މުސާރަ ބޮޑުކޮށްދިނުމަށް އެދި ގޮވާލާ ސިއްހީ މަސައްކަތްތެރިން މިއަދު އިހްތިޖާޖް ކޮށްފިއެވެ.
މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން އިންތިޒާމުކޮށްގެން އެ އިހުތިޖާޖު ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީ ކައިރީގައެވެ. އެ ޔޫނިއަނުން ބުނީ އެމީހުން ކުރިއަށް ގެންދިޔައީ ހިމޭން އިހްތިޖާޖެއް ކަމަށެވެ.
އެ ޔޫނިއަންއިން ބުނީ އެހާހިސާބަށް އަންނަން ޖެހުނީ 2019 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ހެލްތް، ސިވިލްސާވިސް ކޮމިޝަން، ނެޝަނަލް ޕޭކޮމިޝަން އަދި ރައީސް އޮފީސް އާއި އެކު އެތައް މަޝްވަރާތަކެއް ކުރުމަށް ފަހުގައި މުސާރައަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ކަމަށެވެ.
"ގިނަ މަޖިލިސް މެންބަރުންނާއި ބައްދަލުކޮށް ހުލާސާ ރިޕޯޓް އެރުވުން. 2020، 2021 އަދި 2022 ގެ ބަޖެޓް އެކުލަވާލީ، ޔޫނިއަންއިން ލޮބީ ކުރަމުން ދަނިކޮށް. 20 އަހަރު އިންސާފު ނުލިބި ތިބި މަސައްކަތް ތެރިން ސެކްޓަރގައި އެބަތިބި، ޕްރޮމޯޝަން ދެވޭނެ ސްޓްރަކްޗަރ އެއް ނެތުމަކީ މަސައްކަތްތެރިން މިހާ ބޮޑު ބޭއިންސާފެއް ގައި ތިބެން ޖެހޭ ސަބަބެއް ނޫން." މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ބުންޏެވެ.
އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ތަފާތު ކުރުން ގެންގުޅުން ހުއްޓާލަން ޖެހޭ ކަމަށާއި ސިޔާސީ ގޮތުން ތަރުތީބު ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އެ ޔޫނިއަންއިން ބުނެފައިވެއެވެ.
މިއަދު ސިއްހީ މުވައްޒަފުން ކުރި އިހްތިޖާޖުގައި ގޮވާލީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެ ތާރީހެއް އަންގައި ދިނުމަށެވެ. އަދި އެ މުވައްޒަފުންގެ ވަޒީފާގެ އާ އޮނިގަނޑެއް ވުޖޫދަށް އައުސް ލަސްވެފައިވާތީ އެ މަސައްކަތް އަވަސް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ވަރަށް ބޮޑަށް ބޮޑުކޮށްފައިވާއިރު ދެން އެންމެ އަވަހަށް މުސާރައިގެ ކުރިއެރުން ލިބޭނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށް ޕޭ ކޮމިޝަނުން މިދިޔަ ހަފްތާ ތެރޭގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މަނީވެލިއު

    ހައްހާ ތިއޮތީ އާ ކުޅިއެއް ފެށިފަ.. ތިހެން އެއްފަހަރާ އެންނެންގެ މުސާރަ ބޮޑުކުރީމަ ހަމައެކަނި އަދަދު ބޮޑުވާނި މަނީގެ ވެލިއު ދަށްވާނެ. އިންފްލޭޝަން މަތިވެވތަކެތީގެ ޚިދުމަތާ އަގު އުފުލޭނެ.. ޓީޗަރުންގެ މުސާރަ ބޮޑުވެފަ ދެދުވަސް ނުވޭ މޯލްޑިވިއަންގެ ޓިކެޓު ބޮޑުވީ.. ދެން އެންނެން އެއްފަހަރާ ބޮޑު ވެއްޖެއްޔާ ކިތައް ޚިދުމަތުގެ އަގު ބޮޑުވާނެ..

