އޭ.ޑީ.ކޭ ހޮސްޕިޓަލް ފޮޓޯ : ސަން

އިއްޔެ ހުޅުމާލޭގެ ފްލެޓެއްގެ ވައި ގޮޅިއަކުން ވެއްޓުނު ބިދޭސީ ފިރިހެން މީހާ މަރުވެއްޖެ އެވެ. އެ މީހާ މަރުވީ އިއްޔެ އެވެ.

އިއްޔެ ހުޅުމާލޭ ފަސް ނަމްބަރު ފްލެޓުގެ ހަތަރު ވަނަ ފްލޯއިން ވައިގޮޅިން ވެއްޓުނު، އެމީހާގެ އަތާއި މޭގެ ކަށިގަނޑުވަނީ ބިންދައިގެން ގޮސްފައެވެ. އަދި ކަރަށް ވެސް އަނިޔާތައް ލިބިފައިވެއެވެ. މިމީހާ މަރުވެފައިވާކަން އެޑީކޭއިންވަނީ "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެ.

މިމީހާއަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. އަދި މަރުވެފައިވަނީ އިތުރު ފަރުވާއަށް އޭޑީކޭއަށް ގެންދިޔަ ފަހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މިވަރުގެ ކަމަކަށް ވެސް ފަރުވާއެއް ނުދެވުނު. ގައިމު އެހެން ގައުމުތަކުގަ ފުނޑުފުނޑުވެފައި އޮތަސް އެބަ ގަދަ ކުރޭ.

  2. ކުފްރުނު ނުވެ އެއްވެސް އިންސާނަކަށް ފުނޑްފުނޑްވެފަ އޮތަސް ގަދައެއް ނުކުރެވޭނެ ކުރެވޭނީ މަސައްކަތް ކާމިޔާބް ދެއްވާނީ ﷲ

  3. ދެންބުނޭ ތިއީ ޔާމީންކުރިކަމެކޭ

  4. ކުފުރު ނުވެ ތައުބާ ވުމަށް ގޮވާލަން. މަރަކީ އެއްވެސް ފަރާތަކަށް ހިފެ ހެއްޓޭނެ އެއްޗެއްނޫން. ނުވުސްނޭ ދަރިޔާ

  5. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން

    ބަންގްލަދޭޝް މީހެއް ވީމަ އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން ކިޔާނެ މީހަކު ނުވި ދޯ.

  6. ކުފުރު ނުވެ ތައުބާ ވުމަށް ގޮވާލަން. މަރަކީ އެއްވެސް ފަރާތަކަށް ހިފެ ހެއްޓޭނެ އެއްޗެއްނޫން. ނުވުސްނޭ ދަރިޔާ. މަރަކީ ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް އެއިނ ޢިބުރަތެއް ޙާސިލުވާނެ ކަމެއް.

    • އަޅެ މީހާދަ ޖާހިލު ބައިގަނޑެކޭ ދޯ؟ ބޭސް ފަރުވާއިން ފަސޭހަކުރެވިފައިވާ ކިތައް މީހުންތަ ގައުމުތަކުގަ ތިބީ. މިއަކީ މާތް ﷲ އަށް ގޮން ޖެހުމެއް ނުނެއްނު؟ މާތް ﷲ އިލްމު ދެއްވަނީ ހޯދާ ދަސްކުރާބަޔަކަށް.