ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާން ނިންމީ އެމަނިކުފާނު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ވިލިމާލޭ އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ބޭބެ، މައުމޫން ހައްޔަރުކުރީ ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުކުރީ ދައުލަތުގެ ހައްގަކަށް އަރައިގަނެ، ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރުމުގެ އެންމެ މޭސްތިރިއަކަށް ހުންނެވުމުން ކަމަށެވެ.

ނަމަވެސް މައުމޫން ހައްޔަރުކޮށް ޖަލަށްލާން ނިންމީ އެމަނިކުފާނު ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމި ނިންމުމެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ރައީސް ނިންމާ މިކަހަލަ ބޮޑެތި ކަންކަން ނިންމާއިރު އޮންނާނެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއެެއް. އެއީ ވަޒީރުންގެ ކޮމެޓީއެއް. އެ ކޮމެޓީގައި ތިބޭނެ މުހިންމު ދާއިރާތަކުގެ ވަޒީރުންގެ އިތުރަށް އެކޮމެޓީގައި ތިއްބަވާނެ އެމްއެންޑީއެފްގެ ޗީފާއި ވައިސް ޗީފާ، އެބޭފުޅުން ދުނިޔޭގައި ތިއްބެވި ބޭފުޅުން ހާޒިރުވާނެ. އަޅުގަނޑެއް ނޫން ރައީސް މައުމޫން ޖަލަށްލާން ނިންމީ. އެކީ ކޮމެޓީގެ ނިންމުމެއް އެ މައްސަލަ އިސްވެ ހުށަހެޅީ ވެސް އަޅުގަނޑެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، ގާތް މީހެއް ނަމަވެސް މުޅި ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔުމުން އެވަގުތު ދައުލަތް ހިންގަން ހުންނަ މީހެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ޖަލަށްލުމާއި ގުޅިގެން މައުމޫން މީގެ ކުރިން ވިދާޅުވީ، އެއްކޮޅުން ޔާމީނާއި ރަހިމުގެ ގުޅުން ދަމަހައްޓަން ބޭނުން ވިއަސް އަނެއްކޮޅުން އެކަން ކުރަން ބޭނުންވާ ކަމުގައިވާނަމަ އެކަން ނުކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މައުމޫނުގެ އިތުރުން ދަރިކަލުން ފާރިޝް މައުމޫން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ ސަރުކާރު ވައްޓާލަން އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. Anonymous

  ވަގުތޫ އަވަހަށް ޞުރުޚީ ރަނގަޅު ކޮށްލައްވާ

  1
  1
 2. ނިހާން

  މި ގައުމުގެ ހައްގުގަ ކަލޭވެސް ތީ ޖަލައް ލާން ޖެހޭ މީހެއް.

  11
  22
 3. ޑައެލޯގް

  އަސްލު މައުމޫނުގެ ވެރިކަން ކަމުނުގޮސްގެންއުޅުނުބަޔަކު ގޮވީ މައުމޫނު ކަމުނުދަނީ ތިމާގެމީހުނަށް ވަޒީފާދިނުމާއި މިނިސްތަރުންނަށް ފިޔަވަޅުނޭޅުމާއި މިފަދަކަންކަމެވެ. ދެންޔާމީނު މޫނެއްކަނދުރާއެއްނުބަލާ އެއިރު ދިވެހިންގޮވިކަންކަން ކުރީމަ ގޯސްވީޔާމީނެވެ. ވީމާ ޔާމީނުގޯހެއްނޫނެވެ.

  23
  3
 4. ޏަމްނަމް

  އަޅުގަނޑު ކުރީ ވައްކަން އެކަނި.

  6
  14
 5. ރާގޮނޑި

  އަޅުގަނޑު އިނީ ތާސް ކުޅެން ދެއްތޯ

  11
  11
 6. ކަލޯ

  މަނިކުފާނި ވެރިކަމުގަ މަނިކުފާނު ކުރެއްވި ކަމެއް ބުނެދެއްވަބަލަ ނިކަން

  10
  7
 7. ތިލަދުންމަތިން

  ބަލައަދިވެސްވެރިކަމާހެދިމޮޔަވާކަން ގައްސާނު މެންބަރުކަމަންކުރިމަތިލީމާދަރިފުޅާވެސްދެކޮަޅައްމައުމޫނުގެޕާޓީމީހަކުނެރުނު ވެރިކަމާހެދިމޮޔަވާވަރު އަދި ހިބަރު ކީކުރަން ފެމެނު މިޔަރުވެސް ވެރިކަމައްވެޖެއްޔާ ހުދުމުހުތާރު މައުމޫނުއަކީ މުބައި މީހެއް