    19
    2
  2. ޑައެލޯގް

    ބަލަ ތައުލީމީދާއިރާގެ މުސާރަބޮޑުވެފައެވަނީ އިބޫގެ ތިމާގެމީހެއް ތައުލިމީދާއިރާގައި އުޅޭތީވެކޮށްފައިވާ ކަމެކެވެ. އެހެންވީމާ ބާކީމީހުންވާނީބާކީއެވެ. އެއީ ޒީރޯޓޮލަރެންސް ކޮށް ގައުމުހިންގާގޮތެވެ.

    17
    5
  3. ބުނެލީ

    ފިނޭންސްއާއި އައިޔޫމްއިން ބުނީ އެންމެ ދަށްވެގެން ޓީޗިން ޑިޕްލޮމާއެއް އޮވެގެންނޯ މުސާރައަށް ގޮތެއްވާން އޮތީ

    12
    2
    • ޒިކް

      ޑިޕްލާ ނެތިއްޔާ ކޯއްޗެއް ކިވަވަދެވޭނޚ މިޒަމާނުގަ؟؟ ފޮށުފިލާ ކިޔަވައިދޭން އެދުރު ގެއަކަށް ފޮނުވާ

      1
      1
  4. ގައުމުގެފަރުދަކު

    ބަލަ ނަރުހުންނާ ލެބު ނުވަތަ ތަހުލީލު ކުރާމީހުންގެ އިންސާފު މިނާގާބިލުސަރުކާރަކުން ނުކޮއްދޭނެ އަބަދުވެސް ކަލްދޯބަޖާއޯ މިހެން މިހާރު ބަލަ މިހާހައްސާސްމަސައްކަތެއްކުރާބަޔަކައް މިސަރުކާރުންވެރިކަންއައީސިއްހީދާއިރާވެސް ވަރައްބޮޑުގުރާބާންވެގެން ވެރިކަންލިބުނީމާ ހަދާނެތުނީ މި އިންޑިޔާގެ މޯދީ މިގައުމުކުޑަ ފައިސާކޮލަކައްގަނެ މި މުންޑުކޯލޭސަން މިހާރުވަނީ ފޭލިވެފައި އިރާދަކުރެއްވިޔާ މި ނުބައިގައްދާރުން އިންސާފުއަރާހަމަކުރާނެ އަދި އަނަގޮޑި ހުރަގެއައްވެސްލާނެ ބުރަކިށީގާ ޖަހާނެ ގައުމަށާ ރައްޔަތުންނައްގައްދާރު މިނާގާބިކުސަރުކާރު ސައިޒުކޮއް ދެހާސްތޭވީސްގެވެރިކަމަންރީދޫ ބައިގަޑު ބޮޑުތަނުފޭލިކޮއްލާ ގަޓު ހުރި މިހަކުގެންނާނީ؟؟

    2
    3
  5. Anonymous

    މަޑު ކޮއްލާ ވޯޓުގެ ކުރިން ހަމަޖެހޭނެ. ދެން ތިބި ދިވެހި މޮޔައިން ވޯޓުދޭނެ.

