މިދިޔަ މާޗު މަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް އިތުރު 10 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ދީފިއެވެ.

މާޗް 24 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި މއ. ނޫރުއް، އަބްދުﷲ ނަޝީދު ހައްޔަރުކޮށްފައިވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައެވެ.

އެ އޮޕަރޭޝަނުގައި އަތުލައިގަތް 42 ކިލޯގެ ހެރޮއިން ފެނުނީ މ. ލަވްނެސްޓް ގޭގެ ތަޅުމުގެ ދަށުގައި ފޮރުވާފައި ހުއްޓައެވެ.

މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު އިއްޔެ ކުރެއްވި އަމުރުގައި ވަނީ ނަޝީދުގެ ބަންދަށް 10 ދުވަސް އިތުރު ކޮށްދީފައެވެ.

އެގޮތުން ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ނަޝީދުގެ އަތުން ވަނީ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި އޭނާ މަސައްކަތް ކުރާ އޮފީހުން މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތައް ވެސް ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން ސީން އަށް ދިޔަ ފުލުހުންގެ ބަޔާނާއި ހެކިވެރިއެއްގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓާއި ކޯލް ޗާޓު ވެސް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވެއެވެ.

''މީނާގެ އެކައުންޓު ސްޓޭޓްމަންޓްތަކަށް ބަލާއިރު މި މައްސަލައާ ގުޅިގެން މީނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ" ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވެއެވެ.

މަސްތުވާތަކެތި ފެނުނު ލަވްނެސްޓާ ގުޅުން ހުރި މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުން ދިއުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ނަޝީދު އެ ގެއަށް ދާ ކަމަށް ދިފާއީ ވަކީލުން ކޯޓުގައި ވަނީ ވިދާޅުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީ ގަމާރު

    ސުންނަތާ އެއްގޮތަށް ހުރި މީހެއްވީމާ ފްރޭމް ކޮއްލީ ދޯ

    1
    9
    • Anonymous

      ހާބީން ހީކުރާނީ ތިހެން.

    • ސަންފަ

      ޢޭނާ ތުނބުޅި ދިގުކުރީ ސުންނަތާ އެއްގޮތްވާން ކަމެއް ކިހިނެއް އެނގެނީ
      ޑްރަގް ޑީލުން ރެކެން ކަމަށްވެސް ވެދާނެ . ތުނބުޅި މިހާ ދިގުކޮށް ބެހެއްޓީމަ މީހުން ޝައްކެއް ނުކުރާނޭ ހިތާވެސް. ޢަދި ހަމަ މިފަދަ ދިގު ތުނބުޅި ލާފަ ތިބޭ ކްރިސްޓިއަން މީހުން ވެސް.

    • ashraf ali, thulhaddhoo

      bala mee etha faharaku faiy boe vikkaigen jalalee mehee. dhookohleethaa 6 mas nuve e bust vee

  2. ނީޝާ

    ކުރީ ޒަމާނުގައި ތުނބުޅި ދިގުވި މިންވަރަކަށް ޢިލްމު އެއްމެ މައްޗަށް ލިބިފައި ހުރިކަމުގެ ނިޝާނަކަށްވެއެވެ. ނޫނީ ޢިލްމުވެރިެއްގެ ގޮތުގައި ފާހަގަ ކުރެއެވެ. މި ބޭފުޅާ މީ މިކަމުގައި އެންމެ އުސްކުރި ބޯށި ހޯދަދިކަމުގެ ނިޝާނެއްގެ ގޮތުން ތުނބުޅި ދިގުކޮށްފަތޯ

    • Anonymous

      ޔަގީންތާ!

  3. ަސދަދ

    ނަޝީދު ކިޔައިފިއްޔާ ބަލާނެކަމެއްނެތް... އެވާނީ ވިިޔާނުދާ މީހަކަށް

    2
    1
  4. ކަމަނަ

    ޢަދި ދިގުކޮއްލާފަ ވިއަކާ

  5. Anonymous

    ބޭރުފުށުން ކިތަންމެ ސުންނަތާއި އެއްގޮތްވިޔަސް އެތެރެފުށުގައި ނިފާޤުކަން ހުރެއްޖެ ނަމަ އެވާނީ މުނާފިޤަކަށް..އެފަދަ ބަޔަކަށް ދެދުނިޔެވެސް ގެއްލުނީ. އެހެންކަމުން ތުނބުޅި އެކަންޏެއް ނުވާނެ މީހާ ނަރަކައިން ސަލާމަތްކުރާނެ އެއްޗަކަށް.
    މީހާ ގެ ދެދުނިޔެ ލިބުން އޮތީ ތައުހީދުގެ މަތީގައި ސާބިތުވެ އެންމެހާ ޝިރުކުން ސަލާމަތްވެ، ﷲ އަށް ފުރިހަމަ ގޮތުގައި ތަޤްވާވެރިވެ ބަހާއި ޢަމަލުގައި އަލް އިސްލާމް ތަންފީޒުކުރާ މީހުންނަށްކަން ބޭކަލުންނޭ ދަންނާށޭ.