ސްރީލަންކާގައި މިހާރު އޮތް އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އެ ގައުމުގެ ދަރަނި ރީސްޓްރަކްޗާ ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެގައުމުން ދެން ކަންތައް ކުރައްވަން ފެނިވަޑައިގަންނަވާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމާޝަލް ކްރެޑިޓަރުންނާއި ޓްރެޒަރީ ބިލްތަކަށް ލަންކާގެ ހުރިހާ ބޭރުގެ ދަރަންޏެއް ރީސްޓްރަކްޗާ ކުރަން ޖެހޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަން ކުރަން ފެނިވަޑައިގަންނަވަނީ ގާނޫނެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ފުރަތަމަ ސިޔާސީ ކަންކަމަށް އިސްކަންދީ ފަހުން އިގްތިސާދީ ކަންކަން ހައްލުކުރަން އުޅުމުގެ ބަދަލުގައި ބުއްދިވެރި ގޮތަކީ އިގްތިސާދީ ރޭވުމެއްގެ ވަށައިގެން ސިޔާސީ ހަމަޖެހުން ގާއިމުކުރުން ކަމަށް ވެސް މިއަދު ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ތަންފީޒުކުރެވޭ އިގްތިސާދީ ރޭވުމެއްގެ ވަށައިގެން ސިޔާސީ ހަމަޖެހުން ބިނާކުރުމަކީ ހިކުމަތްތެރި ގޮތެއް ކަމަށް ފެނޭ އަދި އެއީ ސިޔާސީ ކަންކަމަށް ފުރަތަމަ އިސްކަންދީ އެއަށްފަހު އިގްތިސާދީ ކަންކަން ކުރުމަށްވުރެ ރަނގަޅު ގޮތެއް" އެމަނިކުފާނު ވިދާޅުވިއެވެ.
ލަންކާގެ އިޤްތިސާދީ ހާލަތު ދަށްވެ އާންމުން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވާއިރު އެ ގައުމުގައި މިިހާރު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ. ދާދިފަހުން ބޮޑު ވަޒީރު ރާޖަޕަކްސަ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ލަންކާގައި މިހާރު ކުރަމުންދާ މުޒާހަރާތަކު ތެރެއިން މިދިޔަ ހޯމަ ދުވަހު ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާފައިވާއިރު ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުންގެ ގެތަކުގައި އަލިފާން ރޯކުރުމާއި މީހުންނަށް ހަމަލާ ދިނުން ފަދަ ކަންކަން ވެސް ކޮށްފައިވެއެވެ.
ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ލަންކާ ގެ ސަރުކާރުގެ އިސްތިއުފާއަށް ގޮވަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެން ނަމަވެސް ލަންކާގެ ރައީސް ވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޢަޅެ އެވަރުންވެސް ރައީސް އިސްތިއުފާ ދެއްވުމަކަށް ވިދާޅެއްނުވި. އެތަން ހަމަޔަކަށް އެޅުވެބް އޮތީ އެހެން ހަދައިގެން. ދެން ހަމަ ހިނިއަންނަނީ.އެކަމަކު ލަންކާގެ ހާލަތާމެދު ދެރަވޭ.
އަމިއްލަޔަށް ހަދަންވާގޮތް ނޭގި އިސްތިއުފާދިން މަރުމޯލަކަށް ކިހިނެއް ބަޔަކަށް އެއްޗެއް ބުނެދެވޭނީ ؟
ތި ވިދާޅުވާ ގޮތަށް ކަންކަން ކުރުމުގެ ފުރުސަތެއް ނެތް. ރައްޔިތުންގެ އިތުބާރު ނެތް ބަޔަކަށް ގައުމުގެ ކަންތަކާ ނުބެހެވޭނެ. ހުޅުޖަހާ މީހުން މަރަމުންދާ ދަނޑިވަޅެއްގައި ރީސްރަކްޗަރ ކުރެވޭނެބާ.