    19
    2
  6. ލާރި

    އަހަރެމެން މުދިމުންގެ ވެސް މުސާރަ ބޮޑުކޮއްދީ

  7. ވީޥާ

    ކޮބާ ކަސްޓަމް އޮފިސަރ ގެވެސް

    2
    2
  8. Anonymous

    ޑރ. އިސްމާއީލު ޝަފީއު (Ismail Shafeeu) އެފްބީގައި ވިދާޅުވަނީ:
    ޔުނިވަރސިޓީގެ މުވައްޒަފުންގެ މުސާރައާއި ބެހޭ
    ޓީޗަރުންގެ މުސާރަ ބޮޑުވުމާއިގުޅިގެން، ތިމަންނާމެންގެ މުސާރަވެސް ބޮޑުވާންޖެހޭނޭކަމަށް ވާކާލާތުކޮށް ރާއްޖޭގެ 2 ޔުނިވަރސިޓީގެ ލެކްޗަރަރުން މުޒާހަރާކުރާ ހިސާބަށް ކަންކަން ހިނގައްޖެކަމަށް ގަބޫލު ނުކުރަމެވެ.
    ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވި ދުވަހު ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ 1 މޭ އިން ފެށިގެން ބޮޑުކުރާކަން ވަނީ އެނގިފައެވެ. އަދި އޭގެ ފަހުން ދައުލަތުގެ ވެރިންނާއި ވަޒީރުން ދައްކާފައިވާ ވާހަކަތަކުންވެސް މުސާރަ ބޮޑުވާނީ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިނގާ ސްކޫލްތަކުގެ ޓީޗަރުންނާއި ފަންނި މުވައްޒަަފުންނަށްކަން ވަރަށްސާފުކޮށް އެނގެއެވެ. އެއްވެސް ފަހަރެއްގައި 2 ޔުނިވަރސިޓީގެ ލެކްޗަރަރުންގެ ވާހަކަ މިދެންނެވި ވާހަކަތަކުގެ ތެރޭގައި ދެކެވިފައި ނުވެއެވެ.
    ނަމަވެސް ޓީޗަރުންގެ މުސާރަ ބޮޑުވުމާއެކު އެކަމާއި ގުޅުވައިގެން ތިމަންނާމެންނަކީ ޓީޗަރުންގެ ތަމްރީނުކުރާ މީހުންނޭ، އެހެންވީމާ ތިމަންނާމެންނަށް އެއަށްވުރެ ބޮޑު މުސާރައެއް ލިބެންވާނޭ ބުނެ، އޭގެ ކުރިން ކުރަންޖެހޭ އެއްވެސް މަސައްކަތެއްނުކޮށް މުޒާހަރާ އާއި ހަމައަށް ދިއުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ.
    އަދި ދައުލަތުގެ ޔުނިވަރސިޓީއެއްގައި މަސައްކަތްކުރާ މީހެއްގެ ހައިޘިއްޔަތުން މި ހަރަކާތަށް އަޅުގަނޑު ތާއިދު ނުކުރާ ދެތިން ސަބަބު ލިޔެލަން ގަސްތުކުރަމެވެ.
    1. ޔުނިވަރސިޓީ ތަކަކަކީ މިނިވަން މުސްތަގިއްލު މުއައްސަސާތަކެވެ. މި ދެ ޔުނިވަރސިޓީ ހިންގުމުގެ އެންމެ ބާރުވެރި ފަރާތަކީ ޔުނިވަރސިޓީ ކައުންސިލެވެ. ތަޢުލީމީ ދާއިރާގެ މުދައްރިސުންގެ މުސާރަ ބޮޑުކުރާވާހަކަ ރައީސް ވިދާޅުވި ފަހުންވެސް ޔުނިވަރސިޓީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅޭ މަސައްކަތް ކުރިއަށްގެންދިއުމަށް ގަރާރެއް ފާސްކޮށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވެއެވެ.
    2. މުޒާހަރާއަކާއި ހަމަޔަށް ދިޔުމުގެ ކުރިން ކަމާއިބެހޭ ފަރާތްތަކާއި އެކު ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށް، މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަންޖެހޭނޭކަމަށް ދެކެމެވެ. މިފަދަ އެއްވެސް ކަމެއް ނުކޮށް މުޒާހަރާ ކުރުމަކީ ހެޔޮގޮތެއްކަމުގައި ނުދެކެމެވެ.
    3. ޓީޗަރުންނަކީ ޔުނިވަރސިޓީގެ އުފެއްދުމެކެވެ. އެމީހުންގެ މުސާރަ ބޮޑުވީތީ އުފާކުރަންޖެހެއެވެ. އެކަމަށް ނެގެޓިވްކޮށް ވާހަކަދެކެވުން ބަލައި ނުގަންނަމެވެ. ލެކްޗަރަރުންގެ މުސާރަ ބޮޑުވާންޖެހޭނީ ޓީޗަރުންގެ މުސާރަ ބޮޑުވީތީއެއް ނޫނެވެ. އެގޮތަށް ދެކުމަކީ ގޯހެކެވެ.

