އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ކުރީކޮޅު ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ މާލެ އިންނެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިން 30 ދުވަސް ދިނެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރަން އޭނާ ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއިއެކު އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ބަންދުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި، އޭނާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ބަންދު އަމުރު ދެމެހެއްޓުމާއި ރިވިއުކުރުމުގައި ވެސް މީގެ ކުރިން ބަލަނީ މައްސަލަ ބަލަން ފެށުމާ އެކު ފުރަތަމަ ދޭ ލިޔުމަށެވެ.

މިމައްސަލައިގައި ކުޑަކުދިންތަކެއް ހިމެނޭތީ މައްސަލައިގެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންދުން ދޫކޮށްލި މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ އާއިލީ ގުޅުން އޮންނަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރަން މާދަމާ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކިތައްމެ ބޮޑު ބޭފުޅަކަށް ވިޔަސް ކުށް ކޮށްފިއްޔާ އަދަބު ލިބެންޖެހޭނެ
    އެކެއް ކަމަށް ހަދަރިންނާއި ބެހި އަދި ނޭނގޭ އެހެންމީހުންގެ ދަރިންނާއި ވެސް ނުބެހޭކަމެއް
    ކޮންފަދަ ނުބައިކަމެއް މިދައްކަނީ. ޙައްޤު އަދަބު ދޭންޖެހޭ.

  2. ޙަނދުކޭތަ

    ސޯލިހު ބުނި ކުޑަކުދިންގެ ދުވަހު ކުޑަކުދިންނައް ރައްކާތެރިކަންފޯރުކޮއްދޭނަމޭ ހަމަ މިދުވަހު 6 ކުދިންނާބެހުނު މީހާ ދޫކޮއްލީ އަނެއްކޮޅުން މަންމަގެ ލޯބިވެރިޔާ ގެ އަންހެންދަރި ޜޭޕްކޮއް ބިރުދައްކާއިރުވެސް ލޯބިވެރިޔާ މިނިވަންކަމާއެކު މިވަރަކައް ކުޑަކުދިން ރައްކާތެރިކުރެވެނި އިސްތިއުފަދީފަ އިންޑިޔާއައް ފެއްސިބަލަ

  3. Happy

    ދެންތިކޯޓުންވެސް ދޫކޮށްލާ😔