ގޯތާބޭ އިސްތިއުފާ ނުދީ ގަދަކަންދައްކާ ހިނދަކު ވާނީ ގޯސް.
މި ވަގުތު ގައުމު އަމާން ތަނަކަށް މިލިޓަރީ އިން ހަދާ ވަގުތީ ސަރުކާރެއް އެކުލަވާލާ އަވަހަށް އިލެކްޝަން ބާއްވަން ވީ. ދެން ރީ ސްޓްރަކްޗަރ ކުރެވޭނީ.
މާޙިކުމަތްތެރިވެގެން އުޅޭ މީހެއް. އެކަމަކު ގައުމު ހިންގާލަން ލިބުނީމާ ނުހިންގިގެން އިސްތިއުފާ ދިނީ
އެއޮތީ ބޮޑުވަޒީރުކަން ހުހަށް. ގޮސް ހަވާލުވާންވީނު. އަންނި ތިއުޅެނީ ބޮޑުވަޒީރުކަން ނުކުރެވިގެން ފަޔަށް ހިނިއަރައިގެން.
ލަންކާގެދާޚިލީކަންކަމުގެތެރެއަށް އުނދުޅިބޭނީމާވާނީހަލާކު.. ލަންކާރައްޔިތުންނަށް ހުޅުޖަހަންދަސްކޮށްދިނީވެސް ތިބޭފުޅުން..
އެހެން ވެގެންތަ ކަލޭ މި ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް ގަ ހުރެ މުޅި ޤައުމުގެ މާލީއްޔަތު ދަވާލާ ހުސްކޮށްލައިގެން ދާއިރުވެސް ތިހެން ތި ހުންނަނީ؟
ތާރީޙް އޮޅުވާލަނީ ގާއުމު ވިއްކާލަނީ އިކްނޮމިކްސް ވެސް އޮޅުވާލަނީ ހުސް އޮޅުވަލުމާއި މަކަރުގެ މީހެއް މިއީ އެހެންވީމާ ދެން ދާންވީނު ލަންކާގެ ބޮޑުވަޒީރުކަން ކުރަން
ތިބުނުވަނީ ތިބޭފުޅާ ހެއްދެވި ގޮތަށް ހާދާށޭ
ގޮތާބޭ އެއުޅެނީ ބޮޑުވަޒީރަކު ވޭތޯ އާދެސް ކުރަމުން. މަނިކުފާނު ދާންވީނުންތޯ ހަވާލުވާން. އެއައްފަހު ތިޔަ ކަންކަން ކުރަާން!
އެއްމެ ފުރަތަމަކަމަކީ ކަލޭގޮސް ބޮޑުވަޒީރު ކަމާ ހަވާލުވޭ. ދެން ތި ސްޓަރަކްޗަރ ބަދަލުކުރޭ.
އަމުރުޝްޕޫރީ ގެ ބޮލުގަ އެއްވެސް ރަގަޅު ވިސްނުމެއް ނުހުނާނެ. އަބަދު ހުންނާނީ ދޮގުހެދުމާއި ، މަކަރާއި އޮޅުވާލުމުގެ ވިސްނުން. މީނަ އަކީ މިރާއްޖެއަށް ބޭނުންވާ މީހެއްނުން. މީނަ ދާންވީ ލަންކާގެ ބޮޑުވަޒިރުކަމަށް . އެތާގެ މީހުން ވަރަށް މީނަގެ ވާހަކަދައްކާ ހަދާ.
ކަލެ އަކަށް ނޭގެނެ ކަންކުރަންވާގޮތް ކިޔާދޭކަށް ދިވެހި މޭސްތެރިޔާ ސަފާރީ ޓުވާސް އާއި ދިވެހިގައުމަށް ވީގޮތް ހަމަލޮލަށް ފެނުނު. ނަސީދަކީ އިގްތިސާދު ކިޔެވި މީހެއްނޫން . ނަސީދު މެރިޓައިމް ކިޔަވަފަ ދޯނިފަހަރުގެ ސަލާމަތީސެޓްފިކެޓް ސާވޭކުރަމުންގޮސް ދިޔަ ހިއްކާ ފައި އެއީ ކޯންޗެއްކަމެއްނޭގުނު މީހެއް.. މީހުން ކުރެންއަހައިގެން މޮޅުވާހަކަ ދެއްކިޔަސް ތިޔައީ އެއްޗެއް ދަންނަ މީހެއްނޫންކަން ދިވެހިންދަނޭ.