    4
    3
  9. Anonymous

    ދެން ނުކުންނާނީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމަށް ބެލެވޭ. މިގައުމުގައި ތިބި އެންމެ މުހިންމު ބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުން. އެމީހުންނާ ނުލައި މިގައުމު ނުހިންގޭނެ. އެމީހުން ދިން ޚިދުމަތެއް އޮފީސްތަކުން ރައްޔިތުންނަށް ލިބެނީ. އެމީހުން ދެއްކި މަންޒަރެއް ސަރުކާރާމެދު ރައްޔިތުންނަށް ފެންނާނީ. މިރާއްޖޭގައި ސަރުކާރުތައް ވެއްޓެނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް އެމީހުންނަށް ދެރަކޮށް ކަންކުރާތީ.

    3
    1
  10. ނަަރި

    ހެލްތް ސެކްޓާ މުސާރަ ބޮޑުނުވެގެން ވާހަކަދައްކާއިރު މިހާރުވެސް ރިސާޗެއް ހަދާބަ. ހޮސްޕޓަލްތަކުގަ އުޅޭ އެންމެ އާދައިގެ މީހާވެސް ގެއަށްގެންދޭ މިހާރު ތަޢްލީމީދާއިރާގެ އެންމެބޮޑު މުސާރާލިބޭ ޓީޗަރުންނަށްވުރެންވެސް ބޮޑު އަދަދދެއް! ރަގަޅު، ބޭސިކް އެމީހުންގެ ކުޑަ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މުސާރައޭ މިކިޔަނީ ކޮންމެމަހަކު ގެއަށް ގެންދަންލިބޭ އާމްދަނީކަމަށް ..ދެން އެމީހުންއެބުނާވަރަށް ބޮޑުކޮށްލީމަ ރައީސުލް ޖުމްހޫރިއްޔާގެ މުސާރައާވެސް ނުބައްދަލުވާނެތާ..... ކޮންމެ ފަހަރަކު ޓީޗަރުންގެ މުސާރައޭ ހަމަ ކިޔާލާއިރަށް ހީވަނީ މުޅިރާއްޖެއަށް ބިންހެލުމެއް އައިސްގެން އުޅޭހެން. ބޯހަލާކު.

    4
    1
  11. އިރާ

    މިހާރުވެސް އާދައިގެ ނަރުހަކަށް ގެއަށް ގެންދަން 22 ހާސް ރުފިޔާ ލިބޭ، ޔުނީފޯރމް އެލަވަންސް، ދޮންނަ އެލަވަންސް، ރިސްކް އެލަވަންސް،ސަރވިސް އެލަވަންސް، އެޓެންޑެންސް އެލަވަންސް، މިވަރުވެސް މަދުވެގެންތަ ތިއުޅެނީ، ރީޖަނަލް ހޮސްޕިޓަލްތަކުގެ އެޑްމިޓްކޮށްފާ ތިބޭނީ ޢާންމުކޮށް 3 މީހުން، ގިނަވާނީ އެންމެ މީހަކު އެޑްމިޓްކޮށްފާ އޮންނަ ދުވަސްތައް،

  12. އެޑިއުކޭޝަން

    ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް ސަރުކާރުން އޮޅުވާލާ މިނިމަމްވޭޖް ކަނޑާލާފައި މުސާރަ ބޮޑުކޮށްފި....ދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއް

  13. އައިސްތު އަލީ

    އެޑިއުކޭޝަންގަ އުޅޭ އިދާރީ މުވައްޒަފުންގެ މިނިމަމް ވޭޖް ކަނޑަފަ 35 ޕަސެންޓް ބޮޑުކޮށް އޮޅުވާލައިފި....

  14. ސަމީ

    އިބްރާހީމް މ ޞާލިޙު ގެ އަންހެނުން ނަކީ ނަރުހެއް ނޫނެއްނު އޭނާ އަކީ ކުރީގެ ޓީޗަރެއް އެހެން ވީމާ ޓީޗަރުންގެ މުސާރަ ބޮޑުވާނެތާ... ކޮވިޑް ގައިވެސް އެންމެ މުހިއްމި އަދި ބޮޑު ބުރައެއް އުފުލީ ހެލްތް ގެ ތާއިރާގެ މީހުން އެކަމަކު އެކަން ނުވީ...