  6
  2
 8. މީން

  ކުށެއް ކޮއްފިއްޔާ މައުމޫނަކަސް ޖަލައް ދާން ޖެހޭނެ. އަދި މިހާރުވެސް ޖަލު ހުކުމުން ބަރިއްޔަވެފައިހުރީ ނުފޫޒުން ކަމަށްވާނަމަ އަލުން ޖަލައް ދާން ޖެހޭނެ. މައުމޫނަކީ ގާނޫނު އަސާސީއިން ޚާއްސަ އިސްތިސްނާތަކެއް ލިއްބައިދީފަވާމީހެއް ނޫން.

  12
  3
  • ޒީޖް

   ދެން ޔާމީނު އާރާ ބާރުގަ ހުރި އިރު މަޢުމޫނު ހައްޔަރުކޮށް ކުރި ތަހުޤީޤުން މޮކޮސްވެސް ނުފެނުނީ ކީއްވެޔޯ؟؟ ކުޑަ މިނުން ކޯޓަށް ކީއްކުރަން ޕީޖީއަށް ފޮނުވޭވަރަށްވެސް ހެއްކެއް ނުކިބުނު

 9. ދުނިޔެ

  އިބުރާހިމް ނާސިރައް ފަހު މިރާއްޖެއިން ދުން އެއްމެ ރީތި ވެރިކަން މީ......

  5
  8
  • ލޮލް

   ޢިބޫސޯލިހުގެ ވެރިކަންދޯ. ވަރަށް ރަނގަޅު ވާހަކައެއް

 10. Anonymous

  ކަލޭމެން ދެމީހުން 2023 ގައި އިބޫގެ ދުވަސްދުއްވާލަން ނުކުންތަން ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ. މައުމޫނު ޖަލަށްލީ މައުމޫނުގެ މަގުބޫލުކަން އިތުރުކުރަންވެގެންކަން އޭރުވެސް މަމެންނަށް އެނގޭ. މިހާރު ވެސް މައުނޫނުގެ ދަރިން އެތިބީ އެކި ޕާޓީތަކުގައި. ކޮންމެ ޕާޓީއެއް ވެރިކަމަށް އަޔަސް މައުމޫނުގެ ދަރިއެއް ހުންނާނެ ސަރުކާރުގެ އިސް މަގާމެއްގައި. މަކަރުވެރި މީހެއް ދޯ.

  2
  6
 11. Anonymous

  މަރުހަބާ ޔާމިން

  13
  6
 12. ބޮކި

  ބަލަ ކަލޭނޫންތަ މުޅި ދައުލަތް ދަވާލީ ؟؟
  ބަލަ ކަލޭނޫންތަ ބުނީ ޑޮލަރު މާރުކުރަން ނެގި ފައިސާ ؟؟
  ބަލަ ކަލޭނޫންތަ ބުނީ ހަލާލު ހަރާމް ފައިސާ ދޫވެހި ވަންނަވާހަކަ ؟؟

  8
  14
 13. އަލްޖިބްރާ

  މިހާރު ކަލޭ ކުރިއެއްވެސް ކަމެއް އޮތް ކަމަކަށް ނުވާނެ ! ތީ ކާކު ؟ ތީ މިޤައުމުގެ ހަލާކު !

  7
  16
 14. ހުދުކާޅު

  މަނިކުފާނުވޭ. ތިޔަވާހަކަ މީހުން ޤަބޫލެއް ނުކުރާނެއޭ. ތިޔަވާހަކަ އަޑު ކެނަޑިފައިވަނިކޮށް އަނެއްކާ ތިވާހަކަ ކިލުވާލުމަކީ އަތަށް ގޮވުމޭ. ބޮހޮބޮހޮވޭ

