ރޮލްކެސް ގަޑިއެއް އެބައޮތް ކަމަށާއި އެހެންނަމަވެސް ބީއެމްޑަބްލިއު ކާރެއް ނެތްކަމަށް ނިހާން ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމްގެ ޓީވީ ޗެނަލްއެއް ކަމަށްވާ ވީޓީވީގެ ޖާނަލިސްޓް އަހްމަދު ހަމީދު އާދަމް ކުރެއްވި ޓުވީޓްއަކަށް ރައްދު ދެއްވަވާ ނިހާން ވިދާޅުވީ އަތުގައި ރޮލެކް ގަނޑިއެއް އެބައޮތް ކަމަށާއި އަދި އެންޓި ކޮރަޕްޝަންއަށް އެ މައްސަލަ ހުށައަޅުއްވާފިނަމަ އޭސީސީއަށް އެހޯދި ގޮތް ކިޔާދެއްވާނެ ކަމަށެވެ.

ވީޓީވީގެ ޖާނަލިސްޓް ކުރެއްވި ޓުވީޓްގައި ސުވާލު ކުރައްވާފައިވަނީ ނިހާން ގެންގުޅުއްވާ ރޮލެކް ގަޑިއާއި ބީއެމް ޑަބްލިއު ހޯއްދެވީ ކޮންތާކުން ކަމަށެވެ. މިގޮތަށް ހަމީދު ވިދާޅުވީ ޤާސިމް އިބްރާހިމްގެ ރިސޯޓްތައް ހިންގަނީ ނުހައްގުން ހޯދާފައިވާ ރައްތަކުގައި ކަމަށް ނިހާން ރޭގައި ޕީޕީއެމް ރުމާލު2 ޖަހަހައިގައި ބޭއްވެވި ޖަލްސާއެއްގައިވަނީ ވިދާޅުވެފި ހަބަރުގެ ފޮޓޯއެއް ޓުވީޓް ކުރައްވަމުންނެވެ.

ރޭގެ ޖަލްސާގއި ރާއްޖޭގެ ފަޅު ރަށްތައް ބިޑުކޮށްގެން ދޫކުރެވޭނެ އިސްލާހެއް ގެންނެވުމުން އެއީ ސަރުކާރުން ހިންގަވާފައިވާ ޖަރީމާތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަދިއުމަށްވެސް ނިހާންވަނީ ރައްދު ދެއްވާފައެވެ. ނިހާން ވިދާޅުވީ މީގެ ކުރިން ރަށްތައް ދޫކުރަނީ ބިޑް ނުކޮށް ކަމަށާއި ރަށްތައް ހޯދަން ހިންގި ޖަރީމާތަކުގެ ތެރެއިން އެންމެ ބޮޑެތި ނާޖާއީޒު ފައިދާތައް ނެގި އެކަކީ ގާސިމްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަބުރުބެ

    އެކްޓިވިސްޓެއްތަ ނޫނީ ނޫސްވެރިއެއްތަ؟؟؟

  2. ރައްޔިތުމީހާ

    ކޮންމެ ބްރޭންޑެއްގެ ވެސް އަގު ހެޔޮ އަދި އަގު ބޮޑު ތަކެތި ހުރޭ. 100 ޑޮލަރަށް ދޭ ރޮލެކްސް ގަޑިއަކަށްވެސް ވެދާނެދޯ. މީ ދިވެހި ރާއްޖެ. ފަރުދީ ފެންވަރުގައި ހިތްމޮޅު މީހުން އުޅެނީ. ޚާކު އަތުގައި ތޯ އައި ފޯނެއް ނޯޓް 8 އެސް 8 ނޫނީ ހަބްލޮޓް ގަޑިއެއް ނެތީ. ސްކޫލް ކުއްޖާ އަތުގަވެސް އައި ފޯން އިނގޭތޯ.

    • އަދުރޭ

      އެކޮޔަށް ދުނިޔޭގެ އޮޔާވައި ނޭންގޭތީ ތިހެން ތިބުނީ! އަގުހެޔޮ ރޮލެކްސް ގަޑިއެއް ނުހުންނާނެ! އެތައްހާސް ޑޮލަރަކަށް ލިބޭއެއްޗެއްއެއީ.

    • Anonymous

      ކަލޭ ބޮނޑިބަތް ގަނޑެއް ކައްކާފައި އޭގައި ރޮލެކްސް ޖެހިޔަސް އެއީ ރޮލެކްސް ބޮނޑިބަތަކަށް ނުވާނެ... ރޮލެކްސް ގަޑިޔަކީ އަގުބޮޑު އެއްޗެއް

  3. މަހޭ

    ތިޔަޒާތުގެ ހުރިހާއެއްޗެއްވެސް އޮންނާނެ ސަރުކާރުދަވާލާފަ ކަރުހަންދާވަރަށް ފެލުނަކަށް ނިހާނުމެންގެ އަގެއްނެތް ރައްޔިތުން އަންދާ އަޅިއަށްހަދަނީ ލަދުކޮބާ