    1
    2
  15. ކިނޮޅަހު ބޭރި

    މިހާރުވެސް ޑިޕްލޮމާ ފެންވަރުގެ ނަރުހަކަށް މަހަކު ގެއަށް ގެންދަން 23ހާހެއްހާ ރުފިޔާ ލިބޭ ޓީޗަރުންނަށް ބޮޑުކުރި މުސާރައަށް ބަލާއިރުވެސް އަދިވެސް ނަރުހަކާ އެއްހަމަޔަކަށް ނާދެވޭ! މިހުރިހާ ދުވަހު އެވާހަކަ ދައްކާ ބަޔަކު ނޫޅޭ! އަދިވެސް ތިގޮވަނީ ތިމަންނަމެންނަށް މުސާރަ ބޮޑުކުރާށޭ! ދުވަހަކުވެސް ހިތެއް ނުފުރޭނެ.

  16. އަލީމް

    މުސާރަ ބޯދުނުވަނީ ޞިއްޙީ ދާއިރާއަށްތޯ ނުވަތަ އެހެނިހެން ދާއިރާއަށްތޯއެވެ؟ އާދައިގެ އޮފީސްތަކުގެ އެޑްމިނސްޓްރޭޓިވް އޮފިސަރުންނަށް ލިބެނީ އެންމެ 7400ރ އެވެ. މިއީ މިފަދަ ގަގޮބޮޑު ދިރިއުޅުމެއް އުޅޭ ޒަމާނެއްގައި ހަމައެކަނި ގާޑުކޮޅި ގަނެލާވަރުގެ ކުޑަ އުޖޫރައެކެވެ. ޓީޗަރަކަށް 20000ރ ނަރުހަކަށް 20000ރ ޕްރިންސިޕަލަކަށް 35000ރ ދޭއިރު މިހުރިހާމެންވެސް ޒަރޫރީ ތަކެތި ގަންނަނީ ހަމަ އެއްފިހާރައިން އެއް އެގެއްގައެވެ. ކަރަންޓު ބިލާއި ފެންބިލް ދައްކނީ ހަމަ އެއް އިންޖީނުގެއަށެވެ. ވީއިރު މުސާރައިގެ މިވަރުގެ ތަފާތެއް ހަމަ ދިވެހި މުވައްޒަފުންނާ ދޭތެރޭ ގެންގުޅުމަކީ ވަރަށްބޮޑު ބޭއިންސާފެކެވެ.

  17. ބަޒުރާ

    މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގައި ރައީސް މައުމޫނު ގެންގުޅުއްވި ޕޮލިސީ އެންމެ ރަނގަޅީ. އޭރު ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނީ އެއްފަހަރާ. މިހާރު އެކި ދާއިރާތައް ވަކިވަކިން މިކަން ކުރީމަ ހަމަހަމައެއްނޫން. ޓީޗަރުންގެ މުސާރަ މިހާރު ކިތަންމެ ފަހަރަކު ބޮޑުކޮށްފި. އެހެން މީހުންގެ މުސާރަ ބޮޑުކުރާކަށް ހަނދާނެއްނެތް. ދެން މިޖެހެނީ އިހުތިޖާޖުކުރަން. ސިއްޙީ ޚިދުމަތްތެރިންގެ ތެރެއިންވެސް ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ކުރިން ވަނީ ބޮޑުކޮށްދީފަ. އަނެއްކާވެސް އެމީހުން އިހުތިޖާޖުކުރަނީ. އެހެންމީހުންނާމެދު ވިސްނާނީ ކޮންއިރަކުންބާއޭ ހިތަށްއަރަނީ.

  18. ފުލުހުން ސިފައިން

    އަހަރުމެން މި ތިބެނީ ނަގޫ ފިތިފައި، ކަޅު ހެދުންލުން ވެސް މަނާ! އިހްތިޖާޖް ހަރާން ! ލޮލް