  5
  13
 15. ޙައްޕު

  އަމިއްލައަށް ބަރަހަނާވާއިރުވެސް ނޭންގޭ. އެއޮތީ ބުނެފަ ރަ އީސް ނިންމާ ކަންކަމުގަ ތިބި މީހުން ކުރިކަމެކޭ. ދެން މިބުނަނީ އެމީހުންނޭ ނިންމީ. އަނެއްކާ އެބަބުނޭ ، އެކަހަލަ ކަންތައްކުރީމަ އެހެންވާނެއޭ. އެކަމަކު ރައީސެއްނޫނޭ ނިންމީ. އެހެން ބަޔަކު ނިންމިއަސް ، ރައީސް ފަހުބަސް ބުނާނީ. ދެން ޔާން މިއަށް ޖަވާބެެއްދީބަލަ...ހެއްހެއް
  މައުމޫނަށް އެބައޮތް ޔާންޓޭއަށް އަބުރުގެ ދައުވާކުރެވެން. އެެއީ ވެރިކަން ވައްޓާލުމުގެ މުގުލުގަ ހުރީ މައުމޫނޭ ބުނީމަ.
  30 އަހަރު ވެރިކަން ކުރި މީހެއްގެ އަބުރު ކަތިލުމުގެ ހުކުމަކީ 24 މަހަށް ޖަލަށްލުން. އޭރުން 2023 އޮންނާނީ ލިބިފަ.

  6
  11
 16. އުގުރި

  ޔާމީނު އަކީ ގަޓު ހުރި މީހެއް..

  16
  6
 17. Anonymous

  ކޮމެޓީތައް އޮންނަ ކަން މިރައީސަށް އެނގޭދޯ.... ދެން ކީއްވެޔޯ އިންޓެލިޖެންސް ނުލިބެޔޭ ކިޔާ ރޯބުހުތާނު ދޮގު ހަދަނީ... ލޮލް އަދީބާއި އެކު ކުރި ވައްކަން ނުވަނީތަ ދައުލަތުގެ ކަމަކަށް... އެއީ އަމިއްލަ މަސްލަހަތު ދެއްތޯ.
  ލަދު

  6
  7
 18. ބަޑަންޑޫ

  އާން ކަލެއަށް ނުވެސް އިނގޭ މައުމޫނު ހައްޔަރުކުރިކަން މާފަހުން ޓީވީން ހަބަރުގަ ދައްކަނިކޮށް ފެނިގެން އިނގުނީދޯ ތީދެން ކޮންމެހެން ދޮގެއް ހަދާވަރުކްމެއް ނޫނޭ ކޯޓުން އަމުރުނެރުނީ ވެރިކަން ވައްޓާލަންތަ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ ކޯޓުން ނެރޭ ހުކުމަކާ ގުޅިގެން ގައުމުގަ ކުއްލިހާލަތު އިއުލާނުކުރެވޭތަ އެއީވެސް ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް ކުރިކަމެއް

  2
  11
 19. މަޗާ

  މީހުން ޖަލަށް ނުލާ ބަން ދު ނުކުރުމަ ކީ އެވެރިކަމެއް ރަގަޅު ވީކީނުން. ވެރިކަމެއް ރަގަޅު ވުމަ ކީ އެވެރިއެއް ފައިބައިގެން ދާއިރު ގައުމަށާ ރައްޔަތުންނަށްކޮށް ދީފަ ވާ ފައިދާހުރި ކަންކަން. ވެރިކަމެއް ކުރާ އިރު ބަންދު ކުރަންޖެހޭމާހުން ނާ ދޫކުރަންޖެހޭ މީހުން ތިބޭނެ.

 20. ހަސަން ކުރުސި

  ދެންކާކު؟ ނަސްރީނާ އުތަ

 21. އިސްޢާފް ސަލީމް

  ވެރިކަން ވައްޓާލުމަށާ މަޖްލިސްމެމްބަރުން ގަތުމަށް އަމިއްލަޔަށާ ފާރިޝްދަރިލައްވަޔާ ދަނބިދަރި ނަދީމުލައްވާ އެކިފަރާތްތަކަށް ކުރި މެސެޖްތަކާއި ރިޝަވްތު ހުށައެޅި ގިނަ ހެކިތައް މައުމޫނުގެ ފޯނުގައި ހުރުމުން ފޯނު ދިނުމަށް ފުލުހުން އެދުނެވެ. ދެންފަހެ އެ ފޯނު ދިނުމަށް މައުމޫނު އިންކާރުކޮށްފިއެވެ. އަދި އަޅުގަނޑަށް މެސެޖްކުރިމީހާ އަޅުގަނޑު މެސެޖްކުރިމީހުން ހަނދާންނެތްކަމަށް މައުމޫނު ބުންޏެވެ. ޤާނޫނުގައިވާގޮތުން ތަޙްޤީޤުގައި ފުލުހުންނަށް އިންކާރުކޮށްފިމީހާއަށް ޖަލުޙުކުމެއް އާދެއެވެ. އެގޮތުން މައުމޫނު ޖަލަށްލީއެވެ. އެއީ ޔާމީންގެ ވެރިކަމަކަސް ޔާމީންގެކަމެއްނޫނެވެ. ޤާނޫނުގެ ކަމެކެވެ. މައުމޫނު ޖަލަށްލުމަށް ފުލުހުންނަށް ހުރަސްނޭޅުމަކީ ޔާމީންގެ ޢަދުލުވެރިކަމެވެ. އަދިވެސް ލާންވީއެވެ.

