ އޮފީހަށް ލިބުނު ގެއްލުންތައް
ކުރީގެ މިނިސްޓަރގެ އޮފީހަށް ލިބުނު ގެއްލުންތައް
ކުރީގެ މިނިސްޓަރގެ އޮފީހަށް ލިބުނު ގެއްލުންތައް

19:07

ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓަރ ރަމޭޝް ޕަތިރަނާގެ ގޭގައި ރޯކޮށްލައިފި

19:07

ސްރީލަންކާގައި މިހާރު ކުރިއަށްގެންދާ ހަމަނުޖެހުންތަކުގައި ގްރޫޕަކުން ބަޑީގެ ހަމަލާތަކެއް ދީފި

19:05

ސްރީލަންކާގެ މަޖިލީސް މެންބަރެއް ކަމަށްވާ ސަނަތް ނިޝަންތާގެ ގޭގައި ރޯކޮށްލައިފި

19:04

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް އަމިއްލައަށް މަރުވެއްޖެ

19:04

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފި

19:03

ސްރީލަންކާގެ ކޮލަމްބޯގައި ސަރުކާރުގެ ސަޕޯޓަރުންގެ ކުރިމަތިލުންތައް ގޯސްވެ، ބައެއް ސަރަހައްދުތަކުގައި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާނުކޮށްފި

https://twitter.com/vaguthuonline/status/1523582358024114177?s=21&t=-XTDwaoYcHPoNQZWmqIMwg

ސްރީލަންކާގެ ސަރުކާރު ހިންގަމުންދާ ޕާޓީ އެސްއެލްއެލްޕީއަށް ތާއީދު ކުރާ މީހުންނާއި ސަރުކާރާއި ދެކޮޅު މީހުންގެ މެދުގައި ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ. މި ހަމަނުޖެހުންތަކުގައި ގިނަބަޔަަކަށް އަނިޔާވެ ތަންތަނުގައި ދަނީ ރޯކުރަމުންނެވެ.

ގިނަބަޔަކު ތުހުމަތު ކުރާގޮތުގައި، އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ އެސްއެލްއެލްޕީގެ ސަޕޯޓަރުން "ގޮޓަގޯގަމާ" ސަރަހައްދަށް ގޮސް ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކާއި ކުރިމަތިލާން ވަނީ ފަށާފައެވެ. މިއާއެކު އެ ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ގިނަ ބަޔަކު ތުހަުމަތު ކުރާގޮތުގައި ސަރުކާރާއި ދެކޮޅު ފަރާތްތަކާއި ކުރިމަތިލާން ދިޔަ މީހުންނަކީ ރާޖަޕަކްސާ އާއިލާގެ ކޮންޓްރޯލް ދަށުގައިވާ ގޭންގްތަކާއި އެއްފަދަ މީހުންނެވެ.

ލަންކާ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތައް ހޫނުވެފައިވާއިރު، އެ ގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިހާރު އެ ގައުމުގައި މުޒާހަރާ ކުރަމުންދާ މީހުންގެ މައިގަނޑު ޑިމާންޑަކީ ރައީސް ގޮޓާބަޔާ މަގާމުން އިސްތިއުފާ ދެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހުމަދު

    އެމްޑީޕީ މީހުން ވައްތަރު

    38
    3
  2. ޙބ×ޖދޖ

    އެމްޑީޕީ ކައިރިން ދަސްކުރީ

    36
    3
  3. މޮހޮންމަދު

    ސީދާ އެޕްޑީޕީ ފިކުރުގެ ބައެއް

  4. ރީދަލެ ސައިކަލާ ދޮއްވަނެ އަލް ޖަމީލު

    "ފައްޔާޒަށް ގޮނޑި ނުލިބިއްޖެއްޔާ ވާނެ ގޮތް މިފެންނަނީ" ތިނަދޫ އަލް ޖަމީލު

    6
    2
    • ހަސްންމަލާބޭ

      ފައްޔާޒަކަށްނޫން. އަންނި ފެކްޝަނަށް ގޮނޑި ނުލިބިއްޖިއްޔާވާނެގޮތް މިފެންނަނީ.

  5. ޙހ

    ޕިންކޭ މެން ގަބޫލު ކުރާ ފަލްދަފާ އަޚީ އިންސާފު ހޯދަން އުޅޭ ކޮންމެ ބަޔަކީ މޑޕ. އެގޮތް ގަބޫލުކުރާ ބަޔަކު އުޅޭނެކަން ގަބޫލުކުރަން.

  6. ކޮރަލް

    މިފަދަ ހާލަތުގައި ލަންކާ ގަ ހުންނަ ދިވެހި އެމްބަސީގަ ދިވެހީންނަށް ގުޅޭނެ ނޫނީ މެސެޖް ފޮނުވޭނޭ ނަން ބަރުތައް ހުންނަން ޖެހެ އެވެ. އަދި ދެން ކަން ކުރާނެ ގޮތް ފޯން ކޮށް ނޫނީ މެސެޖް ގެ ޒަރީއާ އިން އަންގަން ޖެހެ އެވެ. ނޫނީ އެމްބަސީ އެއް ހުރުމުގެ ބޭނުމެއް ނެތެވެ.

  7. ސަލީމާ

    ލާދީނީ އެމްޑީޕީ މީހުންގެ ގޮތް ތިހިރީ

  8. އަހުމަދު ހޫދު

    އަންނި ކައިރިން ދަސްކުރީ. މިރާއްޖެ ހަލާކު ކުރި ބަޔަކީ އަޚްލާގު ވެއްޔާއި މޮޑުވައި ތައުލީމް ނެތިކޮށް ސްކޫލްތަކުގައި ތިބި ރޯފިލާފައި ތިބި ޕްރިންސިޕަލުން ނިޒާމުން ބޭރު ކޮށްލީ ޖާހިލިކަން އެކުލެވިގެންވާ ނުބައި އެމް.ޑީ.ޕީން

  9. މަންތިރި

    ހަމަ ސީދާ އެމްޑީޕީ!!! މިހާރު އިޤުތިޞާދު ރަނގަޅުކޮށް އެ ނިމުނީ

  10. ހުސެން

    މި ޑިމޮކުރަސީ ވަނީ ރާއްޖެ އަށް ތައާރަފު ކޮށް ޕުރެކުޓިސް ވެސް ކޮށްފަ، މިރާއްޖެއަށް އާކަމެއްނޫން ކަން އެމް،ޑީ،ޕީ ގެ ފިކުރުރުގެ މީހުންނަށް އެނގޭނެ.