އަމިއްލަޔަށް ހަދަންވާގޮތް ނޭގި އިސްތިއުފާދީ ހުޅުޖެހި މަރުމޯލު އެހެން ބަޔަކަށް ކަންކުރަންވީ ގޮތް ކިޔައިނިމާ ވަރަށްޖޯކު!
ލަންކާ އަށް ދިމާވެއިފައިވާ ހާލަތާމެދު ލަފައެއްދޭން
ނަސީދު ކުފޫހަމަނުވެއެވެ ރާއްޖޭގެ އިގްތިސާ ހަލާކުކޮށް
އަނދަވަޅަކަށް ވައްޓާލި މީހަކު އެހެންގައުމެއްގެ ހާލަތު
ރަނގަޅުކުރަން ބުނެދޭން އުޅުމަކީ ޖޯކެކެވެ
ނަސީދު ވެރިކަމުގައި ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު
ބަހައްޓައިގެން 25ރ އަށް ޑޮލަރެއް ލިބުނީ ދައުލަތް ހިންގުމުގެ ހުނަރާއި ތަޖުރިބާ ނެތީމައެވެ މިހާރުވެސް ރާއްޖޭގެ އިގްތިސާދު
އޮތީ ނުރައްކަލުގައެވެ އަދިވެސް ރާއްޖޭގެ އިގްތިސާދު
ހަމައކަށްއެޅޭނެ ދުވަހެއް ނޭންގެއެވެ ދައުލަތުގެ ދަރަނިތައް ދަނީ އިތުރުވަމުންނެވެ މިކަން ހައްލުކުރުމަށް ސަރުކާރުން ސީރިއަސްކޮށް އަމަލުކުރާތަނެއް ނުފެނެއެވެ.
އެހެން ގައުމުތަކުގައި ދާޚިލީ ކަންކަމުގެތެރެއަށް ވެސް ވަންނަނީ ދޯ. ލަންކާއަށް ގޮތް ކިޔައި ދޭނެ ގާބިލުކަމެއްނެތް. ތިމާ ވެރިކަން ކުރި 3 އަހަރު ރާޖޭގެ އިގުސޯދު ފުޑުނުގޮތް ކިޔައިދީ ބަލަ ފުރަތަމަ
ނަޝީދު ބުނެފިތަ.އެ ދެން ވަކި ލަންކާއެއް ނޫން. މުޅިދުނިޔެވެސް ޖެހޭނީ އެގޮތަށް އަމަލު ކުރަން. އޭނާ ބުނާނީ ފަހުބަސް .މޮޅު ބަސް. އެއީ އޭނާ ހީކުރާ ގޮތް. އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު މީހާ
މީނާ މިއީ ލަންކާގެ އެޑްވައިޒަރު ތަ؟
މީނާ ދިވެހި މޭސްތިރި ހިންގިގޮތަށް ލަންކާވެސް ހިންގަންވީ. އެންމެ ސައިފަތް ދަނޑަކާއި ލެޕްޓޮޕަކުން ހިންގަން އެނގޭނީ ހަމައެކަނި ނަޝީދަށް.
ކާކުތަ މީ؟ ތިމާ އުޅޭނެ ނޫޅޭނެ ގޮތެއް ނޭގިގެން އުޅޭ މީހަކަށް އެހެންބަޔަކު ކަންތައްކުރަންވީ ގޮތް ކިޔާދެވޭނެތަ؟
ލަންކާގެ އާ ބޮޑުވަޒީރު
ކުރިން ވެސް މީނާ ބުނިގޮތް ހަދައިގެން ރާޖާ މެން ކޮށިއެރީ. އެފަހަރުބުނީ ޒުވާނުން ބާރުވެރިކުރާށޯ. މިހާރު ޒުވާނުން އެތިބީ ކޯރާޑިހިފައިގެން ބާރާއެކު މަގުމަތީ.