 22. ޙަޒާ

  މނޑފ އަފި ޕޮލުސް އިސްވެރިންނަކީ ކިހިނެއް އެމަގާމުތަކަށް އާދެވޭ ބައެއްކަން އަހަރުމެންނަށް އިނގޭ.
  ސިޔާސީ ނުވާ ބަޔަކަށް ތިއިން އެއްވެސް ތަނެއްގައި ނުތިބެވޭނެ.

 23. ޢަބްދުﷲ އިބްރާހީމް. ފޯއްމުލައް

  "އެއީ ވަޒީރުންގެ ކޮމެޓީއެއް. އެ ކޮމެޓީގައި ތިބޭނެ މުހިންމު ދާއިރާތަކުގެ ވަޒީރުންގެ އިތުރަށް އެކޮމެޓީގައި ތިއްބަވާނެ އެމްއެންޑީއެފްގެ ޗީފާއި ވައިސް ޗީފާ، އެބޭފުޅުން ދުނިޔޭގައި ތިއްބެވި ބޭފުޅުން ހާޒިރުވާނެ." ދުނިޔޭގައި ނެތްބަޔަކު ޙާޟިރުވާނީ ކިހިނެއްބާ! ދެން ކިހިނެއް މި ޔާމީނު ދައްކާ ވާހަކަ ޤަބޫލުކޮށް ދެކޮޅު ޖައްސާނީ؟ އެއީ ހަމަ ޔާމީނުގެ ރޭވުމެއް.

 24. ެަރަބަރޭ

  ކަލޭމީހުން ޖަލަށްލާ މީހުންގެ ކިބައިން ބަދަލު ހިފުމަށް މީހުންގެ ވަޒީފާޔަށް ނިގުޅައި ގަންނަން މީހުންނަށް ދެރަ ނިކަމެތި ގޮޮތް ހެދުމަށް ތިޔަގޮވަނީ ﷲ އިރާދަކުރެއްވިއްޔާ ކަލެއަށް ވެރިކަން ނުލިބުން ވެސް ވަރަށްގާތް ވަގުތު ޖެހޭއިރު

 25. ގަސްސާން

  އެއްމެނަކު ހަމާގަތިބެންޖެހޭބައެއްނޫން އެހެވީމަ އެއްމެނަކު ޔާމީނަ ތާއިދުކުރާނެކަމަދެކިގެންނުވާނެ ހަމަބުދިފިލާާގަޑި ގަޑި އަން ނާނެކަމަވިސްނާތި 2023 ޔާމީން

 26. ސައްފަތު

  އެހާ ބޮޑުކަމެއް ހިނގިއިރު އޮންނެވީ އަވަހާރަފުޅުގައިތޯ؟ ނުވަތަ
  މައުމޫނުގެ އަތުގައި ހިފާލައިގެން ރިޔާސީ ރޭހަށް ނުކުންނަން ބޭނުންވަނީތޯ؟

 27. މަންތިރި

  ވެރިކަމާހެދި އުޅެނީ ޔާމީން އެކަނިކަން އެނގޭ މީހުންނަށް އަންނި ތެޅޭ ތެޅުމާ، ޞާލިހުއާ އަންނި ލެފޭ ލެފުމާ ގާސިމާ ނާޒިމް ނުފެންނަނީ ކީއްވެބާ! ވެރިކަމާހެދި ތެޅުމުގެ ހައްގު އެކަނި އެމްޑީޕީ އަށް މިލްކުވާ ގޮތަށް ސެޓްފިކެޓެއް ދިނީ ދައްޖާލުހެން މިހާރު އެބަ ހީވޭ!