އިއްޔެ ހުޅުމާލޭގެ ފްލެޓެއްގެ ވައި ގޮޅިއަކުން ވެއްޓުނު ބިދޭސީ ފިރިހެން މީހާ މަރުވެއްޖެ އެވެ. އެ މީހާ މަރުވީ އިއްޔެ އެވެ.

އިއްޔެ ހުޅުމާލޭ ފަސް ނަމްބަރު ފްލެޓުގެ ހަތަރު ވަނަ ފްލޯއިން ވައިގޮޅިން ވެއްޓުނު، އެމީހާގެ އަތާއި މޭގެ ކަށިގަނޑުވަނީ ބިންދައިގެން ގޮސްފައެވެ. އަދި ކަރަށް ވެސް އަނިޔާތައް ލިބިފައިވެއެވެ. މިމީހާ މަރުވެފައިވާކަން އެޑީކޭއިންވަނީ "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެ.

މިމީހާއަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. އަދި މަރުވެފައިވަނީ އިތުރު ފަރުވާއަށް އޭޑީކޭއަށް ގެންދިޔަ ފަހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މީީީީހާ

    މިވަރުގެ ކަމަކަށް ވެސް ފަރުވާއެއް ނުދެވުނު. ގައިމު އެހެން ގައުމުތަކުގަ ފުނޑުފުނޑުވެފައި އޮތަސް އެބަ ގަދަ ކުރޭ.

    • މަރު

      މަރު އައިމަ އެއްވެސް މީހަކަށް ނުހުއްޓުވޭނެއެވެ.ކިތަންމެ މޮޅު ޑޮކްޓަރަކަށްވީ ނަމަވެސް އެވެ.

    • ހަހަަ

      ކޮންމެ މީހަހަކަށް މަރު ނުހިފެއްޓޭނެ އެގެންދަން ވީމަ މާތްﷲ ގެންދާނެ

    • މަހްމޫދު

      ސާބަސް ކައެ މަރެއް ނުވާނެ ބިރުނުގަނޭ

  2. މީހާ

    ކުފްރުނު ނުވެ އެއްވެސް އިންސާނަކަށް ފުނޑްފުނޑްވެފަ އޮތަސް ގަދައެއް ނުކުރެވޭނެ ކުރެވޭނީ މަސައްކަތް ކާމިޔާބް ދެއްވާނީ ﷲ

  3. އަލިމާ

    ދެންބުނޭ ތިއީ ޔާމީންކުރިކަމެކޭ

    • ގަމާރު

      ކޮންމެ ކަމަކާ ވެރިކަމާ ގުޅުވަން ޖެހޭ ތަ؟؟؟؟؟؟

  4. ސަދާ

    ކުފުރު ނުވެ ތައުބާ ވުމަށް ގޮވާލަން. މަރަކީ އެއްވެސް ފަރާތަކަށް ހިފެ ހެއްޓޭނެ އެއްޗެއްނޫން. ނުވުސްނޭ ދަރިޔާ

  5. ދިވެހި މީހާ

    އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން

    ބަންގްލަދޭޝް މީހެއް ވީމަ އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން ކިޔާނެ މީހަކު ނުވި ދޯ.

  6. ސަދާ

    ކުފުރު ނުވެ ތައުބާ ވުމަށް ގޮވާލަން. މަރަކީ އެއްވެސް ފަރާތަކަށް ހިފެ ހެއްޓޭނެ އެއްޗެއްނޫން. ނުވުސްނޭ ދަރިޔާ. މަރަކީ ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް އެއިނ ޢިބުރަތެއް ޙާސިލުވާނެ ކަމެއް.

    • މީީީީހާ

      އަޅެ މީހާދަ ޖާހިލު ބައިގަނޑެކޭ ދޯ؟ ބޭސް ފަރުވާއިން ފަސޭހަކުރެވިފައިވާ ކިތައް މީހުންތަ ގައުމުތަކުގަ ތިބީ. މިއަކީ މާތް ﷲ އަށް ގޮން ޖެހުމެއް ނުނެއްނު؟ މާތް ﷲ އިލްމު ދެއްވަނީ ހޯދާ ދަސްކުރާބަޔަކަށް.