ލަންކާ މީހުންނަށް "މާކަނާ ބުއްދި" ލައިދޭނެ މީހަކު ނުވެގެން އެމީހުން ނޫޅޭ. ފުރަތަމަ ޚުދު ތިމާމީހާ ، ކަންކަން ހަޖަމް ނުވެގެން ކިޔޭނުކިޔޭ އެއްޗެއް ނޭގިގެން އުޅެވޭ އުޅުމަށް ވިސްނާލުން މާ ބުއްދިވެރި.
ދަލުބޭރުން ނުޖެހި ހުރޭ.
ރޯނުއެދުރު
ދަލު ބޭރުން ޖެހޭ މީހެއް މި ކަލޭގެ މީ!! މޮޅު ކަމަކީ މީނަ ދައްކާ ވާހަކަ ތަށް ލަންކާގެ ނޫސް ތަކަށް ވެސް ނާރާ ކަން!
ނަމޫނާ ޕާޓީ ސިސްޓަމް އަންނި ގެނާ ޕާޓީސިސްޓަމް މިރާއްޖެވެސް މިއޮތީ އެފަދަ ހާލަތުގަ މާމޮޅު ޑިމޮކުރަސީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެކޯ
ކޮން ސަޅި ބާސާއެއް ؟؟؟ ފަސް އަހަރުގެ ވެރި ކަމެއް ދިނީމަ ރާޖަޕަކުސަރަށް ވީވަރުވެސް ތިމާއަށް ނުވި ، ލަންކާ މީހުން ރާޖަޕަކުސަރުމެން ބޭލުމުގެ ކުރިން މިރާއްޖޭގެ ހުރި ދުއްޕާން ބޮޑު ކޮސް ރައީސް ބޭލީ އެއަށް ވުރެ މާ ހިތިކޮށް ، އެ އީ ޅޮސްގަނޑާ ކަލޭ !!
މީދެން ދުނިޔޭގަލެއްވި އެންމެ ވިސްނުންރަގަޅުމީހާ ދޯ މީނާހިތުން. ލަންކާގެ 23 މިލިއަން މީހުންގެތެރޭގަވެސް ނެތޭ މީނަހީކުރަނީ އެއްޗެއްއިނގޭމީހެއް. މީނަދެން ހާދަހާވާމޮޅުމީހެކޭ. ދުނިޔޭގަ އެއްވެސް ގައުމެއްގަ މިވަރުގެ މޮޅުމީހަކު ހަމަނެތޭ ބުނެވޭނީ.
މިކަހަލަ ލަފާ ދީގެން މުޅި ގައުމު އިތުރަށް ފުނޑޭނީ. މައިތިރިވެ ހުރޭ އަޅާ ނުލާ. ތީކި މިހާރު ދުނިޔެ ބަލައިގަންނަ ފެންވަރުގެ މީހެއް ނޫން. އެކަން ތިމާ އަމިއްލައަށް ދައްކުވައި ދީފި
އެކުވެރިންނޭ އަހަރެމެންވެސް މިތިތީ ހަގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގަ
އެހެޔޮ ބަނޑުހައި ހޫނުނު ކަމުގެވިޔަސް
ރާޖަޕަކްސާ ހުރިއިރު އޭނާވަރެއް ނެތް. އޭނާ ބޭލުމުން ދެން އަންނަމީހާ ވަރެއް ނެތް. ސިޔާސީ ކަންކަމުގަ ރާއްޖޭގަ މިއުޅެނީ ހަމަ ހުސް ރޮދިން
Meehun nah goi kiyaafhin v ma v molhu. 🤣🤣🤣