އަށް ރަށެއްގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްޤީ ކުރަން އަނެއްކާވެސް ބީލަން ހުށަހަޅަން އިއުލާންކޮށްފިއެވެ. މީގެ ކުރިން ވެސް މި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސްތައް އަޅަން އިއުލާން ކުރިއެވެ. ނަމަވެސް ފަހުން މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސްޕޯޓްސް ކޮމްޕްލެކްސްތައް އަޅަނީ އއ.އުކުޅަސް، ޏ.ފުވައްމުލައް، ލ.ގަން، ޅ.ނައިފަރު، ރ.އަލިފުށި، ރ.ދުވާފަރު، ސ.ފޭދޫ އަދި ސ.މީދޫގައެވެ.

އިއުލާނުގައި ބުނެފައި ވަނީ މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް އިން 18 މޭ 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 މޭ 2022 ވާ ބުރާސްފަތިދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީއަށް އީމެއިލް ކުރުމަށް ވެސް އިއުލާނުގައި ވެއެވެ.

ބީލަން ހުޅުވުން އޮންނާނީ 05 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މިއަށް ރަށުގެ އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކުރުމަށް ހަރަދު ކުރަނީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް އިއުލާނުގައި ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުންދުސްބައި

    ހުޅުމާލޭގައި ޔާމީން ސަރުކާރުގަ އަޅާފަހުރި ތަންނޫތަނެ އެބަ މިފަސްއަހަރު ޕޮޓޯ އަކުވެސް އަޅެ ފެނޭތަ މަހަމަކޮސްވެޖެ

    8
    1
    • ކިނބޫ

      ނުފެންނާނެ. އަތެއް ނުލެވޭނެ. ތަރައްގީ ގެންނަނީ ސިކުނޑިތަކަށް. އިމާރާތް އަޅަނީ ޖައްވުގަ. ދުނިޔޭން ބޭރަށް ކިޔަން ފޮނުވި ކުދިންނަށް ފަހަރެއްގަ ފެނިދާނެ.

  2. ކިނބޫ

    ނުފެންނާނެ. އަތެއް ނުލެވޭނެ. ތަރައްގީ ގެންނަނީ ސިކުނޑިތަކަށް. އިމާރާތް އަޅަނީ ޖައްވުގަ. ދުނިޔޭން ބޭރަށް ކިޔަން ފޮނުވި ކުދިންނަށް ފަހަރެއްގަ ފެނިދާނެ.