    • ޙަނީފް

      އައްދޭ މަހޭމެން ތީމުގެ ހަރަދުގަ ދެއިރު ދެދަޅައަށް ޗުއްޓިއަށް ސިންގަޕޫރަށް ބޭސްފަރުވާ ނަމުގަ ގޮސް ހުރިކަން އޮޑިޓް ރިޕޯޓުން އެގެން އޮންނައިރުވެސް އަދި އަގަތަ ތި ހުޅުވަނީ. ބަލަ ނިހާން މެންނކީ މަސައްކަތުން އުޅއްވާ ބޭފުޅުން. ތީމުގެއަކުން ނޫން. ވަރަށް ވެދުން. އެގޭ އެ މަހޭ ނޫންކަންވެސް..އެކަމކު.....

  4. ސަދާ

    ކިހާވަރެއް ހަމީދަށް ގާސިމް ދޭބާ؟ މަގޭ އަތުގަވެސް އޭގެ ގަޑިއެއް އެބަ އޮތް ހަމީދޫ. ބޭނުންތަ ؟ ބޭނުމިއްޔާ ދީފާނަން. އާދޭ.

  5. އުބްލޯ ގަޑި ބުރޯ

    މަގޭ އަތުގަ އެބައޮތް އުބްލޯ އެއް. އެވެސް ހަގީގަތުގަ ވަރަށް އަގުބޮޑު ބްރޭންޑެއް ދޯ! އެކަމަކު އެވެސް މަ 4000 ރުފިޔާއަށް ގެންފަ އޮތް ފޭކު އުބްލޯ ގަޑިއެއް. އޭސީސީ އިން ސުވާލުކޮށްފިއްޔާ މަވެސް ކިޔާދޭނަން ހޯދިގޮތް. ވަރަށް ސަލާމް.

  6. އާދަނު

    މުސާރަ ކޮޅަށްޓަކައި ޓްވީޓް ކުރަނީ. ޖާނަލިސްޓުން ވެސް މިހެން އުޅެން ފެށީމާ ދެން ބުނާނެ ވާހަކައެއް ނެތް.

  7. ޕޮގުބާ

    ޕީޕީއެމްގެ މަޖިލިސް މެންބަރުންނަކީ ދެފުށް ކެހެރިން އަންނި އެހެރަނުބައި ނުލަފާއިރުވެސް އެމްޑީޕީ މީހުންނަކަށް ދެގޮތެއްނުވެ އެއީ ސަބަކީ

  8. ވިލުފުށި

    ގާސިމުވެސް ގައުމައް ގައްދާރުވީމަދޯ ހިފާހައްޔަރުކުރީ ނިކަންބަލާބަލަ ގާސިމް ތެދުނަހަދާކަން ބައްޔޭކިޔާފަ މިރާއްޖެއާއި ވީކޮޅައް އަންނަން ވެއްޖިއްޔާ ޑޮކްޓަރުހުއްދަނުދޭ ފުލައިޓައް އަރާކައް. ކިހާ ހެއްވާ . ކޮބާތަ ލަދު ހުސް މަކަރު.

  9. ސަލީމް

    މީތޯ މެޖޯރިޓީއޭކިޔައިގެން އުޅޭ ލީޑަރުގެ ހަލަތަކީ؟

  10. މަރޭ

    އެއީ ދީނާ އިދިކޮޅަށް ތިބިބަޔެއް ކަނ އޭގެން ދޭހަވަނީ

  11. އަހުމަދު

    މައުލޫމާތު ސާފުކުރަންގުޅާށޯ ވިލާކޮލެޖަށް

  12. ވިދާދު

    ހަމީދަކީ ފުފިފައި ހުރި އެކްޓިވިސްޓެއް. އަޅުގަނޑު ހީކުރީ އެއީ ކުރިން ވަރަށް ދީންވެރި ބޭފުޅެއްކަމަށް. އެހެންނަމަވެސް، ކާންދޭ ބޭފުޅާގެ ދިފާއުގައި މިހާރު ނުކުމެ އެކުރެވެނީ އެކްޓިވިސްޓެއްގެ ރޯލު.

  13. ފަސީހު

    އަޅުގަނޑަކީ ޕޮލިހެއްގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މިއަދު ނުކުޅެދިވެފައިވާ މީހެއް. ގަދަ ކަމުން ޣައިރު ގާނޫނީ އަމުރު ތަކަށް ތަބާވުމަށް އަމުރުކުރާ މީހުންގެ ހުރި ނުބައި ކަމާއެވެ. އާދޭހާއެކު ސަރ އަށް ދަންނަވަމެވެ. ގޮތްދޫނުކުރުކުމާއި، ހައްދުފަހަނަ އަޅާދިއުމުގެ އައްޑަނަ އަކަށް އަޅުގަނޑުމެން ނަހައްދަވާށެވެ. މީ އަޅުގަނޑުމެން އެންމެންގެވެސް ޤައުމެވެ.